އިސްރާއިލްގެ ހުރިހާ ރައްޔިތުންވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު މޫނު ނިވާކުރުމަށް އަންގައިފިއެވެ.

އެޤައުމުގެ އިދާރާތަކުން މިހާރު ރައްޔިތުންނަށް މިކަން އަންގާފައި ވާއިރު، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އެޤައުމުގެ އާންމު ތަންތަނުގައި އުޅޭއިރު އެންމެން ވެސް މޫނު ނިވާކޮށްގެން އުޅުމަށް އެދިފައެވެ.

އިސްރާއިލްގެ ހުރިހާ ރައްޔިތުން އާންމު ތަންތަނުގައި އުޅޭއިރު މޫނު ނިވާކުރަން އަންގާފައި މިވަނީ، ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ނުރައްކާ އިސްރާއިލް އަށް ވެސް ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން އިސްރާއިލްގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައި ވަނީ، "އިސްރާއިލްގެ ހުރިހާ ރައްޔިތުންވެސް އާންމު ތަންތަނުގައި މާސްކު އެޅުމަށް" އެދޭ ކަމަށެވެ. އަދި "މާސްކު ނުލިބޭ ހާލަތްތަކުގައި ސްކާފް ފަދަ އެއްޗަކުން ނަމަވެސް" މޫނު ނިވާކުރުމަށް އެދޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ނަތަންޔާހޫ ވަނީ މި ދަނޑިވަޅުގައި އާންމުން ތަންތަނަށް އެއްވެ ނޫޅުމަށްވެސް އިސްރާއިލްގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ދާންޖެހޭ ތަންތަނަށް ދާން ފިޔަވައި ބޭރަށް ނުނިކުތުމަށާއި، އާއިލާގެ މީސްމީހުންނާއި ވެސް ކޮންމެހެން ބައްދަލުކުރަން ޖެހިގެން ނޫނީ ބައްދަލުކޮށް ނޫޅުމަށް އޭނާ ވަނީ އެދިފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިސްރާއިލްގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރު ވެފައިވާއިރު، އެންމެ ބޮޑަށް މި ވައިރަސް އެޤައުމުގައި ފެތުރެމުން ދަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ މީހުން ބޭރުތެރެއަށް ނިކުމެ އުޅޭ ސަރަޙައްދުތަކުގައި ކަމަށް ނޫސްތައް ބުނެއެވެ.

އިސްރާއިލްގައި ކޮވިޑް-19 ގެ ނުރައްކާ ކުޑަކުރުމަށް އާންމުން މޫނު ނިވާކުރުމަށް އެދިފައިވާއިރު، އެމެރިކާގައި ވެސް މިގޮތަށް ޢަމަލު ކުރުމަށް އެޤައުމުގެ ބައެއް އިދާރާތަކުން ދަނީ އަންގަމުންނެވެ.

އިސްރާއިލް އިން މިހާތަނަށް ޖުމްލަ 7589 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެތެރެއިން މިއަދު އެކަނިވެސް އެޤައުމުން ވައިރަސް އަށް ފައްސިވި މީހުންގެ އަދަދު 161 އަށް އަރައެވެ. މިހާތަނަށް މި ވައިރަސް ޖެހިގެން އެޤައުމުން 42 މީހަކު މަރުވެފައިވާއިރު، ވައިރަސް ޖެހުނު މީހުންގެ ތެރެއިން އަދި ބަލިން ރަނގަޅުވީ 427 މީހުންނެވެ. އެޤައުމުގައި މި ވައިރަސް ޖެހިގެން 115 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

އިސްރާއިލް ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 205 ޤައުމަކުން ކޮވިޑް-19 ފެނިފައިވެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ދުނިޔެއިން ފެނުނު މި ވައިރަސް އަށް އަދި ފަރުވާއެއް ނުވަތަ ވެކްސިނެއްވެސް ހޯދިފައެއް ނުވެއެވެ. މިއީ މިހާތަނަށް ދުނިޔޭގައި ފެތުރުނު މިފަދަ އެންމެ ނުރައްކާތެރި ވައިރަސް އެވެ. މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ޣެރިޒަބަތު ސަޕެޓާ

  ކޮބާ ރާކަނިމަސް ކެވިއްޖެއެއްނު

  83
  1
 2. ބޭޗާރާ

  ބުރުގާ އެޅުމަކީ ހައްދުފަހަނަޅައިދިއުންކަމަށް އަޑުހަރުކޮށް ކަރުން ނާރު ނަގާފައި ކޮވި މީހުންނަށްވެސް މިޖެހުނީ ވަހެއް ނުދުވާ، ނުވެސް ފެންނަ އަމިއްލައަށް އެއްވެސް ތަނަކަށް ދިއުމުގެ ބާރެއްވެސް ލިބިފައި ނެތް ކުޑަކުޑަ މަޚުލޫޤެއް ދެކެ ބިރުން ބޮލާއި މޫނާއި ކަދުރާއަށްދާނދެން ކީއްކުރަން މުޅި މީހާވެސް ކޮތަޅަކަށް އެރިގެން އުޅެން. ހިތުހުރި ވަގުތެއްގައި ހިތުހުރި ގޮތަކަށް އިންސާނުންގެ ފުރާނަ ދުއްވާލަމުން ދިޔަ މީހުންނަށް ބޮޑު ބިރުވެރިކަމެއް މިދައްކާލީވެސް ކުޑަކުޑަ ލޮލަށްވެސް ނުފެންނަ މަޚުލޫޤެއް. އަދިވެސް ވިސްނައި ހޭއަރާކަށް ނުވޭބާ!

