އިސްރާއީލްގެ ހެލްތު މިނިސްޓަރު ޔާކޯވް ލިޒްމަން އާއި އޭނާގެ އަނބިމީހާގެ ގައިން ކޮވިޑް-19 ބަލި ފެނިއްޖެއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން އިއްޔެ އިއުލާން ކުރި ގޮތުގައި ލިޒްމަންގެ އިތުރުން އޭނާގެ އަނބިމީހާ އަށް ވެސް ވަނީ ބަލި ޖެހިފައެވެ. ނަމަވެސް އުމުރުން 71 އަހަރުގެ ލިޒްމަން އާއި އޭނާގެ އަނބިމީހާގެ ހާލު ރަނގަޅު ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.

އެ ދެ މީހުންނަށް ފަރުވާދެމުން ދާއިރު، ދެ މީހުން މިވަގުތު ތިބީ އައިސޮލޭޝަންގައި ކަމަށްވެއެވެ.

ލިޒްމަންއަކީ އިސްރާއީލްގައި މި ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ސަރުކާރުގެ އެންމެ އިސް އެއް އޮފިޝަލެވެ.

އިސްރާއީލްގައި މި ބަލި ޖެހުނު މީހުންގެ އަދަދު 6,092 އަށް އަރާފައިވާ އިރު، މި ބަލީގައި އެ ގައުމުން 26 މީހުން މަރުވިއެވެ. އެ ބަލީގައި އެ ގައުމުން މިހާތަނަށް 246 މީހުން ރަނގަޅުވި ނަމަވެސް 5,825 މީހަކަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ. އަދި 95 މީހެއްގެ ހާލު ސީރިއަސްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދިވެހިކޮރަކަލި

  އިޒްރޭލްގެ ހުރިހާ ޔަހޫދީ ވެރިންނަށް އަދި ސިފައިންގެ ލަޝްކަރުތަކަށް މިބަލިޖެހި ނެތިކުރަށްވާނެ ނަމަ . ކޮވިޑް19 ފަލަސްތީނަށް ރަހުމަތެއްކަމުގައި ލައްވާ އިޒްރޭލަށްވާ މުސީބާތެއްކަމުގައި ލައްވާންދޭވެ

  37
 2. ަރަނިކަނިމަސްކެވިއްޖެ

  އަލްހަމްދުލިއްﷲ

  28
 3. ޖިންނި

  ޗޯސަން ބާސްޓަރޑްސް

 4. ޭއޭޖޭ

  ޢާމީން

 5. ޑިކްޓޭޓަރ ހުސެންހަލީމް

  އުފާވެރި ހަބަރެއް