ކޮވިޑް-19 ޖެހިގެން ސައުދީ އަރައްބިޔާގައި ފަރުވާ ބޭނުން ވެފައިވާ މީހުންގެ ހުރިހާ ޚަރަދު ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ދެއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ސައުދީގެ ހެލްތް މިނިސްޓްރު ތައުފީގު އަލް ރާބިއާ ވިދާޅުވީ ކޮވިޑް-19 ޖެހިގެން ފަރުވާ ބޭނުންވާ ހުރިހާ މީހުންގެ ހަރަދެއް ސައުދީ ރަސްގެފާނު ދެއްވާ ގޮތަށް މިހާރު ހަމަ ޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ސައުދީ ރައްޔިތުންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ބިދޭސީން ހިމެނޭ ކަމަށެވެ.

އެހެން ކަމުން ބަލީގެ ކުޑަ އަލާމާތެއް ފެނިފައިވާ މީހާވެސް އެ ބައްޔަށް ޓެސްޓް ކުރުމަށް ތައުފީގު ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސައުދީ މީހަކު މާސްކު އަޅައިގެން

ތައުފީގު ވިދާޅުވީ، އެންމެންވެސް މިހާރު ތިބީ އެއް އޮޑިއެއްގައި ކަމަށާއި އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ގެންދަވަނީ ކޮވިޑް-19 އިން ގައުމު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތް ރެއާއި ދުވާލު އަވަދިނެތިކޮށް މަސައްކަތް ކުރަމުން ކަމަށެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ ހުރިހާ ހަރަދެއް ސައުދީ ރަސްގެފާނު ކުރައްވާ އިރު އެ ގައުމުގެ އެގްރިކަލްޗަރަލް މިނިސްޓަރު ވަނީ ކާބޯތަކެތީގެ ދަތިކަން ދިމާވެދާނެތީ، ގޮވާމުގެ ބައެއް ބާވަތްތަކަށް އޯޑަރު ދެއްވައިފައެވެ.

ކޮވިޑް-19 ޖެހިގެން ސައުދީން މިހާތަނަށް 1،453 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެ ގައުމުން މި ބަލި ޖެހިގެން އަށް މީހަކު ވަނީ މަރުވެފައެވެ. އަދި 115 މީހަކަށް ފަރުވާ ދެވި ބަލިން ރަނގަޅުވެފައި ވާއިރު، 12 މީހެއްގެ ހާލު ސީރިއަސްވެގެން އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުރެންޑު

    މިކަލޭގެ އަތުގަ ނޫޓު ހުންނާނެ އެއްނު ބޯކޮށް! ދުވަހަކަށް ވުރެ ދުވަހެއް އަގު ބޮޑުކޮށް ރަށްވިއްކައިގެން ލާރިހަދަނީ!

    3
    2
  2. ފުރެން

    މިކަލޭގެ އަތުގަ ނޫޓު ހުންނާނެ އެއްނު ބޯކޮށް! ދުވަހަކަށް ވުރެ ދުވަހެއް އަގު ބޮޑުކޮށް ރަށްވިއްކައިގެން ލާރިހަދަނީ!

    1
    1