އިނގެރޭސިވިލާތުން ކޮވިޑް-19 ޖެހިގެން 5 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

މިއީ އިނގެރޭސި ވިލާތުން މި ބަލީގައި މަރުވި އެންމެ ހަގު ކުއްޖާއެވެ. މި ކުއްޖާ އާއި ގުޅޭގޮތުން މާގިނަ މަޢުލުމާތެއް އެގައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މަޢުލޫމާތު ލިބޭ ގޮތުގައި އެކުއްޖާއަކީ މީގެ ކުރިންވެސް ޞިއްޙީ މައްސަލަތަކެއް ހުންނަ ކުއްޖެކެވެ.

މީގެ ކުރިންވެސް އެކި ޤައުމުތަކުން ކޮވިޑް-19 ޖެހިގެން ކުޑަކުދިން ވަނީ މަރުވެފައެވެ.

އެމެރިކާއިން ދާދި ފަހުން އުމުރުން އެންމެ 42 ދުވަސްވީ ކުއްޖަކުވެސް ކޮވިޑް-19 ޖެހިގެން މަރުވެފައިވެއެވެ. އެކުއްޖާއަކީ މި ބަލި ޖެހިގެން މިހާތަނަށް މަރުވެފައިވާ އެންމެ ހަގު ކުއްޖާއެވެ.

ކުރިން ހީކުރެވިފައިވާ ގޮތާއި ޚިލާފަށް، ކޮވިޑް-19ގެ ޝިކާރައަކަށްވާ ކުޑަކުދިންދާއި، ޒުވާނުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު