ފްރާންސުން ކޮވިޑް-19 ޖެހިގެން މިއަދު ވެސް އިތުރު 509 މީހަކު މަރުވެއްޖެއެވެ.

ފްރާންސް ސަރުކާރުން ދެންމެ އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފްރާންސުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރު ވަމުންނެވެ. މިއަދަކީ މިހާތަނަށް ފްރާންސުން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެ ފްރާންސުން މަރުވީ 499 މީހުންނެވެ. ހޯމަ ދުވަހު މަރުވީ 418 މީހުންނެވެ. މިހާތަނަށް ފްރާންސުން މަރުވި މީހުންގެ ޖުމްލަ 4032 އަށް ވަނީ އަރާފައެވެ.

މިއަދު އިތުރު 4861 މީހަކު ވަނީ ފްރާންސުން ފައްސި (ޕޮޒިޓިވް) ވެފައެވެ. އިއްޔެ ފްރާންސުން ފައްސިވި މީހުންގެ އަދަދަށް ވުރެ މިއަދު ފައްސިވި މީހުންގެ އަދަދު މަދެވެ. އިއްޔެ 7578 މީހުން ފައްސިވިއެވެ. މިހާތަނަށް ފްރާންސުން 56989 މީހުން ވަނީ ފައްސިވެފައެވެ. މިހާރު ފްރާންސުން ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 5565 މީހުންގެ ހާލު ސީރިއަސްއެވެ. މިހާތަނަށް ފްރާންސުން ބަލި ޖެހުނު މީހުންގެ ތެރެއިން 15473 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

ފްރާންސުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ހާމަކުރާއިރު އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި ތިބެ މަރުވާ މީހުންގެ މައުލޫމާތު ހާމައެއް ނުކުރެއެވެ. އެހެންކަމުން ފްރާންސުން މަރުވާ މީހުންގެ އަދަދު މިހާރު ސަރުކާރުން އާއްމު ކުރާ ރަސްމީ އަދަދަށްވުރެ މާބޮޑަށް ވެސް އިތުރުވާނެ ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެއެވެ.

ފްރާންސް ވެސް އޮތީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ފްރާންސްގައި މަގުމަތީގައި އުޅުނު ތިންލައްކަ އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުމާ

    މޫނު ބުރުގާ މަނާކުރީމަ ވާގޮތް. ފިރިހެން ކުޅިން އިތުރުވީމަ ވާގޮތް. ޒިނޭ އާއްމުވީމަ ވާގޮތް