ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާންގެ މުސާރަ ހަދިޔާ ކުރެއްވުމަށް ނިންމަވައިފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ދަނޑިވަޅުގައި ތުރުކީ ރައީސް އުރުދުޣާން ވަނީ އެހީ ހޯދުމުގެ ގައުމީ ކެމްޕެއިނެއް ފައްޓަވައިފައެވެ. އެ ކެމްޕެއިންގެ ދަށުން އެމަނިކުފާނު ވަނީ ހަތް މަސް ދުވަހުގެ މުސާރަ ހަދިޔާ ކުރައްވައިފައެވެ.

"އަޅުގަނޑު މި ކެމްޕެއިން ލޯންޗު ކުރަނީ، އަޅުގަނޑަށް ލިބޭ ހަތް މަހުގެ މުސާރަ ހަދިޔާ ކުރަމުން،" އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ގައުމުގެ ކެބިނެޓް މެމްބަރުންނާއި ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ވެސް ވަނީ 791،000 ޑޮލަރު ހަދިޔާ ކުރައްވައިފައެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި މި ކެމްޕެއިންގެ އަމާޒަކީ އެންމެ ކުޑަ އާމްދަނީއެއް ލިބޭ މީހުންނަށް އެހީތެރިވުމެވެ. އިގްތިސާދަށް އަރާފައިވާ މި ލޮޅުމުގެ ސަބަބުންނާއި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ބަޔަކީ އެންމެ ކުޑަ އުޖޫރައެއް ލިބޭ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު އުރުދުޣާން ވަނީ ކޮވިޑް-19 އާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅިކަން އިއުލާން ކުރައްވައިފައެވެ. އޭގެތެރޭގައި ދަތުރުފަތުރު ކުރުމުގައި އިތުރަށް ހަރުކަށި ކުރުމާއި ބައިނަލްއަގުވާމީ ފްލައިޓުތައް އެ ގައުމަށް ދަތުރު ކުރުން މަނާ ކުރުމާއި ބައެއް ތަންތަން ބަންދު ކުރުން ހިމެނެއެވެ.

ތުރުކީގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 10,827 އަރައިފައެވެ. އެ ބަލީގައި އެ ގައުމުން 168 މީހަކު މަރުވެފައިވެއެވެ.

އެ ބަލި ޖެހިގެން ތުރުކީގައި 10,497 މީހުންނަށް ފަރުވާދެމުން އަންނަ އިރު، ބަލިން ރަނގަޅުވެފައި ވަނީ 162 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަމޫނާ

    ސާބަސް ތިފަދަލީޑަރުން ދުނިޔެއައްބޭނުންވަނީ ތީނަމޫނާ ލީޑަރުންނަކީ

    33
    2
  2. ޑހހެ

    މިއި ވަރަށް ރަގަނޅު މުސްލިމް ލިޑަރެށް

    29
    3
  3. އަހުމަދު

    އިސްލާމީ ހުރިހާ ގައުމެއްގައިވެސް އުރުދޣާން ފަދަވެރިން ތިބޭނަމަ އިސްލާމީ ވެރިކަން ހާދަ ވަރުގަދަ ވީހޭ. ތީހަމަ ލީޑަރުންގެ ލީޑަރެއް

    22
    2
  4. ކުރަފި

    މީނަވީމަ އުފަލުންގޮސް މޮޔަވަނީ . ނަތަންޔާހޫ ވީމާ ރުޅިއައިސްގެން ހަލާކުވަނީ. އެކަމަކު މިމީހުން ކޮވިޑްބަލިން ސަލާމަތްވާން ދުއްވައިގަންނާނީ އިޒްރޭލު އެމެރިކާ އޫރުދިޔަވަރުން ތައްޔާރު ކުރާ ވެކްސިން ޖައްސަން. މީދެން ކޮންކަހަލަ ބޯބުރިނެތް ކުކުޅުތަކެއްތަ؟

    1
    25
    • ތަކުރުފާނު

      ބޯބުރިނެތް ކުކުޅުތަކޭ؟ ބަަނޑު?ލޮލް

  5. ޒުހުރާ

    މުޅިބއިސްލާމީ އުއްމަތް ފަޚްރުވެރިވާފަދަ ވެރިން މިތިބީ؟ ގަހުގަ ގަތްކޮޅުވެސް ނޭނގޭ ބުރަންތިން އަދި އިލްމެއް ހިލްމެއް ނަސަބެއްނެތް ޖާހިލުން ވެރިންގެ ގޮތުގައި ހަދައިގެން ތިބޭ ބަޔަކަށް އޮންނާނީ ގެއްލުމާ ހަލާކު.

  6. ދަވާލި19

    މިރާއްޖޭގެ ރައީސައްވެސް މަޖިލީސް ރައީސައްވެސް މެމްބަރަކައްވެސް 7 މަސްކީއްކުރަން އެއްމަހުގެ މުސާރަވެސް ތިގޮތައް ދޫކޮށްލާކައް ނުކެރޭނެ ﷲ ގަނދީބުނަން