އިޓަލީގައި ކޮވިޑް-19 އަށް ފަރުވާދިނުމުގައި ހަރަކާތްތެރިވަމުންދާ ޑޮކްޓަރުންގެ ތެރެއިން، މަރުވި މީހުންގެ ޑޮކްޓަރުންގެ އަދަދު 50 އަށް އަރައިފިއެެވެ.

އެކަން ހާމަކޮށްފައި ވަނީ އެ ގައުމުގެ ޑޮކްޓަރުންގެ އެސޯސިއޭޝަނުންނެވެ. އެ ގައުމުން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާ ޑޮކްޓަރުން މަރުވާ ލިސްޓް ކޮންމެ ދުވަހަކުވެސް އަޕްޑޭޓް ކުރަމުން ދެއެވެ. އެ ލިސްޓް އަޕްޑޭޓް ކުރަނީ ނޭޝަނަލް ފެޑެރޭޝަން އޮފް އޯޑާސް އޮފް ސާޖިއަންސް އެންޑް ޑެންޓިސްޓުންނެވެ.

އިޓަލީއަކީ ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވާ ގައުމެވެ. އެ ގައުމުގައި ސިއްހަތު ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ޕްރެޝަރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޓަލީގައި އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ބެރްގަމޯ ސިޓީގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ތެރެއިން 17 ޑޮކްޓަރަކު މަރުވެފައިވާ ކަމަށް އެ ލިސްޓުގައި ވެއެވެ.

ދަ އިންޑިޕެންޑެންޓުގައި އެ އެސޯސިސޭޝަނާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން، ކޮވިޑް-19 އާ ގުޅުން ހުރި ކަންކަމުގައި ހަރަކާތެތރިވަމުން ދަނީ އެކަށީގެންވާ ރައްކާތެރިކަމުގެ ތަކެތި ބޭނުންކޮށްގެން ނޫނެވެ.

"ގަބޫލު ކުރާ ގޮތުގައި މިފަދަ ކަންކަން ދިމާވުން ހުއްޓޭނީ މިފަދަ ހާލަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެންމެ އެކަށީގެންވާ މައުލޫމާތާއި ސަލާމަތައް ބޭނުން ކުރާ މާސްކް، އަންގީ ގެ އިތުރުން އެހެނިހެން ތަކެތި ފޯރު ކޮށްދީގެން. މިފަދަ ތަކެތި ބޭނުން ވާ ވަރަކަށް މި ގައުމަކު ނެތް". އެ އެސޯސިއޭޝަންގެ ރައީސް ފިލިއްޕޯ އަނެއްލީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު