ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ބޮލީވިއާ އިން މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ބޮލީވިއާއިން މަރުވެފައިވަނީ އުމުރުން 78 އަހަރުގެ އަންހެނެއް ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގައުމުގެ ހެލްތް މިނިސްޓަރު އެނިބަލް ކްރުޒް ބުނެފައިވަނީ އެ އަންހެން މީހާ މަރުވެފައިވަނީ އެގައުމުގައި އެ ބަލި އެންމެ ގަދަޔަށް ފެތުރިފައިވާ ސިޓީ ކަމަށްވާ ސެންޓާ ކްރުޒް ޑެ ލަ ސިއެރާގައި ކަމަށެވެ. އޭނާ މަރުވެފައިވަނީ ނޭވާލުމަށް އުނދަގޫ ވެގެންނެވެ.

އެގައުމުން މަރުވެފައިވާ މީހާ އަށް އެބަލި ޖެހިފައިވަނީ އާއިލާ މީހެއްގެ ގައިން ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުން މިހާތަނަށް ބަލި ޖެހިފައިވަނީ 81 މީހަކަށެވެ. އޭގެ ތެރެއިން 7 މީހަކީ މިއަދު ފައްސިވި މީހުންނެވެ. އަދި އެގައުމުން މި ބަލި ޖެހިގެން 3 މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު