ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 123 މީހަކު މަރުވެއްޖެ އެވެ.

މިހާތަނަށް އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2640 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 2901 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު، މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 38309 އަށް އަރާފައެވެ.

މި ވައިރަސް ޖެހިގެން އީރާނުން އެންމެ ގިނަ މީހުން މަރުވީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ 157 މީހުންނެވެ. އޭގެ ފަހުން އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ ދަށަށެވެ.

އެ ގައުމުން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އިއްޔެ އެވެ. އެއީ 3076 މީހުންނެވެ. މި މަހުގެ 27 ވަނަ ދުވަހު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2926 އެވެ.

މިއަދަކީ އެ ގައުމުން ތިން ވަނައަށް އެންމެ ގިނަބަޔަކު މި ވައިރަހަށް ފައްސިވި ދުވަހެވެ.

އީރާނަކީ މިހާތަނަށް ކޮވިޑް-19 ޖެހިގެން ފަސް ވަނައަށް އަންމެ ގިނަ މީހުން މަރުވި ގައުމުވެ.

ކިޔުންތެރިންގެ ހިޔާލު