ފިލިޕީންސްގެ މަނިއްލާ އެއާޕޯޓުގައި ބަލި މީހަކު ގޮވައިގެން ޓޯކިޔޯއަށް ފުރަން އުޅުނު ފްލައިޓެއްގައި ރޯވެއްޖެއެވެ.

"އާރްޓީ" ނޫހުން ބުނެފައިވަނީ ރޯވެފައިވަނީ ލަޔަން އެއާގެ ފްލައިޓެއްގައި ކަމަށާއި އެވަގުތު އެ ފްލައިޓްގައި ނަރުހަކާއި ޑޮކްޓަރެއްގެ އިތުރުން ބަލި މީހާއާއި އޭނާގެ އެހީތެރިޔާ ތިއްބެއެވެ. މި މީހުންނާއި އެކީ ފްލައިޓްގެ ޕައިލެޓް ލައިގެން ޖުމްލަ 8 މީހުން ތިއްބެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގައި މި 8 މީހުންވެސް ވަނީ މަރުވެފައެވެ.

ނިނޯއި އަކުއިނޯ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލަން އުޅުމުގެ ތެރޭގައި ފްލައިޓްގައި ރޯވީ ކަމަށް މީޑީއާ ރިޕޯޓް ތަކުން ވަނީ ބުނެފައެވެ.

އެގައުމުގެ މީޑިއާ ރިޕޯޓް ތަކުން ބުނާ ގޮތުގައި ފްލައިޓްގައި ރޯވެފައިވަނީ ނައްޓާލުމުގެ ކުރިންނެވެ. އަދި ރަންވޭ ހުސްވި އިރުވެސް ޓޭކް އޮފް ނުކުރޭ ކަމަށާއި އޭރުވެސް ފްލައިޓްގައި ހުރީ ރޯވެފައި ކަމަށް މީޑީއާތަކުން ވަނީ ބުނެފައެވެ.

އެ ބަލި މީހަކީ ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ މީހެއްކަމަށް އަދި ކަަށަވަރު ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފްލައިޓް އަކީ މީގެ ކުރިން ފިލިޕިންސްގެ އެކި ރަށްތަކަށް ބޭހާއި އިތުރު ތަކެތި ފޯރު ކޮށްދެމުގައި ހަރަކާތްތެރިވާ އެގައުމުގެ ހެލްތް އިން ޗާޓަރު ކޮށްފައިވާ ފްލައިޓެކެވެ. އޭގެ ފަހުން އެ ފްލައިޓް ވަނީ ޖަޕާނާއި ތައިލޭންޑް އަދި ޓައިވާޏަށްވެސް ބޭސް ފޯރު ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏަމްޏަމް

    ސުބުހާނަﷲ.

  2. މީ

    ޢޮކްސިޖަން ޓޭންކެއް އެރުވީ ބާ އަނެއްކާ؟