ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ބެލްޖިއަމް އިން އިތުރު 183 މީހަކު މަރުވެއްޖެއެވެ.

އެގައުމުން މިއަދު 183 މީހަކު މަރުވެފައިވާއިރު، މިއީ ދެވަނައަށް އެގައުމުން އެންމެ ގިނަ މީހުން މި ބަލި ޖެހިގެން މަރުވި ދުވަހެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު އެގައުމުން ވަނީ މި ބަލި ޖެހިގެން 192 މީހަކު މަރުވެފައެވެ.

ކޮންޓްރޯލް ވުމެއް ނެތި މި ބަލި އެގައުމުގައި ފެތުރެމުން އަންނަ އިރު އިއްޔެ އެގައުމުން މި ބަލި ޖެހިގެން 123 މީހަކު ވަނީ މަރުވެފައެވެ.

އެގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދު 1،011 އަރާއިރު، މި ބައްޔަށް ފައްސި ވެގެން މިހަތަނަށް 15،348 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 1،384 މީހުންނަކީ މިއަދު ފައްސިވި މީހުންނެވެ.

އެގައުމުން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު މީގެ 3 ދުވަސް ކުރިން ހުއްޓިފައިއޮތް ނަމަވެސް މިއަދު މިއީ 3 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ދުވަހެވެ.

ބެލްޖިއަމް ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 202 ޤައުމަކުން ކޮވިޑް-19 ވަނީ ފެނިފައެވެ. އަދި މިހާތަނަށް ދުނިޔެއިން ޖުމްލަ 946,875 މީހަކަށް މި ވައިރަސް ޖެހި އޭގެތެރެއިން 48,135 މީހަކު ވަނީ މަރުވެފައެވެ. ދުނިޔެއިން މިހާތަނަށް މި ވައިރަސް އިން ސަލާމަތްވެފައި ވަނީ 200,317 މީހުންނެވެ.

-އިތުރު ތަފްސީލް އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ދުނިޔޭގައި އޮންނަނީ 195 ގައުމު ?