  58
 3. މޯހަން

  ގަދހަ ކަމުން މޫނުނެގުވި މީހުން ނައް ފިލާވަޅެއް

  57
 4. ސީނު

  އިބަﷲއަށް ސަޖިދަ ޖަހަންވެސް މިމީހުންނަށް މަޖްބޫރުވާނެ ގޮތް މެދުވެރިކޮށްދެއްވާންދޭވެ...އާމީން

  73
  1
  • ޖުބް

   ކަލޭމެންނަށް ވުރެން ކުރިން ސަޖިދަ ޖެހީ އެމީހުން

   3
   7
   • ދުމައިން

    ދެން ތި ކާކު؟ ކަލޭމެނެއްވެސް ނޫން، އެމީހުނެއްވެސް ނޫން. ދެން ކޮންބައެއް؟

 5. އަޙްމަދު

  ކޮބާ ކަލެއަށް ﷲ ކުޅަދުން ވަންތަ ކަމުގެ ޒައްރެއްގެ މިންވަރަށްވުރެން ވެސް ކުޑަ މިންވަރެއް ފެނުނުކަމަށް އުއްމީދު ކުރަން!

  51
  1
 6. ސަލީމް

  لا حول ولا قوة إلا بالله!!!

  45
  1
 7. Anonymous

  ކޮބާ އަދިވެސް މުސްލިމުންނަށް ދުއްތުރާކުރޭ.
  މުސްލިމުން ގެ ހެދުންއެޅުންވެސް ކަމުދިއައީތާ. އަދި ދެންހުރިކަންތައް ތައްވެސް އިސްލާމް ދީނުގެ މާފުރިހަމަވާނެ.

  47
 8. އަލިކާ

  ކަލޯ ހީވޭ ކަމެއްހެން... ކަލޭމެން ތީ މުސްލިމް އަންހެނުން މޫނުބުރުގާ އެޅާތީވެ ފާޅުގައި އެކަމަށް ދެކޮޅު ހެދި ޔަހޫދީންނޭ؛ މިއަދު ކަލޭ އަނގައިން ތިބުނަނީ އެކަންކުރަން. އަދިވެސް ކަލޭމެންނަށް ނުވިސްނެނީބާ!!

  41
  1
 9. Anonymous

  މޫނު ބުރުގާ އަޅަން ޖެހުނީދޯ؟ ނަތަންޔާހޫ ފޮތިގަޑު ދަށުން މީހާ ވަކިކުރަން ދަސްވީތަ؟

  31
  1
 10. މަހިބަދޫ މީހާ.

  އެންމެ ފަހުން މޫނުބުރުގާ އަޅަން ޖެހުނީ އަދިވެސް މަލާމަތް ކުރެވޭ ތޯބަލާ، ކިތަންމެ ރުޅިއަޔަސްއަޅަން މަޖުބޫރުވީދޯ.

  39
  1
 11. ބެއްޔާ

  ހެހެހެހހެހެ. ވަރަށް ސަލާމް

  23
 12. ޢަލީ

  ކޮމެންޓް ކުރާ ކު ދިންގެ ސަމާލު ކަމަށް!! މިތާ ލިޔުނަސް ނަތަންޔާހޫ އަކަށް ނުފެންނާނެ.

  12
  20
  • Anonymous

   މިތާ މިލިޔަނީ އެނަޔަށް ދައްކާކަށްނޫން! އަހަރުމެންގެ އިހްސާސް! އަދި މިބަސްއެނގޭ މުސްލިމުންނާ ދެކޮޅު މީހުންނަށް ދައްކަންވެގެން!

   51
   2
   • ޢަލީ

    ދެއްކުންތެރިކަން އެއީ ރަނގަޅު ސިފައެއް ނޫން

    2
    2
 13. މުސްލިމް

  ޢަދިވެސް މޫނުބުރުގާ އަޅާ މުސްލިމް އުޚްތުންނަށް މަލާމަތްކޮށް އުޅެ ، ތިއޮތީ ތާހިރުވެފައެއްނު، އިސްލާމީ އަޚްލާޤަކީ ހުރިހާކަމަކުން ރައްކާތެރި އަޚްލާގެއް

  36
  1
  • ގަމާރުމޯލްޑިވިއަން

   މުސްލިމު ފިރިހެނުން ވެސ ތިބެނީ މޫނު ބުރުގާ ްްްްްްްްްްްްްްް އަޅއިގެން ތާ

 14. ޙނ

  ޔަހޫދީންގެ ދީނުގަ އޮތް ގޮތް ބަލާފަ ކޮމެންޓް ކުރުން ރަނގަޅު.

  4
  12
 15. Anonymous

  ދެން އެހެންވީއިރު ޢަލީ މިއަނިޔާވެރި ޔާ ކައިރިބުނެދެންވީނުން. ދިވެހި ކަބމނބަލުންގެ އިޙްސާސްތައް ބަންޑުންޖަހާލައިފަ އެއޮތީ.

  15
  2
  • ޢަލީ

   އިޙްސާސް ތަކަށް އިޙްތިރާމް ކުރަން (: އިޒްރާއީލު ގަ ވެސް ތިބޭ މުސްލިމުން

 16. ާަަސިބު

  ކޮބާ ސީލެވިއްޖެ

  13
  1
 17. ޖޯކު

  އަދިވެސް ސީލެވޭނީ ކަލޭމެންނަށް. ބޭހާ ވެކްސިން ހަދާނީ އެމީހުން.

  1
  9
 18. ެިއިމްރާން

  މިގައުމުގަ އުޅޭ ލާދީނީންތައްވެސް އަވަހައް މޫނު އަޅާ