އަވަށްޓެރި އިންޑިޔާއިން އިއްޔެ ގިނައަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އިންޑިޔާއިން އިއްޔެ އެކަނި 474 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެއަކީ އިންޑިޔާއިން އެއްދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހެވެ.

މީގެ ކުރިން އިންޑިޔާ އިން އެންމެ ގިނަބަޔަކު ފައްސިވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން ޖުމްލަ 227 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އިންޑިޔާއިން މިހާތަނަށް ޖުމްލަ 1،834 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އިއްޔެ އިންޑީޔާއިން ކޮވިޑް-19 ޖެހިގެން 7 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 3 މީހަކު މަރުވީ ކޮވިޑް-19 ޖެހިގެންތޯ ބެލުމަށް ޓެސްޓުތައް ދަނީ ހަދަމުންނެވެ. އިންޑިޔާއިން މިހާތަނަށް ޖުމްލަ 42 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އިންޑިޔާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 148 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އިންޑިއާ ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ނަމަވެސް އިންޑިއާގައި ފުރަބަންދުގެ ސަބަބުން އިތުރު އެހެން އެތައް މައްސަލައެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަން ވަނީ މިހާރު ބޮޑުވެފައެވެ.

އިންޑިއާގެ އެތައް މިލިއަން މީހުންނަކީ އެދުވަހަކު ލިބޭ އާމްދަނީ އަކުން ކައިގެން ބޮއެގެން އުޅޭ މީހުންނެވެ. އަދި މަގުމަތީގައި ސަލާން ޖަހައިގެން ވެސް އެތައް މިލިއަން ބަޔަކު ކައިބޮއެ އުޅެއެވެ. ނަމަވެސް ގައުމު ފުރަބަންދު ކުރުމާއި ގުޅިގެން މިފަދަ އެތައް ބަޔަކަށް ބަނޑުހައި ހޫނުކަމުގެ އަސަރު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަގޫރޯޅި

    ނަސީބެއް މުޅިއިންޑިޔާ ލޮކްޑައުންކުރިކަން ނޫންނަމަ އަ ދިވެސް މި ރާއްޖޭގެ ބޯޑަރު އޮންނާނީ ތަންމިނައް ހުޅުވާފަ.

    13
  2. ސޯކާބެ

    White House warns 100,000 to 240,000 Americans could die in coronavirus pandemic

  3. ސޯކާބެ

    President Trump is telling Americans to prepare for a "very painful" two-week period as the coronavirus death toll continues to climb. CBS News White House correspondent Weijia Jiang joins CBSN to talk about the latest