މިއަހަރުގެ ނޮވެމްބަރު މަހު ގްލަސްގޯގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ، މޫސުމީ ބަދަލުތަކާ ބެހޭ އދ.ގެ ބައްދަލުވުން ފަސްކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކޮށްފިއެވެ. ބައްދަލުވުން ބާއްވަން ތާވަލް ކޮށްފައި ކުރިން އޮތީ ނޮވެމްބަރ މަހަށެވެ. ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގައެވެ.

މި ބައްދަލުވުން ފަސްކޮށްފައިވަނި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް "ކޮވިޑް-19" ފެތުރެމުން ދާތީކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.

މި ބައްދަލުވުން ފަސްކޮށްފައިވާކަން ހާމަކުރަށްވާ އެ ގައުމުގެ ސަރުކާރުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ދެކޮޅަށް ދުނިޔެ ހަނގުރާމަ ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި "ކޮޕް-26" ފަދަ ވަރުގަދަ ސަމިޓެއް ކުރިއަށް ގެންދިއުމަކީ ވާނެވަރުގެ ކަމެއް ނޫންކަމަށާ، އެހެންކަމުން އަންނަ އަހަރަށް ކޮންފަރެންސް ފަސްކޮށްފައިވާކަަމަށެވެ. ބައްދަލުވުން ބާއްވާނެ ވަކި ތާރީޙެއް ފަހުން އިއުލާންކުރާނެ ކަމުގައި އދ އިން ބުނެއެވެ.

މިކަމާއި ބެހެގޮތުން އދގެ ކްލައިމެޓް ޗޭންޖް އެގްޒެކެޓިވް ޕެޓްރީޝާ އެސްޕިނޯސާ ވިދާޅުވީ ބައްދަލުވުން ފަސްކުރުމަކީ ނުވެނުދާނެ ކަމެއް ކަމަށާ، މި ދަނޑިވަޅުގައި ކުރަން މުހިންމުކަމެއް ކަމަށެވެ. ނަމަވެސް ކޮވިޑް-19އަކީ މުސޫމީ ނޭދެވޭ ބަދަލުތަކާ ގޮންޖެހުންތަކާ ގުޅިގެން ކުރާ މަޝްވަރާތަކުން ދުނިޔެ މުޅިން އެއްކިބާ ވެގެންވާނެ ކަމެއް ނޫންކަމަށެވެ.

ކޮޕް-26 އަލިފްދާލުގައި ބޭއްވޭ މި ބައްދަލުވުމަކީ ދުނިޔޭ ހޫނުވަމުންދާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ ލީޑަރުންނާއެކު 30000 އަށްވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވެގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ ކޮޕް-26 ސަމިޓަކީ ތިމާވެއްޓާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ޕްލެޓްފޯމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑަކައިތި

    މީކީއްކުރަން އޮންނަ އަލިފުދާލެއް ބޭނުމެއްނެތެއްނޫން ދުނިޔެ ބޮޑު މުސީބާތަކަށް ވެއްޓިފައިވާއިރު މި އަލިފުދާލަކުން ކޮންކަމެއްކުރީ ވެރިޔަކަށް ހުރިމީހާ އިއްޔެގައި ބަހެއް ބުނެލީވެސް އެންމެން ގުލިގެން މަސައްކަތްކުރާށޭ ކޮބާ މިކަމުގައި އަލިފުދާލުން ކުޅެންޖޭރޯލު