ކޮވިޑް-19 އާއި ގުޅިގެން އިޓަލީވިލާތައް ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށް 100 ބިލިއަން ޔޫރޯގެ ލޯނު އެހީއެއް ދިނުމަށް އިޓަލީވިލާތުން ޔޫރަޕްގެ އިއްތިހާދުގައި އެދުމުން އެފަދަ އެހީއެއް ދެވެން ނެތް ކަމަށް ޔޫރަޕްގެ އިއްތިހާދުން އަންގައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައިވާ އިޓަލީވިލާތަށް އިޤުތިޞާދީ މައްސަލަތަކެއް ކުރިމަތިވެފައި އޮންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ކޮވިޑް-19 އާއި ގުޅިގެން އެގައުމުގެ އިޤުތިޞާދީ މަސައްކަތްތައް ހުއްޓި، މިހާރު ވަނީ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ވެސް ދަތިވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އިޓަލީވިލާތް ހާލުގައި ޖެހުމުން އެގައުމުން ސަރުކާރުން އީޔޫގައި އެދުނީ ރިލީފް ފަންޑެއްގެ ގޮތުގައި 100 ބިލިއަން ޔޫރޯ ހަމަޖައްސައި ދިނުމަށެވެ. ނަމަވެސް އީޔޫ ކޮމިޝަން ޗީފް އުރްސްލާ ލެޔެން ވަރަށް މަޢާފާއި އެކު އިޓަލީވިލާތުގެ ސަރުކާރަށް ފޮނުވި ސިޓީއެއްގައި ބުނީ ދަރަނި ބޮޑުވެފައި އޮތް ގައުމުތަކަށް ލޯނު އެހީ ފޯރުކޮށްދިނުން އެއީ އީޔޫގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށާއި އެހެންކަމުން އެހީއެއް ދެވެން ނެތް ކަމަށެވެ.

އީޔޫ ކޮމިޝަނުން ގައުމުތަކަށް ލޯނު ދެނީ، ދުނިޔޭގެ ބޭންކްތަކުން ފައިސާ ހޯދައިގެންނެވެ. އީޔޫ އިން އަދާކުރަނީ ލޯނުތައް ހޯދުމުގައި މެދުވެރިއެއްގެ ދައުރެވެ. ނަމަވެސް ލޯނު ނުދެއްކޭ ހާލަތެއްގައި އީޔޫ އިން ލޯނުތަކަށް ޒިންމާ އުފުލާނެއެވެ.

އިޓަލީވިލާތައް ލޯނެއްގެ ގޮތުގައި ފައިސާ ދޭން ވެސް އީޔޫ އިން ދެކޮޅު ހަދާފައިވާއިރު ޔޫރަޕްގެ ގިނަ ގައުމުތަކުގެ އިޤުތިޞާދަށް ވަނީ ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައެވެ. ގެއްލުންތަކުން އަރައިގަތުމަށް އެތައް މަހެއް ހޭދަވާނެ ކަމަށް ބެލެވެއެވެ.

އިޓަލީވިލާތައް ލޯނުގެ އެހީއެއް ދިނުމަށް އީޔޫއިން ދެކޮޅު ހަދާފައިވާއިރު އިޓަލީވިލާތުގައި ކޮވިޑް-19 ފެތުރެން ފެށުމުން މާސްކް ހުސްވެ، އިތުރު މާސްކް ބޭނުން ވުމުން މާސްކް ފޯރުކޮށްދިނުމަށް އިޓަލީވިލާތުން ޔޫރަޕްގެ ގައުމުތަކުގައި އެދުނު އެދުމަށް ވެސް ފުރަތަމަ ޔޫރަޕްގެ ގައުމުތަކުން އިޖާބައެއް ނުދިނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކުމާރު

    ލީބިޔާ އިރާގު ލޫޓުވާން އެމެރިކާނުންނާއި ބައިވެރިވެގެން ވީފައިދާއެއްނެތް އުތަ!

    106
    3
  2. ހުސޭނުބޭ

    މުސްލިމު އަޙުންނާއި އުޚްތުން ކުށެއްނެތި މަރަމުން ދިޔައިރު އެމީހުންވެސް ހާދަ އާދޭހެއްކުރިއެވެ. އެދުވަސްމަތިން ހަދާންކޮށްލާށެވެ.

    88
    2
  3. ސިކަންދަރު

    ދިރިތިބީނަށް ޢަބްރަތެއް! ދިވެހިންނޭ އަދިވެސް ހޭއަރާ އަމިއްލަ ފައިމައްޗަށް ތެދުވެ ފައިވާ ފުދުންތެރި ގައުމަކަށް ވާންވީ!

    85
    1
    • ސޭޙް

      ތީ ރައީސް ޔާމީން ގެ ތަސައްވުރަކީ. އެކަމަކު މި ދިވެހިން ބޭނުން ވީ އަބަދު ސަލާން ޖަހަ ޖަހާ ތިބެން / ވަރައް ސަލާމް

      44
      4
  4. އައްޑޫބެތްޔާ

    ދެންވެސް ތިބުނާ އީޔޫ އަކުންވަކިވެބަލަ އޭރުން ބޮޑުތަނުން ފައިދާވާނެ މިހާރު ޔޫރަޕުގަ ރަސްކަން ކުރަނީ ޖަރުމަން ފުރާންސް އިނގިރޭސިން ބުއްދިއިސްކޮއްފަ ވަކިވެއްޖެ

    46
  5. ނަސިދު

    މީގެން އިބްރެތް ލިބިގަނޭ

    45
  6. ޙނ

    އިންޑިއާ އަކީ ރަނގަޅު އަވަށްޓެރިއެއް އެހެންވީމަ. މި ބުނީ އެގައުމުގެ އެތެރޭ ކަންކަން ނުލާ.

    4
    34
  7. ސޭޙް

    ތީ ރައީސް ޔާމީން ގެ ތަސައްވުރަކީ. އެކަމަކު މި ދިވެހިން ބޭނުން ވީ އަބަދު ސަލާން ޖަހަ ޖަހާ ތިބެން / ވަރައް ސަލާމް

    27
    4
  8. ގައިސް

    ކޮބާތަ އެ މޮޅު އިއްތިހާދު. ތިމަންމެން މިތިބީ ހުރިހާކަމެއް ފުރިހަމަކޮއްގެންނޯ. ދިބެހިރާއްޖެއަށް ވެސް މާ ހެޔޮއެދިގެން ފިއްތުންތައް ކުރިމަތިކުރި.އިއްތިހާދުގެ ފެންވަރު..

    14
    1
  9. ޒަމީރު

    އިންސާނީ ހައްގުތަކޭ ކިޔާފަ މުޅި ދުނިޔޭގަ އަނގަ ތަޅާ މީހުންގެ ހަގީގީ އިންސާނީ ވަންތަ ކަން މި އޮއް ފެންނަނީ. ކޮވިޑުން ވަރަށް ބައިވަރު ފިލާވަޅުތައް ލިބިއްޖެ. ޔޫރަޕު މީހުންނަށް އިންސާނުންގެ ނަފްސްތައް މައްޗަށް ވެސް އިސްކުރީ އިގްތިސާދާ ލާރި.

  10. ހިއުމަން ރައިޓްސް ވޮޗް؟

    އެއީ އިޓަލީ މީހުންނަކީ ސީދާ ނޯރތް ވެސްޓަރން ޔޫރަޕްގެ 'ދޮންމީހުންނަށް' ނުވީމަތޯ؟ ނޫނީ މިވައިރަސް އަކީ ބަޔަކު މީހުން ގަސްތުގައި ކޮއްގެން އުޅޭ ކަމެއްތޯ؟

  11. ޙަބީބު.

    ﷲއެންގެވި މަގު އިހުތިޔާރުކޮއް އެކަލާނގެ ފޮނުއްވި ރަސޫލުﷲ އައް ސޮލަވާތްކިޔާ ގުރުއާން ކިޔެވުން ގިނަކޮއް އެގޮތުގާ ދެމިތިބޭ ދުނިޔޭގަ ލެއްވިހާ އެއްޗަކީ ޒީނަތެއް އެއައްތިބާގެ ނަފްސު ހަލާކު ނުކޮއްލާ