މުޅި ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ގޮތުގައި ގިނަ މީހުން ސިފަ ކުރަމުން އަންނަ އެމެރިކާގެ ހާލަތު މި ހާލަތަށް ދާނެ ކަމަށް އެއްވެސް މީހަކު ހީކުރާނެ ހެއްޔެވެ. މުޅި ގައުމުގައި އިވެނީ އެއް އަޑެކެވެ. ކޮވިޑް-19 ގެ މި ބަލިމަޑުކަމުން އަރައިގަންނާނީ ކޮން ދުވަހަކުން ހެއްޔެވެ. މި ހިތްދަތިކަމުން މިންޖުވާނީ ކޮން އިރަކުން ހެއްޔެވެ.
މިއީ މުޅި ދުނިޔޭގެ ބޮޑު ބާރު އެމެރިކާގެ ރައްޔިތުންގެ އާދޭހެވެ. މިއަދު އެމީހުން ތިބީ ހަދާނެ ގޮތެއް ކަން ކުރަންވީ ގޮތެއް ނޭނގިފައެވެ. ހޮސްޕިޓާތައް ފުރި ބާރުވަނީއެވެ. ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި އުޅެ އުޅެ ވަރުބަލި ވެއްޖެއެވެ. އެކަކަށް ފަހު އަނެކަކު ބަލިވެގެން ގެންނަނީއެވެ. އެކަކަށްވުރެ އަނެކަކުގެ ހާލަތު ބޮޑެވެ. މުޅި ހޮސްޕިޓަލު ތެރޭގައި އެއް އަޑަކަށް ގޮވަނީ ހިތުގެ ވިންދު ވަލާ މެޝިންގެ އަޑެވެ.
ނިއުޔޯކުގެ މައިމޮނީޑްސް ސެންޓަރުން މިހާރު ފެނިގެން ދަނީ އެތަނުގެ އެތެރެ ފުރާލައި މަގުމަތީގައިވެސް ގިނަ އަދަދެއްގެ ބަލި މީހުން ތިބޭ މަންޒަރެވެ. އަދި އެމީހުންނަށް ފަރުވާ ދިނުމަށް ސިއްހީ ދާއިރާގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ނަރުހުން މަގުތަކަށް ނުކުމެގެން އުޅޭ މަންޒަރުވެސް މިހާރު ފެނިގެން އެބަ ދެއެވެ.
ނިއުޔޯކުގެ ކޮންމެ ހިސާބެއްގައި ހުރި ކަމުގައިވިއަސް އިވިގެން ދަނީ އެންބިއުލާންސް ސައިރަން އަޅަމުން ދުއްވާ އަޑެވެ.
އެ ހޮސްޕިޓަލުގެ އިމަޖެންސީގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރު އީތަން ޑިކްމެން ބުނެފައިވަނީ އެ ހޮސްޕިޓަލަށް ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހުންގެ އިތުރު ބައްޔަށް ނޭނގި ނަމަވެސް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުން އަންނަ ކަމަށެވެ. އަދި އެގޮތަށް ގިނަ އަދަދެއްގެ ބަޔަކު އައުމުން ހޮސްޕިޓަލް ތޮށްޖެހޭ ކަމަށް އޭނާ ބުންޏެވެ.
މިގޮތަށް ގިނަ އަދަދެއްގެ މީހުން އަންނާތީ މިހާރު ވަނީ އާ އައިސީޔޫ ތަކަކާއި އަވަސް ފަރުވާ ދޭ ތަންތަން ގާއިމު ކޮށްފައެވެ. އެގޮތުން އަމަލު ކޮށްފައިވަނީ މީހުން ގިނައިން އަންނާތީއެވެ. މީގެ ކުރިން 17 އެނދު ހުންނަ ވޯޑަކަށް 32 ބަލި މީހުން އަންނަކަންވެސް ވަނީ ހާމަ ވެފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި ކޮވިޑް-19 ޖެހިގެން އެމެރިކާއިން މިހާތަނަށް 277،607 މީހަކު ރިޕޯޓް ކޮށްފައިވާއިރު، މީގެ ތެރެއިން ލައްކައަކަށް މީހުންނަކީ ނިއުޔޯކުން ފެނިފައިވާ މީހުންނެވެ. އަދި މިހާތަނަށް މި ބަލި ޖެހިގެން އެގައުމުން ވަނީ 7،406 މީހަކު މަރުވެފައެވެ.
އެމެރިކާ ހިމެނޭހެން ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭ ގައުމުތަކަށް މި ބަލި ފެތުރިފައިވާއިރު، އެ ގައުމުތަކުން ތިބީ ކުރާނެ ކަމެއް ނެތި ގޮތް ހުސްވެފައެވެ.
ކަލޭމެންގެ އެންމެ ފަހުގެ ހަތިޔާރުތައް އިޒްރޭލުއަތަށް ދީގެން އެތަކެއް މުސްލިމުން ޝަހީދުކުރިއިރު ތި ސުވާލުކުރިނަމަ މާ ތާހިރުވީސް! އަނިޔާލިބުނު މީހުންގެ ދުޢާ އިޖާބަކުރައްވާގޮތް ދެކޭ! ބަޑިއެއް ބޮމެއް މިސައިލަކާ ނުލައި ލޮލަށް ނުފެންނަ ވަހިރަހެއްގެ ސަބަބުބުން ބޮޑާވެގެން އުޅުނު މީހުން މިހާރު ތިތިބީ ކުޑަކަކޫޖެހިފައި!
އޭ ކޮރޯނާ ދޭ ކޮރޯނާ?
ވާން ވެސް އޮތީ ހަމަ އެހެން އެމީހުން ހީ ކުރަނީތާ "މަށަ ކީ ދުނިޔެއިން އެންމެ ވަރުގަދަ މީހާއޭ" ކިތަމެ ވަރަ ކަށް ހަތިޔާރު އޮތަ ކަސް އޭގެ މާނައަ ކީ ވަރުގަދަ ވީ އެއް ނޫން ބަލާބަލަ އެ "ޓްރަންޕް"އޭނާ ކުރިން އުޅުނީ އުޑައް އަރައަރާފަ...... ކޮބާ އެ އުޑައް އަރާފައުޅުނު "ޓްރަންޕް" މި ހާރު އޭނާ ވެސް އުޅެނީ ކުޑަ ކުޑަ ވައިރަސް އެއް ދެ ކެ ބިރުން ލޮ ކް ޑައުން ގަ
.ފޮނި ކެނޑިއަ ަކސް ކަމެއްނުވާނެ ??????
ް ީ ަ
ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ! މެދުއިރުމަތީ ގައި އަނިޔާ ލިބެމުންދާ އެތައް މުސްލިމުން ކެނޑިނޭޅި ކުރަމުންދާ ދުޢާއަކީ، ހާދަ ބާރުގަދަ ހަތިޔާރެކޭ! سبحان الله