ކޮވިޑް-19 ޖެހިގެން ނެދަލޭންޑުން 134 މީހަކު އަދި ބެލްޖިއަމުން 123 މީހަކު މަރުވެއްޖެ އެވެ.

ނެދަލޭންޑުން އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ1173 އެވެ. އެ ގައުމުން އިތުރު 1019 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެގައުމުން އެ ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 13614 އަށް އަރާފައެެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 1053 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި 250 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ބެލްޖިއަމްއަށް ބަލާއިރު، އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 828 އަށް އަރާފައެވެ. އަދި އެ ގައުމުން އިތުރު 1189 މީހަކު އެ ވައިރަސްއަށް ފައްސިވެފައިވާއިރު، އެ ގައުމުން އެ ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 13964 އަށް އަރާފައެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 1088 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި 2132 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މުޅި ދުނިޔޭގެ 203 ސަރަހައްދެއްގައި ހަލުވިކަމާއި އެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. މިހާތަނަށް މުޅި ދުނިޔެއިން ވައިރަހަށް ފައްސިވި މީހުންގެ އަދަދު ވަނީ 8 ލައްކައަށް އަދަކަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު