އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ބައެއް މީހުން ވެއްޓިލޭޓަރުން ނައްޓާލަފާނެ ކަމަށް އެގައުމުން ހާމަކޮށްފިއިއެވެ.
ބްރިޓިޝް މެޑިކަލް އެސޯސިއޭޝަނުން އާންމު ކޮށްފައިވާ ފަހުގެ ގަވާއިދުގައި ބުނާގޮތުން ކޮވިޑް-19 ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ، ބަލިން ރަނގަޅުވަމުން އަންނަ މީހާވެސް އޭނާއަށްވުރެ ބަލި ހާލަތު ރަނގަޅު މީހަކު އަތުވެއްޖެ ނަމަ އެ ވެންޓިލޭޓަރު ނައްޓާލަން ޖެހެއެވެ.
އެ ގަވާއިދުގައި ވަނީ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ބައެއް ވަސީލަތްތައް (ވެންޓިލޭޓަރު) މަދުވާނެ ކަމަށް ބަލައި ދެން ފަރުވާ ދިނުމަށް ބަލާނީ އަންނަ ބަލި މީހުންގެ ތެރެއިން އެންމެ ހާލު ރަނގަޅު މީހާ ކަމަށް ބުނެފައެެވެ.
އެހެން ކަމުން ބަލިން ރަނގަޅުވުމުގެ މަގުމަތީގައި މީހަކު ވެންޓިލޭޓަރުގައި އޮންނަ ވަގުތު ވެންޓިލޭޓަރުގެ އެހީ ބޭނުންވާ އޭނައަށްވުރެ ހާލު ރަނގަޅު މީހަކު އަތުވެއްޖެނަމަ އެ ވެންޓިލޭޓަރު ބޭނުން ކުރާނީ ފަހުން އަންނަ މީހާއަށް ކަމަށް ގަވާއިދުގައިވެއެވެ. އެކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ ޑޮކްޓަރުންނަށާއި ސިއްހީ ދާއިރާގައި ކުރީ ސަފުގައި ތިބި ފަރާތްތަކަށް ވަނީ އުނދަގޫ ނިންމުންތައް ނިންމަން ޖެހިފައެވެ.
"ކޮންމެ މީހަކުވެސް މުހިންމުވާނެ. ކޮންމެ މީހަކުވެސް މުހިންމުވާނީ އެއްވަރަކަށް. އެކަމަކު ކޮންމެ މީހަކާ ދޭތެރޭ އެއްގޮތަކަށް ކަންތައް ކުރާކަށް ނުޖެހޭނެ" އެ ގަވާއިދުގައި ބުނެފައިވެއެވެ.
ބްރިޓިޝް މެޑިކަލް އެސޯސިއޭޝަނުންގެ މެޑިކަލް އެތިކްސް ކޮމިޓީގެ ޗެއާމަން ޑޮކްޓަރ ޖޯން ޗިޝޯމް ބުނެފައިވަނީ އެއީ ހިދުމަތް ދެމުން އަންނަ ތަކެތީގެ ދަތިކަން ދިމާވެދާނެތީ ނިންމާފައިވާ ފިޔަވަޅެއް ކަމަށާއި، އިތުރަށް ހާލަތު ގޯސްވެއްޖެނަމަ އެހެން ފިޔަވަޅުތައްވެސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އިއްޔެ އެގައުމުން ކޮވިޑް-19 ޖެހިގެން 563 މީހަކު މަރުވެފައިވާއިރު، މިހާރު އެގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2،352 އަށް އަރާފައެވެ. އަދި މިހާތަނަށް އެގައުމުން މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 29،474 އަށް އަރާފައެވެ.
އަދިވެސް މުސްލިމުން ކަމެއްކޮށްފިނަމަ ހިއުމަން ރައިޓްސް އޭ އަނެކައްޗެކޭ ކިޔާނެ..
ފްރާންސް ގައި މޫނުބުރުގާ އެޅީމަ ހިއުމަން ރައިޓްސް އާއި ޚިލާފު ވީ.. މިހާރު މިއޮތީ އެންމެން މޫނު ނިވާކުރަން ޖެހިފަ..
މުސްލިމުން މަރަށް މަރު ހިފީމަ.. އިންސާނިއްޔަތާއި ޚިލާފު ބާބޭރިއަން.. ކަމަކަށް ބުނީ..
މިހާރު ތިޔަމަރަނީ ބަލިވާ މީހުން އެވެސް ގަސްތުގައި.. ކޮބާ އެކިޔާ އިންސާނިއްޔަތު
އަންނި ކަލެޔަށް ފެނޭތަ އިވޭތަ..