ކޮވިޑް-19 އާއި ގުޅިގެން އިޤުތިޞާދަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަންނާނެ ގޮތެއް ނުވިސްނިގެން ޖަރުމަންވިލާތުގެ ހެއްސީ ނަމަކަށް ކިޔާ ސްޓޭޓްގެ ފިނޭންސް މިނިސްޓަރު ތޯމަސް ޝީފާ އަމިއްލައަށް މަރުވެއްޖެއެވެ.
އުމުރުން 54 އަހަރުގެ ތޯމަސް މަރުވެފައި އޮއްވާ ފެނުނީ ރެއިލްވޭ ޓްރެކެއް ކައިރިންނެވެ. އޭނާ މަރުވީ ރޭލެއްގެ ކުރިމައްޗަށް ފުއްމާލައިގެންނެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ތޯމަސް މަރުވީ އަމިއްލައަށް ކަމަށް މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާފައި ބުރަވެވެއެވެ.
ތޯމަސް މަރުވީ އަމިއްލައަށް ކަމަށް ޕްރޮސެކިއުޓަރުން ބުރަވަނީ އޭނާ މަރުވި މަންޒަރު ފެނުނު މީހުންގެ ހެކިބަހަށް ބަލާފައި ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެއެވެ.
ހެއްސީ އަކީ ޖަރުމަންވިލާތުގައި މާލީ އެންމެ ގިނަ ހަރަކާތްތައް ހިންގާ ފްރެންކްފުޓް ވެސް ހިމެނޭ ސްޓޭޓެވެ. ޖަރުމަންވިލާތުގެ އެންމެ މަޝްހޫރު ބޭންކްތަކާއި ޔޫރަޕްގެ ސެންޓްރަލް ބޭންކް ވެސް ހުންނަނީ ފްރެކްފުޓްގައެވެ.
ތޯމަސް މަރުވިއިރު އަންބަކާއި ދެދަރިން ދުނިޔޭގައި އެބަތިއްބެވެ.
ކޮވިޑް-19 އާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެފައި ވާތީ ނަފްސާނީ މައްސަލަތައް ގިނަވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ބައެއް ތަޖުރިބާކާރުން ގެންދަވަނީ ދެއްވަމުންނެވެ.
ގިނަ ބަޔަކަށް ވަޒީފާތަކަށް ނުދެވޭތީ މާލީ މައްސަލަތައް ދިމާވެ، ބަނގުރޫޓް ވުމުގެ ބިރު ހީވެ، އަމިއްލައަށް މަރުވުމުގެ މައްސަލަތައް އިތުރުވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."
ކާފަރުން މާޔޫސްވަނީ ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރާތީ،
އެއީ ކާފަރެއްތަ؟ އޭނަ ކަލެއާ ދިމާއަށް ވެސް އެހެން ބުނެފާނެ ނު؟
ވަގުތުގެ ފަރާތުން ސަރުކާރާހަމައަށް އަޅުގަނޑު މެންގެ އަޑު ގެންގޮސްލަ ދެވިދާނެތޯ! މެލޭޝިޔާގައި ކިޔަވާކުދިން ގެ ތެރެއިން ވަރައް ގިނަކުދިން މާލެ އަންނަން ބޭނުންވެ އެކަމު ނާދެވިފައި އެބަތިބި އަދި އޭގެ ތެރޭގައި އަޅުގަނޑުގެ ދަރިފުޅުވެސް ހިމެނޭ! އެންބަސީންވެސް އެދެވޭ މަސައްކަތެއް މިކަމުގައި ނުކުރޭ! ވަރައް ދެރަވޭ މިކަމާ.
މާތްކަލާކޯ. ނިކަން ދެކިބަލަ. ރަޙްމަތާމެދު އުންމީދު ކެނޑިފައި ތިބޭ މީހުން ކޮންމެ ފަދަ މަގާމަކަށް ލިޔަސް އެނޫން ގޮތެއް ނުވާނެ ކަން މިއޮތީ ދައްކަވާފައި.
ބެލެވެރިޔާއަށް ދަންނަވާލަން ! މެލޭސިޔަގައި ތިއްބެވި ދަރިވަރުން އެތާބައިތިއްބަވާަ ދެއްވާ ! ރާައްޖެއަށްވުރެ ރަނގަޅުފަރުވާ އެތަނުން ލިބޭނެ! ކަންބޮޑުވެ ނުލައްވާ!
ތިޔަބޭފުޅުން ދެރަވާގޮތަށް އަޅުގަނޑުމެން ރާއްޖޭގައި ދިރއުޅޭރައްޔިތުންވެސް ދެރަވޭ ރާއްޖެއަށް މި ބަލި އާއްމުވެދާނެތީ! މިހާތަނަށްވެސް މިބަލި ރާއްޖެއައިސްފަވަނީ ބޭރުން، މިޤައުމަކީ ސިއްޙީވަސީލަތް މަދު ޤައުމެއް ، އަޅުގަނޑުމެންގެ ހާލަށްވެސް ވިސްނަވާ
މި ލިޔުން ވ. ފުރިހަމަ. ދީނުގަ އޮންނަ ގޮތް ވެސް ބުނެދެވިފަ އޮތީމަ
ބެލެނިވެރިޔާ އަށް ބުނެލަން އޮތީ މިވަގުތު އެންމެ ރަނގަޅު ގޮތަކީ އމީހަކު ތިބި ތަނެއްގަ ތިބުން އަޅުގަނޑުމެން ބޭނުމެއް ނޫން މިއޮއް ބައިބޯ ތަނަށް އިތުރު ކޮވިޑް ތަކެއް އަންނާކަށް. ދަރިފުޅަށްވެސް ނުރައްކާ ދަތުރު ކުރުން.
އަހަރެން ކަންބޮޑެއްނުވާނެ އިނަޝާﷲ އެއްވެސްކަމަކާ އަހަރެންގެ އައްޕަ އަހަރެން ކައިރީ ބުނެފަވޭ ކާނެ އެއްޗެއް ނެތިގެން ކިރުފެލި ހުނި ކައިގެން ހުއްޓަސް މީސް ތަކުންނާ ބައްދަލުވާއިރު ހިނިތުންވެފަ އުފާވެރިމޫނަކާ އެކު ބައްދަލު ކުރާށޭ އެހެންވެ މަގޭ ދަރިޔަށް ވެސް ފެން ގަރުދިޔަ އާއި ބަތާ ހުސް ރޮށި ފަދަ އެއްޗެހި ކާން ހިތްވަރުދެނީ އޭރުން ގޮންޖެހުންތަކަށް ނުސިހޭނެ އިއްޒަތް ތެރިކަމުގައި ހިތްތިރި ކުރަންވެސް އެގޭނެ އިއްޒަތާ އާރާއިބާރުގައި ހިތްތިރި ކުރުމަށް ވުރެ ސަޅި ކަމެއް އަސްލުގަނޯން ނާނެ
މިއަދަކު ތިމާއީ މުސްލިމެކޭ އަނެކަކީ ކާފަރެކޭ ބުނެ އިނގިލި ދިއްކުރެވޭކަށްނެތް. ހަމަ ކަލެއާ ހަމަޔަސްވެސް އެކަން އަތުވެދާނެ.