ކޮވިޑް-19 އާއި ގުޅިގެން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި، ނަމަވެސް މި ބަލީގައި މަރުވާ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުންދާ ކަމަށް ނިއުޔޯކުގެ ގަވަރުނަރު، އެންޑްރޫ ކުއޯމޯ ބުނެފިއެވެ.

އެމެރިކާއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ނިއުޔޯކުން އެކަނިވެސް މިހާތަނަށް 92000 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާކަން އެނގިފައިވާއިރު، އޭގެތެރެއިން 2300 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

މިކަމަށް އިޝާރާތްކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑްރޫ ބުނެފައިވަނީ، ނިއުޔޯކުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ބައެއް ސިއްޙީ ސާމާނުވެސް ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި އެތަކެތި ހުސްވެދާނެ ކަމުގެ ބޮރު މިހާރު އޮތްކަން ހާމަކޮށް އޭނާ ބުނެފައިވަނީ، ސިއްހީ ސާމާނު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެންޑްރޫ ބުނެފައިވަނީ އެމެރިކާއިން އިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ސަރަޙައްދުތަކުގެ ތެރޭގައި ނިއުޔޯކު އޮތްއިރު، ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ދިޔަނަމަވެސް މަރުވާ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުންދާތީ ހިތާމަކުރާ ކަމަށެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައިވެސް އެ ސްޓޭޓަށާއި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަން ކަމަށް އޭނާ ބުނެފައި ވެއެވެ.

"އަޅުގަނޑުމެން މިދަނީ މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން. އެހެން ނަމަވެސް މަރުވާ މީހުންގެ އަދަދު އަދިވެސް މަދެއް ނުވޭ. މިއީ ހިތްދަތި އަސަރުތަކެއް ކުރާ ކަމެއް،" އެންޑްރޫ ބުނެފައި ވެއެވެ.

އެންޑްރޫ ބުނެފައިވާ ގޮތުގައި މި ދަނޑިވަޅުން އަރައިގަތުމަށް ބޭނުންވާ ސާމާނު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެފަދަ ތަކެތި އުފައްދާ ކުންފުނިތަކަށް ވެސް ސްޓޭޓުން އެހީތެރިކަން ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. ހަމަ އެހެންމެ ސިއްހީ ސާމާނު ހުރި ފަރާތްތަކާއި، އެތަކެތި ބޭނުންކުރާ ތަންތަނުން ބޭނުންވާ ތަކެތި ނުހިފެހެޓުމަށް އޭނާ ވަނީ އެދިފައެވެ.

އެންޑްރޫ ބުނިގޮތުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް އެންމެ މުޙިންމު ވަސީލަތަކީ ވެންޓިލޭޓަރު ކަމަށް ވާއިރު، މިހާރު މިދާ ރޭޓުން ނިއުޔޯކުގައި ކޮވިޑް-19 ފެތުރެމުންދާ ނަމަ މިވަގުތު އެ ސްޓޭޓުގައި ވެންޓިލޭޓަރު ހުރީއެންމެ ހަ ދުވަހަށް ބޭނުންކުރެވޭ ވަރަށް ކަމަށެވެ. އެހެންކަމުން މިއީ ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިދާނެ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެމެރިކާ އަކީ މިހާތަނަސް މުޅި ދުނިޔެއިން ވެސް ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް މި ވައިރަސް ޖެހިފައިވާ ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 237877 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 5700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޢަލިބެ

  މާތް ﷲ ގެ ކުޅަދުންވަންތަކަން ނިކަންދެކެބަލަ. ހުރިހާކަމެއް ކުރާނީ ތިމަންމެން ބޭނުންގޮތަކަށްކަމަށް ބުނަމުންދިޔަ ދުނިޔޭގެ ތަރައްޤީވެ ކުރިއަރާފައިވާ ޤައުމުތައްކަމަށް އަމިއްލައަށް ބުނަމުންދިޔަމީހުން މިއަދުމިވަނީ ކުޑަކަކޫމައްޗަށް ތިރިވެފަ. ލޮލަށް ނުފެންނަ މަޚްލޫގެއްގެ ސަބަބުން ހަދާނެގޮތްހުސްވެފަ. މުސްލިމް ޤައުމުތަކަށް އަރައި އެތަންތަން ސުންނާފަތިކޮށް އިސްލާމީ ލީޑަރުން މަރައި އެޤައުމުތަކުގެ ޙަޟާރާތްތައް ހަލާކުކޮށް އެޤައުމުތަކުގެ މުއްސަނދިކަން ފޭރިގަތްއިރު އެއްވެސް ރަޙްމެއްނެތް. މުސްލިމް ޤައުތަކުގެމެދުގައި ފިތުނައުފައްދައި އެއްބަޔަކު އަނެއްބަޔަކާ ތަޅުވަން ކުރި މުޑުދާރު މަސައްކަތުގެސަބަބުން އެތައް ހާސްބަޔަކު މަރުވަމުންދިޔައިރު އަދި ކުދި ޅަދަރިން މަގުމަތިވެގެން ދިޔައިރު އުފާކުރަމުންދިޔަ މީހުން މިއަދު މިވަނީ ﷲގެ ކުޅަދުންވަންތަކަމުން ހަމަބިމަށް ތިރިވުމަށް މަޖުބޫރުވެފަ. ދެޖިންސު ހައްދަވާފައިވަނިކޮށް އެއްޖިންސުން ކައިވެނިކޮށް ހިތުހުރިގޮތަކަށް އުޅުމަކީ އިންސާނީ ޙައްޤަކަށް ހަދައިގެން އުޅެގަތީމަ ފެންނާނެކަންތައް މިއަދު މިދަނީ ފެންނަމުން

  19
  1
 2. އަލްޖިބްރާ

  ހާސް ކަޑާލާ ! ޓްރަންޕް އެހެރީނު ! އޭނާގާތުގާ އަހާލާ ! އޭނާއަށް އެގޭނެ ! ކަންކުރަންވީގޮތް މީގެ ކުރިންވެސް ބުނެދިނީ އޭނާއެއްނު !

 3. މަސްވެރިން

  ދުނިޔޭގައި ހިތުހުރިހާ ގޮތައް އުޅޭ ކޮންމެ ބަަޔަކާއި ގުދުރަތީ ގާނޫން އަރާ ހަމަކުރާނޭ ކަން އެގިއްޖެ އެއްނުންދޯ؟ ﷲ ގެ އިރާދަ މާ ބޮޑު

  15
  1