ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ އެކަނިވެސް 1049 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެހެންކަމުން އިއްޔެ އަކީ ދުނިޔެ އިން ކޮވިޑް-19 ޖެހިގެން އެއް ގައުމަކުން އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މީގެ ކުރިން އެއް ދުވަސް ތެރޭގައި ދުނިޔެ އިން އެންމެ ގިނަ މީހުން މަރުވީ އިޓަލީވިލާތުން މާޗް 27 ގައެވެ. އެދުވަހު އިޓަލީވިލާތުން މަރުވީ 919 މީހުންނެވެ.

މިހާތަނަށް އެމެރިކާ އިން މަރުވި މީހުންގެ ޖުމްލަ ވަނީ 5110 އަށް އަރާފައެވެ. މިހާރު އެމެރިކާ އިން 215215 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެ ތެރެއިން 26473 މީހުން ފައްސިވީ އިއްޔެ އެވެ. އިއްޔެ އަކީ އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. މީގެ ކުރިން އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވީ އަންގާރަ ދުވަހު އެވެ. އަންގާރަ ދުވަހު ފައްސިވީ 24742 މީހުންނެވެ.

އެމެރިކާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 8878 މީހުންނެވެ.

އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ހާލަތު އެންމެ ގޯސް ސްޓޭޓަކީ ނިއުޔޯކެވެ. ނިއުޔޯކުން 83901 މީހަކު މިހާތަނަށް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 2219 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. ދެން އެންމެ ހާލަތު ގޯސް ސްޓޭޓަކީ ނިއުޖާޒީއެވެ. ނިއުޖާޒީން 22255 މީހުން ފައްސިވެ 355 މީހުން މިހާތަނަށް މަރުވެއްޖެއެވެ.

އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ގޮތުގައި ބަލަނީ ކޮވިޑް-19 އަށް ޓެސްޓްކޮށް ފައްސިވެފައިވާ މީހުންނެވެ. ނަމަވެސް ޓެސްޓް ނުހަދަނީސް ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އެއްކުރުމުން އެމެރިކާ އިން ދުވާލަކު މަރުވާ މީހުންގެ އަދަދު ދެހާހަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ.

އެމެރިކާ ސަރުކާރުގެ ވިސްނުން ހުރީ ވީއެންމެ އަވަހަކަށް ކޮވިޑް-19 އަށް ވެކްސިނެއް އުފައްދައިގެން ބަލި ކޮންޓްރޯލް ކުރާށެވެ. ގައުމު ފުރަބަންދު (ލޮކްޑައުން) ކޮށްގެން ބަލި ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމުގެ ވިސްނުން އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދު ކުރާ ވިސްނުމެއް ނޫނެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އޭޕްރީލް މަހުގެ މެދާއި ހަމައަށް ދަންދެން އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު އިތުރުވަމުން ދާނެއެވެ. އެދިރާސާގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން 84000 މީހުން މަރުވާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަސްލު

    ކީއްކުރާނީ އެމެރިކާގެ ރައީސް ރައްޔިތުންނަށްވުރެ ވެރިކަންދެކެލޯބިވަނީ އެކަމަކު އެމަޤާމަށް އޭނަގެނައީ ރައްޔިތުން މީހުންތައް މަރުވެހުސްވަނީ

    20
    • ރަނގަޅުވާހަކަ

      ރަނގަޅު ވާހަކައެއް ތިބުނީ ދެންވެސް ރައްޔިތުން ރަނގަޅުވެރިއެއް ގެންނަންއުޅޭ ތިކަލޭގެ ބުނި ކޮވިޑް19 ދެކެ އެމަރިކާ އެއްވެސް ރައްޔިތަކު ބިރެއްނުގަނެޔޭ. މިހާރު އަތައްއެގޮވީ

  2. އެމަންޖެ

    މިގައުމުގައުޅޭ އަންނި އަކީވެސް އެކަހަލަ ދެބޯ ބުރާނޗެއް.

    21
    2
  3. ޙަސަނު

    ސުޕަރ ޕަވަރ ދެއްތޯ

    15
    1
  4. އަޙްމަދް

    ކޮވިޑް19 ނޫންގޮތަކަށް މީހާކު މަރުނުވަނީތޯ؟

  5. އިމްރާން

    ތި ފެންނަނީ ތިސުޕަރ ޕަވާރ ބުނާމީހުންގެހާލު؟ އިއްޔެވެސް ރަޝިއާ އިން އެމީހުންނަށް އެތެއްއެހީއެއް ފުނުވި ޓްރަމްޕްއާދޭސްކޮއްގެން މިކަންވެސްއިންނާނީސިއްރުކޮއްފަ..މިހާރު ވަގަށް ޗައިނާ ގެ މަދަތައް އެބަގޮވާ..

  6. ލީލް

    އެމެރިކާގެ މައްސަލަތައް ކުރިންވެސް ހައްލު ކުރާގޮތަށް ހައްލު ކުރަންވީނު...
    މުސްލިމް ގައުމަކަށް ބޮން އަޅާލާ ☠ އޭރުން މައްސަލަ ހައްލުވާނެ.

  7. ގާތާ

    ސުޕަ ޕަވާއެއް ނޫން. ސުޕަ ޑެތު ރޭޓު.ޓުރަންޕު އަކީ ދުނިޔޭގެ ތާރީހުގައި ގައުމެއްގެ ވެރިޔަކަށް ހޮވުނު އެންމެ ބޯހަމަނުޖެހޭ އެންމެ ގަމާރު މީހާ އަދި އެންމެ ސިފަ ހުތުރު ވެރިޔާ.މީނަ ހީވަނީ ކުއްތާެއެއްހެން.