އެންމެ ނުރައްކާތެރި އެއް ނިރުބަވެރި ޖަމާއަތް ކަމުގައިވާ އައިސިސް އަށް ނިސްބަތްވާ އެތައް ނިރުބަވެރިން (ޓެރަރިސްޓުން) ތަކެއް ޖަލުން ފިލައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ސީރިޔާގެ ޖަލެއްގައި ތިބި އެ ގައިދީންތައް ޖަލުން ފިލާފައި ވަނީ ޖަލުގައި ހިނގި ބޮޑު ހަމަނުޖެހުމަކަށް ފަހުގައެވެ. މިގޮތުން ޖަލުގެ ގައިދީން ހަމަނުޖެހުން ހިންގަން ފެށުމަށް ފަހުގައި ވަނީ ޖަލުގެ ފުރަތަމަ ފަންގިފިލާގެ ބައެއް ފާރުތައް ވައްޓާލައި ދޮރުތައްވެސް ވައްޓާލާފައެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ޖަލު ބަލަހައްޓާ ކުރުދީ ސީރިއަން ޑިމޮކްރަޓިކް ފޯސް (އެސްޑީއެފް) އިން މަސައްކަތް ކުރި ނަމަވެސް، ބައެއް ގައިދީން ވަނީ ޖަލުން ފިލާފައެވެ. އަދިވެސް ޖަލުގައި ހަމަނުޖެހުންތައް ހިނގަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު ކަމާބެހޭ ފަރާތްތަކުން އަންނަނީ ޖަލުން ފިލި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.

އެމެރިކާ އިސްވެ އޮވެ އައިސިސް އާއި ހަނގުރާމަ ކުރުމަށް އެކުލަވާލާފައިވާ ކޯލިޝަނުން އަންނަނީ އެމީހުން ހޯދުމަށް ހެލިކޮޕްޓަރާއި މަތިންދާބޯޓުތައް ބޭނުން ކުރަމުންނެވެ. ޖަލުން އެތައް ބަޔަކު ފިލާފައިވާކަން އެމެރިކާ އަސްކަރިއްޔާގެ އިސް އޮފިޝަލަކުވެސް ކަށަވަރު ކޮށްދެއްވާފައި ވީ ނަމަވެސް، ޖަލުން ފިލި މީހުންގެ ތަފްސީލެއް ނުވަތަ އަދަދެއްވެސް ހާމަ ކޮށްފައެެއް ނުވެއެވެ.

މިކަމާއި ގުޅިގެން އެސްޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގައިދީން ފިލި ޖަލުގައި ތިބޭނީ އައިސިސްގެ ދަށް ފަންތީގެ ނިރުބަވެރިން ކަމަށެވެ. އެސްޑީއެފް އިން ސީރިޔާގެ އެކި ޖަލުތަކުގައި އައިސިސް އަށް ނިސްބަތްވާ 12،000ށް ވުރެން ގިނަ ގައިދީން ހައްޔަރު ކޮށްގެން ގެންގުޅެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކާނިވާއިން

  ޝަރީޢަތަކާ ނުލާ ހައްޔަރުކޮށްފައިވާ ސީރިޔާގެ ރައްޔިތުންނަށްވެސް ވެދާނެ. ޔޫރަޕާ އެމެރިކާގެ ޙަމަލާތަކުގައި އަފުގާނިސްތާނާއި އިރާގުންނާ ސޫދާނުންނާ ސީރިޔާއިންނާއި ލީބިޔާއިން އެތައް ބަޔަކު މަރާލައިފާވޭ.

  12
  2
 2. ނުބުނާނަ

  ރަނގަޅު

  5
  2
 3. ޚނޮ

  ޙާދަ ފަހަތެއްގައޭ ދޯ!!!!!

  2
  1