އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ލަފާކޮށް އަމިއްލައަށް އެކަހެރިވެއްޖެއެވެ.

ނަތަންޔާހޫ އެކަހެރިވީ އޭނާގެ މުވައްޒަފެއް ކަމަށްވާ ރިވްކާ ޕޯޗް ކޮވިޑް-19 އަށް ފައްސި ވުމުންނެވެ. ރިވްކާއަކީ ނަތަންޔާހޫއަށް އެކިކަންކަމުގައި ލަފާއަރުވާ މުޝީރެކެވެ. ރިވްކާ އަށް ކޮވިޑް-19 ޖެހުމުން އިސްރާއީލްގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ ނަތަންޔާހޫ އާއި ރިވްކާ ފާއިތުވި ދެހަފްތާ ދުވަސް ތެރޭގައި އެއްތަނެއްގައި މަސައްކަތް ކޮށްފައި ނުވާކަމަށެވެ. ނަމަވެސް ރިވްކާ އާއި ނަތަންޔާހޫ ބައްދަލުވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރިވްކާއަށް ކޮވިޑް-19 ޖެހިފައި ވަނީ އޭނާގެ ފިރިމީހާގެ ފަރާތުން ކަމަށް އޮފިޝަލުން ބުނެއެވެ. އޭނާގެ ފިރިމީހާއަށް ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ގެންދާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ނަތަންޔާހޫގެ އިތުރުން ނަތަންޔާހޫގެ ބައެއް މުވައްޒަފުން ވެސް މިހާރު ވަނީ އަމިއްލައަށް ކަރަންޓީން ވެފައެވެ. ނަތަންޔާހޫ އާއި އޭނާގެ މުވައްޒަފުން ކަރަންޓީން ނިންމާލާނީ ހެލްތު މިނިސްޓްރީގެ އޮފިޝަލުން ބަލަން ޖެހޭ ކަންތައްތައް ބަލައި ނިމުމުން ކަމަށް އިސްރާއީލްގެ މީޑިއާތަކަށް ބޮޑުވަޒީރުގެ އޮފީހުން މައުލޫމާތު ދީފައި ވެއެވެ.

ކޮވިޑް-19 ޖެހިއްޖެނަމަ އުމުރުން ދުވަސްވީ މީހުންގެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑެވެ. އުމުރުން 70 އަހަރުގެ ނަތަންޔާހޫ އަކީ ހައިރިސްކް ކެޓަގަރީގެ މީހެކެވެ. އެހެންކަމުން އިތުރު މީހެއްގެ ގައިން ނަތަންޔާހޫއަށް ކޮވިޑް-19 ގެ އަސަރު ކުރިޔަ ނުދިނުމަށް ވެސް އޭނާ މިހާރު ކަރަންޓީންގައި ހުންނަން ޖެހޭ ކަމަށް ބައެއް އޮފިޝަލުން ބުނެއެވެ.

އިސްރާއީލުން މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ބަލި އިތުރަށް ފެތުރުން ހުއްޓުވަން އިސްރާއީލްގެ ހެލްތު މިނިސްޓްރީން އަންގައިގެން މިހާރު ވެސް އެތައް ހާސް ބަޔަކު އަމިއްލައަށް ކަރަންޓީން ވެގެން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނސނސޖސ

    ޖެހިގެން މަރުވާނެ ނަމަ

    14
    1
  2. އަންނި

    މާތްﷲގެ (އިލާހީ) އަމުފުޅާ ދުރަކަށް ނަތަންޔާހޫ އަކަށް އިބްރާހީމް މުޙައްމަދު ޞާލިޙަކަށް ކެނެރީގޭ ނަޝީދަކަށް އީސީ ޝަރީފަކަށް އަދި އީސީ އަކުރަމަކަށް ފަނޑިޔާރު ޢަލީ ރަޝީދަކަށް އެމްސީ ޙަމީދަކަށް ގަދަކަމެއް ނުދެއްކޭނެ މަތީގައި ހާމަކޮށްފައި އެވަނީ ހަމަ އެއްގިންތިއެއްގައި ހިމެނޭ ބޭފުޅުން މާތްﷲ އިރާދަކުރެއްވިއްޔާ ނުބައި ނުލަފާ ދަތި އުނދަގޫ ގޮތެއް، މަތީގައި ހާމަކޮށްފައި މިވާ ފަރާތްތަކަށް މެދުވެރި ކުރައްވައި ބަދަލުހިފުމަކުން ބަދަލުހިފައި ފާންދޭވެ އާމީން

    10
    4
    • ޖިންނި

      ކަލޭ ނުރުހޭ ވިސްނުން ހުރެ ކަލޭގެ ލޯބިވާ ވަގުކަލޭގެއަށް މަކަރުން މޮޅުގޮތް ހަދައި ނުދިނީމާ ރާޑިވެގެން ހަޖަމު ނުވެގެން ތި ވެއްޓުނީ ދަށުދަރަޖައިގެ ވެސް އަޑިޔަށް..ހީވަނީ މިހާރު ކަލޭ ހިމެނެނީ މާ ނުބައި ގިންތިއެއްގައިހެން.. ކަލެއަށް ތިޔަބުނާ މުޞީބާތެއް މެދުވެރި ކުރައްވާ ނުބައިގޮތަކަށް ނިމިގެން ހިނގައިދާނެ ﷲ އިރާދަކުރައްވައިފިއްޔާ..ފކވެގެން ހެދޭ ނުހެދޭ ނޭނގި ބަދު ދުޢާ ކުރިއެއްކަމަކު ކޭ ޖެހޭނީ ހަމަ މުޅިމީހާ މަސްގުޅަކެއަސް ފިއްތާލަ ފިއްތާލަ ހުންނަން...ލަލަލާ ޕޮއް

      2
      7
  3. ނަތަންޔާހޫ

    ދެންވެސް ކަލޭމެންނަށް ލިބޭނީ އަހަރެމެން ތައްޔާރު ކުރާ ބޭހެއް ނޫނީ ވެކްސިނެއް. ލަލަލާ ޕޮއް

    2
    1