އަވައްޓެރި އިންޑިއާގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހަކަށް އިއްޔެ ވެއްޖެއެވެ. އިއްޔެ އެކަނިވެސް އިންޑިއާ އިން 227 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މީގެ ކުރިން އިންޑިއާގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވީ މިދިޔަ ހުކުރު ދުވަހު އެވެ. އެދުވަހު ފައްސިވީ 160 މީހުންނެވެ. އޭގެ ފަހުން ޖެހިގެން އަދި ދެދުވަހު ވެސް ފައްސިވި މީހުންގެ އަދަދު ދިޔައީ މަދުވަމުންނެވެ.

ހޮނިހިރު ދުވަހު އިންޑިއާ އިން ފައްސިވީ 100 މީހުންނެވެ. އާދީއްތަ ދުވަހު ފައްސިވީ 37 މީހުންނެވެ.

އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 1251 އަށް އަރައެވެ. މިހާތަނަށް އިންޑިއާ އިން ވަނީ 32 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އޭގެ ތެރެއިން ފަސް މީހުން މަރުވީ އިއްޔެ އެވެ. މިހާތަނަށް އިންޑިއާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 102 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިންޑިއާ މިހާރު ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. އިންޑިއާ ފުރަބަންދު ކުރުމުން އިތުރު އެތައް މައްސަލައެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އިންޑިއާގެ ގިނަ މީހުންނަކީ ވަރަށް ފަގީރު މީހުންނަށް ވެފައި ކޮންމެ ދުވަހަކު ކައިގެން ބޮއެގެން އުޅެނީ އެދުވަހަކު ލިބޭ އާމްދަނީ އިން ކަމަށް ވާއިރު ފުރަބަންދު ކުރުމުން އެތައް ބައެއްގެ އާމްދަނީ ވަނީ ހުއްޓިފައެވެ. އެހެންކަމުން ހައިހޫނުކަން އިތުރު ވެގެން ވެސް ގިނަ ބަޔަކު މަރުވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.

ނަމަވެސް އިންޑިއާ ފުރަބަންދު ނުކޮށްފިނަމަ ކޮވިޑް-19 ފެތުރުން އިންޑިއާގައި ކޮންޓްރޯލް ކުރުން އެއީ ވެސް ފަސޭހައިން ކުރެވިދާނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މުސްލިމުން އަންދަމުން ހިތުހުރިގޮތަކަށް މަރަމުން މާބަނޑު މީހުން ވަޅުލަމުން ގެންދާ މިފަދަ ގައުމަކަށް މިފަދަ ބޮޑު ވަބާއެއް ފެތުރުމުން އެއިން އިބްރަތެއް ހާސިލް ކުރާނެކަމަށް ދެކެން.

    27
  2. އަލިކާ

    އިންޑިޔާ ސަރުކާރުން އެ ގައުމުގެ ފަގީރުންނަށް ކާބޯތަކެތި ނުދެވޭ، އެކަމަކު ދިވެހިރާއްޖެ އަށް ހިލޭ ސާބަހަށް ކާބޯތަކެތި ފޯރުކޮށްދެމުން ދަނީ ކޮންބޭނުމެށް އޮވެގެންތޯއެވެ. މިކަމުގެ ސިއްރަކީ ކޮބާތޯއެވެ. އިންޑިޔާ ރަށްޔިތުންނާއި މި ދުނިޔޭގެ އެންމެހާ ރަށްޔިތުން މި ނުރައްކާތެރި ވަބާއިން ސަލާމަތްވުމަށް އެދި ﷲގެ ހަޞުރަތުގައި ދުޢާ ކުރަމެވެ.

    27
    • ގަބޫލް

      ސަބަބަކީ އިންޑިއާގެ ތަނަކަށް ދިވެހި ގައުމު ވާކަމުގެއުފަލުގައިދޭހިލޭއެހީ.....

    • ސިކުނޑި

      ރާއްޖޭގައި ދިރިއުޅެނީ %100 މުސްލިމުން ކަމަށްވާތީ، ދިވެހި މުސްލިމުން ދެކެ ލޯބިވާލެއް ބޮޑު ކަމުން.

  3. ބްރޯ

    ހިލޭ ކާކު ކޯންޗެއްދިނީ .ހިލޭ އެކައްޗެއްވެސް ނުދޭނެ. އެހީ މިކިޔަނީ އޮޅުވާލަން.