އިންޑިއާގެ ޕޫނޭގައި ޒުވާން އިންޖިނިއަރުންގެ ގްރޫޕަކުން އަގު ހެޔޮ، ވެންޓިލޭޓަރުތަކެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19 ޖެހިގެން އެތައް ބަޔަކު އިންޑިއާގައި ސީރިއަސް ހާލަތުގައި ތިބި އިރު އެ ޒުވާނުންގެ އުންމީދަކީ އަގުބޮޑުވުމުގެ ސަބަބުން ފަރުވާ ފަރުވާ ނުދެވިދާ ދިއުމަށް ހައްލު ހޯދުމެވެ. ހާއްސަކޮށް ވެންޓިލޭޓަރަކީ ކޮވިޑް-19 ޖެހި ހާލު ބޮޑުވާ މީހުންނަށް ކޮންމެހެން ބޭނުންވާ އެއްޗަކަށްވާ އިރު، އަގުހެޔޮ ވެންޓިލޭޓަރެއް އުފެއްދުން ވެގެންދާނީ އީޖާބީ ކަމަކަށް ކަން އެ ޒުވާނުން ވެސް ގަބޫލުކުރެއެވެ.

އިންޑިއާގެ އެންމެ މަގްބޫލް ޔުނިވާސިޓީތަކުން ތައުލީމް ހާސިލްކޮށްފައިވާ މި އިންޖިނިއަރިން ގްރޫޕަކީ ދެ އަހަރު ވެސް ނުވާ ވިޔަފާރިއެއް ފަށައިގެން އުޅޭ ބައެކެވެ.

އެ މީހުން ވަނީ މިހާތަނަށް އައި އިރު ފެނާއި ނުލާ މަސައްކަތް ކޮށް ސާފުވާ ގޮތަށް ސޯލާ ގަސްތަކެއް ފަރުމާކޮށްފައެވެ.

މި ޒުވާނުންގެ ކުންފުނި ކަމަށްވާ "ނޮއްކާ ރޮބޮޓިކްސް" އަށް މިދިޔަ އަހަރު 2.7 މިލިއަން ރުޕީޒްގެ ފައިދާއެއް ވެފައިވެއެވެ. އެ އިންޖިނިއަރިން ފާމުގައި އުޅޭ މީހުންގެ އެވްރެޖް އުމުރަކީ 26 އަހަރެވެ.

މިހާތަނަށް ބެލި ބެލުމުން އަންދާޒާކުރެވޭ ގޮތުގައި އިންޑިއާގައި މި ވަގުތު ހުރީ 48.000 ވެންޓިލޭޓަރެވެ.

ނަމަވެސް އޭގެ ތެރެއިން މަސައްކަތް ކުރަނީ ކިތައް މެޝިން ކަމެއް ޔަގީންކޮށްދޭކަށް ސިއްހީ އިދާރާތަކަށްވެސް ނޭނގެއެވެ.

އެ މެޝިންތަކުގެ ތެރެއިން މަސައްކަތް ކުރާ ހުރިހާ މެޝިންތަކެއްވެސް މިހާރު ފަރުވާ ދިނުމަށް ބޭނުން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޯވިޑް-19 ޖެހޭ ކޮންމެ ހަ މީހަކުން އެކަކީ އެ ބަލީގެ ސަބަބުން ނޭވާ ލާން އުދަނގޫވާ މީހެކެވެ. ދުނިޔޭގެ އެކި ތަންތަނުގައި ވެންޓިލޭޓަރުތައް މަދުވެ، ފަރުވާ ދިނުމުގައި އިސްކުރާނެ މީހުން ދެނެގަންނަން ގައުމުތަކަށް ވަނީ މަޖުބޫރުވެފައެވެ.

ވެންޓިލޭޓަރުގެ އަގު، 150،000 ރުޕީޒް އަށް އަރައެވެ.

ނޮއްކާ ރޮބޮޓިކްސް އިން މަސައްކަތް ކުރަނީ 50،000 ރުޕީސްގެ ވެންޓިލޭޓަރެއް އުފެއްދުމަށެެވެ.

މި ޑިވައިސް ހަތެއް އެޕްރިލްގެ ނިޔަލަށް ނިމޭނެ ކަމަށް އެ އިންޖިނިއަރުން ލަފާކުރެވެއެވެ.

މި މެޝިން މަސްނޫއީ ފުއްޕާމެއެއް ބޭނުންކޮށްގެން މިހާރު ވަނީ ޓެސްޓްވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދޭސް

    ސާބަހޭ ކުދިންނޭ. ޚޮންމެ އިންސާނަކު ވެސް ކިރިޔަށް އޮތް ތަނުގައި މިފަދަ ވިސްނުމެއްގައި ކަމެއް ކޮއްލަ ބަލަ. އުފާ ފާގަތިކަން އިތުރު ވާން