ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ވައިރަސް ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެކަން ހުއްޓުވަން އެންމެ ބޮޑު މަސައްކަތެއް ކޮށް، އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ވައްޓާލަމުން ގެންދާ އެއް ފަރާތަކީ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނެވެ. ނަމަވެސް އިންޑިއާގެ ޑޮކްޓަރުން މި އުނދަގޫ ދަނޑިވަޅުގައި އުޅެން ޖެހިފައިވާ ހާލުން ގިނަ ބަޔަކު މިހާރު އަންނަނީ ރުޅިވެރިކަމުގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ.

މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އިންޑިއާގެ ބައެއް ހިސާބުތަކުގެ ޑޮކްޓަރުން ބޭނުން ކުރާނެ މާސްކާއި އެނޫންވެސް މުހިއްމު އެއްޗެހި ސަރުކާރުން ފޯރުކޮށްދޭން ނުކުޅެދިފައި ވާއިރު، އެ ޑޮކްޓަރުން ބޭނުން ކުރަން ދީފައި ވަނީ އާދައިގެ ފޭސް މާސްކާއި ޕްލާސްޓިކު ވާރޭ ކޯޓެވެ.

ޑޮކްޓަރުންނަކީ ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެންމެ ގާތުން މަސައްކަތް ކުރާ މީހުން ކަމުގައިވާއިރު އެފަރާތްތަކަށް މިފަދަ މުހިއްމު ސާމާނު ފޯރުނުކޮށްދިނުމަކީ ޑޮކްޓަރުންނަށް މި ވައިރަސް ޖެހުމަށް މަގުފަހި ކުރުވާނެ ކަމެކެވެ.

އާދައިގެ ފޭސް މާސްކު ބޭނުން ކުރަން ޑޮކްޓަރުން ދެކޮޅު ހަދައި، ސައިކަލު ހެލްމެޓުތައް ބޭނުން ކުރަމުން އަންނައިރު، އިންޑިއާގެ ބައެއް ހިސާބުތަކުގެ ޑޮކްޓަރުން ވަނީ ރަނގަޅު މާސްކާއި އެނޫންވެސް މުހިއްމު ސާމާނު އެފަރާތްތަކަށް ފޯރުކޮަށް ނުދެނީސް މަސައްކަތް ނުކުރާނެކަމަށް ބުނެފައެވެ.

އަދި ބައެއް ޑޮކްޓަރުން ދަނީ އެފަރާތްތަކުގެ މެދުގައި އަމިއްލަ އަށް ފަންޑު ފޮށިތައް ހުޅުވައި، އެފަދަ ސާމާނު ގަތުމަށް ފައިސާވެސް އެއްކުރަމުންނެވެ. އިންޑިއާ އަކީ މުޅި ދުނިޔެއިންވެސް ސިއްހީ ކަންކަމަށް އެންމެ މަދުން ޙަރަދު ކުރާ އެއް ގައުމު ކަމުގައި ވާއިރު މިކަމާއި ގުޅިގެން ރިއުޓާސް އިން އެ ގައުމުގެ ހެލްތު މިނިސްޓްރީ އާއި ސުވާލު ކުރުމުން ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ބޮޑުވަޒީރު ނަރެންދްރަ މޯދީ ބުނެފައި ވަނީ ސައުތް ކޮރެއާ އާއި ޗައިނާ އިން އެފަދަ ސާމާނު ގެނަައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ގިނަ ދިވެހިންތަކެއްވެސް ދިރިއުޅޭ އަވަށްޓެރި އިންޑިއާގައި މިހައިތަނަށް 1،251 މީހަކު ވައިރަހަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު 32 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަސްލަމް

    ހިންދޫކަރައިގެ މީހުންނަށް ފިލާވަޅެއް ލިބިއްޖެ. އޭޝިއާގެ އެމެރިކާއަށްވެގެން ގައުމުތަކަށް ފޯރުވި ނުފޫޒަކީ ކޮބައިކަން މިހާރު މުޅި ދުނިޔެއަށް މިއޮތީ ހާމަވެފައި.

    58
    1
  2. ހުސޭނުބޭ

    މިލިޓަރީ ބޭނުމެއް ނުކުރޭތަ! ކޮވިޑުން ރައްކާތެރިވާން އިބޫ ޞާލިޙް މިތަނަށް ގެނައީ މިލިޓަރީ!

    52
    2
  3. ކާފަބޭ2020

    ސަރުކާރު މިފަދަހާލަތެއްގައިވާއިރުވެސް އެހެން މީހުންގެކަރަށްފައިންއެރޭތޯމިއުޅެނީ ކިހާވަރެއްގެ މަންފާއެއް ލިބޭނެތީތޯ؟ ރަށުގަމިވަރުނުކޮށްދެވޭ ބައެއްގެފަހަތުންމިދުވަނީ އަމިއްލަޖީބަށްކިހާވަރެއް އަޅާލަންލިބޭތީތޯޯ؟ ﷲމިއުންމަތް ބަލާއާފާތްތަކުން ސަލާމަތްކުރަށްވާށި! އާމީން!

    64
  4. ބްރޯ

    ގައުމުގެރައްޔިތުންނާމެދު މި ފެންވަރުގަ ދެކޭ މީހުންއެހެން ގައުމެއްގެ މީހުނާދެތެރޭ ކަންކުރާނެގޮތް ވިސްނުމަށް ގެނައުމަށް ދިވެހި ރައްޔިތުންގެ ކިބައިންއެދެން.

    10
  5. ސަދސަ

    މިވަރު ބައެއްގެ ތައްޕާހުން އަހަރުމެން އުޅެން ޖެހޭތަ؟

    28
  6. ޢމޑ

    އަންނިއާއި އިބޫއައް އިންޑިއާވަރެއްނެތް! އެއުޅެނީ ޑޮކްޓަރުންނަށް މާސްކް ގާނޑެއްހާހިސާބުވެސް ފޯރުކޮއްނުދެވިގެން އެފެންވަރުގެސަރުކާރެއްގެދައިބުޑައް މިއޮތް ތަރައްގީ ސަރުކާރުވެއްޓިގެންމިއުޅެނީ އެކަމަކު އަންތަރީސްވެއްޖެ! ޗައިނާވަރެއްނުވާނެ ލާރިވެސް ހުރީ ޗައިނާގަ ދެވޭނީވެސް އެމީހުންނައް މިރށއްޖޭގެ ޓުއަރިޒަމް ސަލާމަތްކުރަންބޭނުމިއްޔާ އަދިވެސް ޗައިނާއާއި ވާހަކަދައްކައިގެން އެމީހިންގެބޭނުންހިފާ އިންޑިއާ ނަމެއްގަބާއްވާ ވިސްނޭބަޔަކު ސަރުކާރުގަ ތިބިނަމަ މީއީދިވެހިރައްޔިތުންގެ އާދޭސް

    12