ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަގުތަކާއި އުޅަނދުތައް ސާފު ކުރުމަށް ބޭނުން ކުރާ ކެމިކަލް އިންޑިއާގައި އާންމުންގެ ބައެއް ގަޔަށް ޖަހައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އާބާދީގެ ގޮތުން މިލިއަނެއްހާ މީހުން ހަމަ ނުވާ އުއްތަރު ޕްރަދޭޝްގެ ބަރެލީގައެވެ.

މި ހާދިސާ ފެންމަތިވެ އިންޑިއާއިން މި މައްސަލަ ބަލަން ފަށާފައިވަނީ މީޑީއާގައި ދަރުވުމުން އަންނަ ވީޑީއޯއަކާއި ގުޅިގެންނެވެ.

"ޓައިމްސް އޮފް އިންޑީއާ" ގެ ނޫސްވެރިއަކު ޓްވިޓާ މެދުވެރިކޮށް ހިއްސާ ކޮށްފައިވާ ވީޑީއޯ އިން ފެންނަ ގޮތުގައި ކޮވިޑް-19 އަށް ޑިސްއިންފެކްޓް ކުރާ މީހުން ސަލާމަތީ ސޫޓް ލައިގެން ތިބެ ކެމިކަލް ޖެހީ އިންޑިއާ އަށް ހިޖުރަކޮށްފައި ތިބި މީހުންނާއި އެމީހުންގެ އާއިލާތަކުގެ މެމްބަރުންގެ ގަޔަށެވެ.

އަދި ކެމިކަލް ޖެހުމުގެ ކުރިން އެމީހުން ކައިރީ ލޯ މަރަން ބުނެއެވެ.

އެމީހުން ގަޔަށް ޖަހާފައިވަނީ " ސޯޑިއަމް ހައިޕޯކްލޮރައިޓް" ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. އެއީ މައިގަނޑު ގޮތަކަށް "ބްލީޗް" ގައި ހުންނަ ކެމިކަލް އެއް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. މި ހާދިސާގައި އަނިޔާވި ބައެއް މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަ އިރު އެގައުމުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ރިޕޯޓްތަކުން ބުނެފައިވަނީ އާންމު ވެފައިވާ ވީޑިއޯއިން ފެނިގެންދަނީ އަމިއްލަ އަވަށުން ބޭރުގައި މަސައްކަތް ކުރަމުން ދަނިކޮށް ލޮކްޑައުން އިއުލާން ކުރުމާ ގުޅިގެން ވަޒީފާ ގެއްލުމުން، އަނބުރާ އަވަށަށް ދިޔަ ބައެއް ކަމަށެވެ.

މިކަމާ ގުޅިގެން އެގައުމުގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން އެބަ ގެންދެއެވެ. ގިނަ ބައެއްގެ ގަޔަށް ކެމިކަލް ޖަހާފައިވާ މި ގްރޫޕަކީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ބަސްތައް ޑިސްއިންފެކްޓް ކުރަން ހަމަޖެހިފައިވާ ގްރޫޕެކެވެ. އޭގެ ތެރޭގައި މެޑިކަލް އަދި ފަޔާ އޮފިޝަލުން ތަކެއް ތިއްބެވެ. އަދި ގިނަ ބަޔަކު ވަނީ އެހެން ގައުމުތަކުގައި އެގޮތަށް މީހުންގެ ގަޔަށް ކެމިކަލް ޖަހައި ޑިސްއިންފެކްޓް ކުރޭތޯ ސުވާލު ކޮށްފައެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އިންޑިއާގައި 1،251 އަށް އަރާފައިވާއިރު، އެ ގައުމުން ވަނީ މިމަހުގެ 25 އިން ފަށައިގެން 20 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އެލި ކޮސް

  އިްނކުރެޑިބަލް އިޑިއެޓްސް....ތިއަށް ވުރެ މާރަނޅުވާނެ ގެރި ގޮރު ޛެހިއްޔާ....ގުއި މުދި ނުބުނޭތަ ރެޕިސްޓު ތައް ކައިރީ ގެރި ގޮރު ޖަހާކަށް....

  20
 2. ޜޫުރު

  އަމިއްލަ ގައުމުގެ މިހުންނަށް ވެސް އެއްވެސް ރަހުމެއްނެތް ހެޔޮނުވަނެ މިހުން ގަޔައް ކެމިކަލް ޖަހަން

 3. Anonymous

  މުސްލިމުން ކަތިލައި ގަޔަށް ތޫނު އެއްޗެހި ހަރައި ،އަންދާ ވަޅުލާ ހެދި މީހުން އަމިއްލަ މީހުންގެ ގަޔަށް ކެމިކަލް ކޮޅެއް ޖެހުން އެއީ މާބޮޑު މައްސަލައެްނޫން!!

 4. އަލިކާ

  ސާބަހޭ މީވާ ގައުމެށް... ގަމާރުވިޔަސް ތީ ބޮޑުވަރު ގެރި ބޯ

 5. ޒައިޝާ

  ތިވަރުގެ ބައެއް ނެތިގެން މި ޤައުމުގެ ނޯދީ އެބައުޅެއެއްނޫން.