ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން ސްޕެއިން އިން އިތުރު 812 މީހަކު މަރުވެއްޖެއެވެ.

އެގައުމުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 7،340 މީހުން ވަނީ މަރުވެފައެވެ. މީގެއިތުރުން އެ ގައުމުން ކޮވިޑް-19 އަށް 6،398 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު މުޅި ޖުމްލަ އެގައުމުން ވަނީ 85،195 މީހަކު އެ ބައްޔަށް ފައްސިވެފައެވެ.

ސްޕެއިންގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ ދަށެވެ.

ސްޕެއިން އިން އިއްޔެ ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 838 މީހުންނެވެ. އޭގެ ކުރީ ދުވަހު 844 މީހަކު މަރުވެފައިވާއިރު، އެ ގައުމުން މި މަހުގެ 27 ވަނަ ދުވަހު މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 773 މީހުންނެވެ.

ދުނިޔޭގެ 199 ގައުމަކަށް ކޮވިޑް-19 މިހާރު ވަނީ ފެތުރިފައެވެ. ސްޕެއިން އަކީ މި ބަލި ފެތުރިގެން 2 ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އަދި ހަތަރު ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީވެސް ސެޕެއިނުންނެވެ.

ކިޔުންތެރިންގެ ހިޔާލު