ފާއިތުވި 24 ގަޑިއިރު ތެރޭގައި ބެލްޖިއަމް އިން ރެކޯޑް އަދަދަށް މީހުން މަރުވެ ވިލާތު ގައުމުތަކުގެ ތެރެއިން އެންމެ ހާލަތުގޯސް ގައުމު ތަކުގެ ތެރޭގައި ބެލްޖިއަމްވެސް ހިމެނިއްޖެއެވެ.

ބެލްޖިއަމުން ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި 192 މީހުން މަރުވެފައެވެ.

މީގެ ކުރިން އެ ގައުމުން އެންމެ ގިނަ މީހުން މަރުވީ އިއްޔެ އެވެ. އިއްޔެ މަރުވެފައި ވަނީ 82 މީހުންނެވެ.

އިޓަލީ އާއި ސްޕައިން، ފްރާންސަށްފަހު ވިލާތުގެ އެންމެ ހާލަތު ގޯސް ގައުމަކީ ބެލްޖިއަމް އެވެ.

އެ ގައުމުން އިތުރު 876 މީހަކު ވަނީ މި ވައިރަސްއަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 12775 އަށް އަރާފައެެވެ. އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 1698 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 1021 މީހެއްގެ ހާލު ސީރިއަސް އެވެ.

ޔޫރަޕްގެ ގައުމުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. މިހާތަނަށް މުޅި ދުނިޔެއިން ވައިރަހަށް ފައްސިވި މީހުންގެ އަދަދު ވަނީ 8 ލައްކަ އާ ގާތް ކުރާ އަދަކަށް އަރާފައެވެ.