ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން އެމެރިކާ ހާލުގައި ޖެހުމުން ރަޝިއާއިން އެގައުމަށް ބޭނުންވާ ތަކެތި ފޮނުވައިފިއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވްލަޑްމިރ ޕޫޓިންގެ ހުށަހެޅުން ގަބޫލު ކުރެއްވުމުން އެގައުމަށް ބޭނުންވާ ސަލާމަތީ ތަކެތި ހިފައިގެން އަސްކަރީ ބޯޓު ފުރާފައިވާ ކަމަށެވެ.

ރަޝިއާއިން އެމެރިކާއަށް ފޮނުވާފައިވާ ސަލާމަތީ ތަކެތީގެ ތެރޭގައި ހިމެނެނީ މާސްކު، ޕްރޮޓެކްޓިވް އިކިއުޕްމެންޓްްސްގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރުވުމަށް ބޭނުން ކުރާ ބައެއް ތަކެއްޗެވެ.

ކްރެމްލިންގެ ސްޕޯކްސްޕާސަން ޑިމިޓްރީ ޕެސްކޯ ބުނެފައިވަނީ ރަޝިއާއިން މި އެހީ ފޮނުވާފައިވަނީ އެގައުމުގެ ރައީސް ޕޫޓިން އާއި އެމެރިކާގައި ރަޝިޔާ ތަމްސީލްކުރަން ހުންނަ ފަރާތާއި ދެކުވުނު ވާހަކަ އަށް ފަހު ކަމަށެވެ. އެގޮތުން އޭނާ ވަނީ ކޮވިޑް-19ގެ ސަބަބުން އެމެރިކާގައި ބޭނުން ކުރަމުން އަންނަ މާސްކު ފަދަ ތަކެތި ހުސްވެދާނެ ކަމުގެ ބިރު އޮތްވާހަކަ ބުނެފައެވެ.

ރަޝިއާއިން މީގެ ކުރިންވެސް ވަނީ ކޮވިޑް-19ގެ ސަބަބުން ހަލުވި ކަމާއި އެކީ މީހުން މަރުވަމުން އަންނަ އިޓަލީއަށް 600 ވެންޓިލޭޓަރާއި މާސްކުގެ އެހީ ފޯރު ކޮށްދީފައެވެ.

އެމެރިކާގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 188،647 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން މިއަދު ވަނީ 117 މީހަކު މިބައްޔަށް ފައްސިވެފައެވެ. އަދި 4،059 މީހަކު މިހާތަނަށް މަރުވެފައިވާއިރު ހާލު ދެރަވެގެން އައިސީޔޫގައި 4،576 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެމެރިކާއަކީ ބަލި ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗާލު

    ލޮލަށް ނުފެންނަވަރުގެ ވައިރަހެއްގެ ސަބަބުން މުޅިދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފި. އެންމެ ބާރުގަދަކަމަށް ދައުވާކުރާ ގައުމު ގޮތްހުސްވެ އިދަނޖެހި އެހީއަށް އެދިއްޖެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ.

    39
  2. ރަނގަޅު

    މީ ދެން ކިހާ ދެރަކަމެއް ރަޝިއާ މޮޔަވީތަ އަދުއްވުންނަށް އެހީތިދެނީ؟ މާދަމާ ރަޝިއާޔާ ތިކަހަލަކަމެއްކުރިމަތިވެއްޖިއްޔާ އެމަރިކާ ދޭނީ ފުރަގަސް...އީރާން ގެންގުޅޭ ކަހަލަ ސިކުނޑިގެންގުޅެބަލަ

    4
    4