މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 117 މީހަކު އަދި ބެލްޖިއަމްއިން 82 މީހަކު މަރުވެއްޖެ އެވެ.

އީރާނުން ކޮވިޑް-19 މަރުވި މީހުންގެ ޖުމްލަ އަދަދަކީ 2757 އެވެ. އެ ގައުމުން އިތުރު 3186 މީހަކު މި ވައިރަސް އަށް ފައްސި (ޕޮޒިޓީވް)ވެފައިވާއިރު، ފައްސިިވި މީހުންގެ ޖުމްލަ އަދަދު ވަނީ 41495 އަށް އަރާފައެވެ. މީގެ ތެރެެއިން 3511 މީހުންގެ ހާލު ސީރިއަސް އެވެ.

އީރާނަށް ބަލާއިރު، އެ ގައުމުން މިހާތަަނށް އެންމެ ގިނަބަޔަކު ފައްސިވި ދުވަހަކީ މިއަދުއެވެ. ކުރިން އެންމެ ގިނަބަޔަކު ފައްސިވެފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ 3076 މީހުންނެވެ.

އެގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން ރަނގަޅުވެފައި ވަނީ 13911 މީހުންނެވެ.

ބްލްޖިއަމް އަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން އެ ގައުމުން މިހާތަނަށް މަރުވެފައި ވަނީ 513 މީހުންނެވެ. އެ ގައުމުން 3186 މީހަކު މި ވައިރަސްއަށް ވަނީ ފައްސިވެފައެވެ. އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11899 އަށް އަރާފައެވެ. މީގެ ތެރެއިން 927 މީހުންގެ ހާލު ސީރިއަސް އެވެ.

ބެލްޖިއަމް އިން މިއަދު 82 މީހަކު މަރުވިއިރު، މިއީ އެއް ދުވަހެއްގެ ތެރޭގައި އެ ގައުމުން މި ވައިރަސް ޖެހިގެން މިހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. ކުރިން އެ ގައުމުން އެންމެ ގިނަ މީހުން މަރުވީ އިއްޔެ އެވެ. އެއީ 78 މީހުންނެވެ.

އެގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން ރަނގަޅުވެފައި ވަނީ 1527 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު