އެމެރިކާގެ މަޝްހޫރު "ގޯލްޑަން ސްޓޭޓް ކިލާ" ހޯދުމަށް އެމެރިކާގެ ފުލުހުން 40 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުރަމުން ގެންދިޔަ މަސައްކަތް ކާމިޔާބުކޮށް އެންމެ ފަހުން ގާތިލު ހައްޔަރު ކޮށްފިއެވެ.

މިއީ އެމެރިކާގެ ކެލިފޯނިއާގައި އެންމެ ހޯދަން އުނދަގޫވި ސީރިއަލް ކިލީ އަދި ރޭޕިސްޓެވެ. އޭނާގެ މައްޗަށް ވަނީ 12 މީހުން މަރާލުމާއި 45 މީހުން ރޭޕް ކުރުމާއި 120 ގެއަށް ވަގަން ވަނުމުގެ ތުހުމަތު ކުރެވިފައެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ މިއަމަލުތައް ހިންގާފައި ވަނީ 1976 ވަނަ އަހަރާއި 1986 ވަނަ އަހަރާއި ދެމެދުއެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކުރީގެ ފުލުހެއް ކަމަށްވާ އުމުރުން މިހާރު 72 އަހަރުގެ ޖޯސެފް ޖޭމްސް ޑީއަންގެލޯ ޖޭއާރް އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އޭނާގެ ޑީއެންއޭ ޓެސްޓް ކުރުމުގައި ލިބުނު ބޮޑު ކުރިއެރުމަކާއި ގުޅިގެން އޭނާ އަށް ފާރަލުމަށް ފަހު އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖޭމްސްގެ ޑީއެންއޭ ފެނުނީ ކުށުގެ ވެށިން މީގެ އެތައް އަހަރެއް ކުރިން ފެށުނު ސިލިންޖެއްގެ ކަށިންނެވެ.

ޖޭމްސް ވަނީ ކުރިން ދެކައިވެންޏެއް ކޮށްފައެވެ. ނަމަވެސް ދެމީހުން ވެސް ވަނީ މަރުވެފައެވެ. މިހާރު ތުހުމަތު ކުރެވޭ ގޮތުގައި އެދެއަންހެނުން ވެސް މަރާލީ ޖޭމްސް އެވެ. ޖޭމްސްގެ މައްޗަށް ގަސްދުގައި މީހުން މެރުމުގެ ދައުވާ އުފުލާނެ ކަަމަށް ސަރަހައްދީ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއްމެން

    މިކަމުން ތިޔަ ބޮޑާހާކާ އެމެރިކާގެ އިންޓެލިޖެންސްގެ ފެންވަރު ފަޅާ އަރައިފި. އެތައް ބަޔަކު މަރާ ރޭޕުކޮށް ވައްކަން ކުރަމުން އެމެރިކާގައި އުޅުނު މީހަކު އަތުލައިގަނެވުނީ، އެމީހާ މުސްކުޅިވެ ގައިގެ ބާރު ދޫވެ ސިކުނޑި ވެސް ކޮށިވާ ހިސާބަށް ދިޔަ ފަހުންނެވެ.

  2. ހެހެހެހުޅުދުއްފާރރރރރރރރރރރރރރރ

    ހެހެ ދިވެހި ފުލުހުންނަށް މި މެސެޖު ދީބަލަ. އަހަރެމެން ރަށުގަ އެބަ އުޅޭ ސިހުރުން މީހުން މަރާ އުޅޭ ސީރިޔަލް ކިލާރއެއް. މީހަކު މެރިކަމަށް ވާނީ ހަމައެކަނި ހަތިޔާރުން މެރީމައެއް ނޫން އިނގޭތޯ. ހައްޔަރު ކުރަން ކެރޭނެތޯވެސް އަހާލާތި.