ކުރިއަށް އޮތް ދެހަފްތާ ދުވަސް ވެގެން ދާނީ އެމެރިކާ އަށް ވަރަށް ހިތްދަތި އަދި ވަރަށް އުނދަގޫ ދެހަފްތާއަށް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައި ވަނީ އެމެރިކާ މީހުން ކޮންމެހެން މަގުމައްޗަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް މަގުމައްޗަށް ނުނިކުތުމަށާއި، އަދި މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަށް އަންގާފައި އޮތް މުއްދަތު އިތުރު ދެހަފްތާ ދުވަހަށް އިތުރު ކުރަން ނިންމިކަން އިއުލާން ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާނެ ފިޔަވަޅުތައް ނިންމުމަށް ވައިޓްހައުސް އިން އެކުލަވާލާފައި އޮންނަ ޓާސްކްފޯސް އިން ބުނާ ގޮތުގައި ކުރިއަށް އޮތް ދެހަފްތާ ދުވަހު އެމެރިކާ އިން ވަރުގަދަ ފިޔަވަޅުތަކެއް ބަލި ކޮންޓްރޯލް ކުރަން އެޅި ނަމަވެސް އެމެރިކާ އިން 100000 އާއި 240000 އާއި ދެމެދުގެ އަދަދެއްގެ މީހުން މަރުވާނެއެވެ. ވަރުގަދަ ފިޔަވަޅުތަކެއް ނާޅައިފިނަމަ އެމެރިކާ އިން 2.5 މިލިއަން މީހުން މަރުވާނެ ކަމަށް ޓާސްކްފޯސް އިން ލަފާކުރެއެވެ.

ޓްރަމްޕް ނޫސްވެރިންނާއި ބައްދަލުކޮށް ބުނީ އެންމެ ފުރިހަމަ ސިއްހީ ނިޒާމެއް އޮތީ އެމެރިކާގައި ކަމަށް ވީނަމަވެސް ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ. "އަހަރެން އެމެރިކާ ރައްޔިތުންގެ ކައިރިން އެދެނީ ކުރިއަށް އޮތް އުނދަގޫ ދުވަސްތަކަށް ތައްޔާރުވެ ތިބުމަށް. ކުރިއަށް އޮތް ދެހަފްތާ ދުވަހަކީ ވަރަށް އުނދަގޫ ދެހަފްތާ އަށް ވެގެން ދާނެ." ޓްރަމްޕް ބުންޏެވެ.

އެމެރިކާ އަށް ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމުގެ އިންޒާރު ޓްރަމްޕް ދެމުން ގެންދާއިރު އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހަކަށް ވުރެ ދުވަހަކު އިތުރު ވަމުންނެވެ. އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 188578 އަށް އަރައެވެ. އޭގެތެރެއިން 4054 މީހުން މިހާރު ވަނީ މަރުވެފައެވެ. އިއްޔެ އެމެރިކާ އިން 24742 މީހުންނަށް ބަލި ޖެހުނެވެ. އޭގެ ކުރީ ދުވަހު ބަލި ޖެހުނީ 20297 އަށެވެ. އިއްޔެ އެމެރިކާ އިން 912 މީހުން މަރުވިއެވެ. އޭގެ ކުރީ ދުވަހު މަރުވީ 558 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކެޓް

    އަލްހަމްދުލިﷲ

    24
    11
    • ދުޝްމިނުން

      މިކޮމެންޓައް ޑިސްލައިކު ދީގެންނުވާނެ އެމަރިކާއަކީ މުސްލިމުންމަރާ އަދުއްވެއް..ތިވައިރަސްފެތުރުނީމާ އުފާވާންޖެހޭނީ. އިސްރާއީލާއި އެމަރިކާގެ ހާލަތުވަރަށް ގޯސްކޮއްދެއްވާންދޭވެ އާމީން

      11
      7
      • މުސްލިމެއް

        ތިއީ އަހަރުމެންގެ އިސްލާމް ދީނާއި މުޅިން ހިލާފް ކަމެއް.
        އެމެރިކާގަވެސް މުސްލިމުން އަދި ހަނގުރާމަޔާ ދެކޮޅު ހަދާ މީހުން އުޅޭ

        16
        2
  2. ކޮއްޗޭބެ

    ސިއްހީ ނިޒާމު ފުރިހަމަ ކަމެއްނޭގެ. ބަލިން ފަސޭހަ ވާމީހުނަށްވުރެ މަރުވާ މީހުން ގިނަ.

    32
  3. އަލީ

    ސިއްޙީ ނިޒާމު ފުރިހަމަ ކަމުން ޑަސްބިން ކޮތަޅު ލައްވައިގެން ފަރުވާ ދެނީ. ފުރިހަމަ ވީ ވީނުން ވެންޓިލޭޓަރެއް ނެތި މަރުވަނީ.... ފުރިހަމަ ވާނީ ތިވަރަކަށް!

    37
    1
  4. ޖޯން

    އަދިވެސް ކޮންމެވެސް ނިކަމެތި ގައުމަކަށް އަރާ ހަނގުރާމަކުރެވޭތޯބަލާ.

    41
  5. މޯޑު

    ބާރު ދެއްވި ފަރާތް ހަދުމަ ނެތިކޮށް މުސްލިމް ގައުމު ތަކުގެ ރައްޔިތުން މަރާ ހުސްކޮށްފަ ކަލޭމެނަށް އުފަލުގަ ތިބެވޭނެ ކަމަށް ހިީކުރިީތަ؟

    38
  6. އަހުސަން

    މިޖައްބާރުކަލޭގެ އިހަކަށްދުވަހުބުނި އަހަރުމެން ބިރެއްނުގަނެޔޯ ކޮވިޑް19 ދެކެ...ދެންކީކުރަން ހާލަތުގޯސްވެދާނޭތިބުނީ؟

    31
  7. ސަހޭ

    ކަލޭމެން ގަދަ އެއްނުވިތާ ދޯ ހަހަހާ

    33
  8. އަހްމަދު

    މިހާރު ޓްރަންޕަށްވެސް ވިސްނޭނެ ހަމަލޮލަށް ނުފެންނަ ކުޑަކުޑަ މަޚްލޫގަކަށްވުރެ ތިމަންނަގެ ބާރު މާދެރަކަން.

    18
  9. Anonymous

    އަލްހަމްދުލިﷲ.

    10
  10. ނިއުމަތު

    ޓްރަންޕް ކަލޭތީ ގަދަބަސް ބުނަމުން އައިމީހެކޭ މިހާރު ކަލޭ ތިހުރީ ސައިޒްވެފަ... ޔަހޫދީން ވަރަށް ބިރުގަންނާނެ މަރުވެދާނެތީ.. މަ ފަހަރު ރަނަގަޅު އިބުރަތެއް ލިބޭނެ....

    11
  11. އަސްލު

    ގަދަ ކީރިތިވަންތަ ﷲ ގެ ގަދަފަދަ ޢަޛާބުގެ ކުރިމަތީގައި ސިއްހީ ނިޒާމު ފުރިހަމަވެގެން ވާނޭ ކަމެއް ނޯންނާނެއެވެ. މިއަދު ރައްކާތެރިކަމަށް އެދޭނޭ އިތުފަރާތެއް ނެތެވެ.

    11
  12. އެމަންޖެ

    އަންނިބެ ތިތަނައް ފޮނުވާލަން ފެނޭ.

  13. Anonymous

    މިޤައުމުގައި ވެސް އޭގެ ޓުރުމްޕެޓެއް އުޅޭނެ

    • ނޭގޭ

      ޖަލުގަ އެބައޮތް ވައްކަން ކޮށްގެން