ކޮރޯނާ ވައިރަސް ފެތުރެން ފެށީ ވޫހާންގެ މާރުކޭޓަކުން ކަމަށް މީގެ ކުރިން ހޯދި ހޯދުންތަކުން އެން އެބައޮތެވެ. ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އުފެދިގެން އައީ އެ މާރުކޭޓްގައި ގެންގުޅުނު ވަލު ޖަނަވާރުންތަކެއް، ނުވަތަ ޖަނަވާރެއްގެ ގައިން އިންސާނުންގެ ގަޔަށް އެރި ބައްޔެއް ކަމަށް ވެސް މީގެ ކުރިން ސައިންސްވެރިން ވަނީ ބުނެފައި ވެއެވެ.

އެހެންނަމަވެސް މި ވައިރަސް އަކީ މިއީ އުފައްދާފައިވާ ވައިރަސްއެއް ކަމަށާ، މި ވައިރަސް އުފައްދާފައި ވަނީ ޗައިނާގައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށް ކޮންސްޕިރަސީ ތިއަރީތަކެއް އުފައްދާފައި ވެއެވެ.

މިހާރު މިތިއަރީތަކަށް އަނެއްކާވެސް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ބައެއް ވަޒީރުން ދަނީ ކޮރޯނާ ވައިރަސް އަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވި އެއްޗެއްގެ ސަބަބުން ފެތުރެން މެދުވެރިވި ވައިރަސްއެއް ކަމަށް ތުހުމަތުކުރަމުންނެވެ. ދަ މެއިލް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން، އެ ބަލި ފެތުރެން ފެށީ ވޫހާންގެ މާރުކޭޓަކުން ބުނި ކަމަށް ވީނަމަވެސް، ޗައިނާގެ ލެބަކުން ލީކުވި އެއްޗަކުން ކޮވިޑް 19 ފެތުރޭ ކަމަށް ކުރާ ތުހުމަތު ލުއިކޮށް ނެގޭކަށް ނެތެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަސީރު ބޮރިސް ޖޯންސަން ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލި ޚާއްސަ ޓީމް ކޯބްރާގެ މެމްބަރަކު ބުނެފައި ވަނީ އެ ގައުމުގެ އިންޓެލެޖެންސްއިން ހޯދި ހޯދުމުން، ކޮވިޑް 19 ފެތުރޭ ވައިރަސް އަކީ "ޒޫނޮޓިކް" ވައިރަސް އެއްކަން އެނގޭ ކަމަށާ، އެ ވައިރަސް އަކީ ޖަނަވާރުގެ ގައިން އުފެދޭ ވައިރަސްއެއް ކަމަށެވެ.

އެތަނުގައި ޖަނަވާރު ވިއްކާ މާރުކޭޓާއި 10 ވަރަކަށް މޭލު ދުރުގައި، މިފަދަ ދިރާސާތައް ކުރާ، 30 މިލިއަން ޕައުންޑްގެ ލެބް ފެސިލިޓީއެއް ހުރެއެެވެ. ބުނެވޭގޮތުން މިއީ މުޅި ދުނިޔޭގައި ވެސް ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ވައިރޮލޮޖީ ޔުނިޓެވެ.

2018 ގައި އެ ލެބްގައި އެބޯލާފަދަ ވަރަށް އުނދަނގޫ އަދި ނުރައްކާވާ ކަހަލަ ވައިރަސްތައް ތަހުލީލުކޮށް، އެކްސްޕެރިމެންޓްކުރުމުގެ ޤާބިލްކަން ހުއްޓެވެ.

އަދި އެންމެ ފުރަތަމަ ކޮވިޑް 19އިގައި ހުރި ވައިރަސް އަކީ ވާލުން ފެންނަ ޒާތުގެ "ގެނޯމް" އާއި 96 އިންސައްތަ ވައްތަރު ވައިރަސް އެއް ކަމަށް ބުނި ސައިންޓިސްޓުން ނިސްބަތްވަނީ ވެސް އެ ލެބަށެވެ.

އެ ލެބަކީ ސަލާމަތީ ގޮތުން ވަރުގަދަ ތަނަކަށް ވީނަމަވެސް، އެ ސަރަހައްދުގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ލެބްގައި މަސައްކަތް ކުރި ބައެއް މީހުންގެ ގަޔަށް ލޭ ބުރައިގެން އެ މީހުން ވަނީ ބަލިވެފައެވެ. އަދި އެ އިންފެކްޝަން ވޫހާންގެ އެހެން މީހުންނަށް ފެތުރުނީ އެ ލެބްގައި މަސައްކަތް ކުރާ މީހުންގެ ޒަރީއާއިން ކަމަށްވެސް ލަފާކުރެއެވެ. ނަމަވެސް މިއީ ބަޔަކު ދައްކަމުން ގެންދާ ވާހަކަތަކެކެވެ. މިއީ އެއްވެސް ހަޤީޤަތެއް އެކުލެވިގެންވާ ވާހަކައެއް ކަމުގެ ސާފު ހެއްކެތް ނެތެވެ.

ވޫހާންގައި މި ބަލި ފެތުރެން ފެށި މާރުކެޓާއި 3 މޭލަށް ވުރެ ކައިރީގައި މިފަދަ ޓެސްޓްތައް ކުރާ އިތުރު ލެބެއްވެސް ހުރެއެވެ. އަދި އެތަނުގައި ވެސް ކޮރޯނާ ވައިރަސް ފެތުރޭ ގޮތް ހޯދުމަށް ވާ ފަދަ ޖަނަވާރު ބޭނުންކޮށްގެން ވަނީ ޓެސްޓްތަކެއް ހަދާފައެވެ.

ރުޓްގާސް ޔުނިވާސިޓީގެ ވެކްމަން އިންސްޓިޓިއުޓް އޮފް މައިކްރޯ ބަޔަލޮޖީގައި ހަރަކާތްތެރިވާ އެމެރިކާ އަށް ނިސްބަތްވާ ބައޯ ސެކިއުރިޓީ އެކްސްޕާޓް އަދި ޕްރޮފެސަރ ރިޝާޑް އެބްރައިޓް ބުނީ މިހާތަނަށް ފެންނަން ހުރި ހެއްކަށް ބަލާއިރު، ކޮރޯނާ ވައިރަސް އުފައްދާފައި ވަނީ ލެބަކުން ކަމަށް ބެލެވޭކަށް ނެތެވެ. އަދި މި ވައިރަސް ފެތުރުމާއި ލެބާއި ގުޅުމެއް އޮތްކަމަކަށް ވެސް ނުބެލެވެއެވެ.

އެހެންނަމަވެސް އިނގިރޭސި ވިލާތުގެ ޕްރޮފެސަރެއް ކަމަށްވާ ޕްރޮފް އެބްރައިޓް ވަނީ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯން އާއި އިންސްޓިޓިއުޓްފޯ ވައިރޮލޮޖީ އިން ވައިރަސްތައް ތަހުލީލު ކުރަމުން އައީ ލެވެލް 2ގެ ސަލާމަތީ ފިޔަވަޅުތަކާއި އެކުކަން ސާބިތު ކުރެވޭނެ ހެކި އެބަހުރިކަމަށް ބުނެފައެވެ. އަދި ލެބް މަަސައްކަތްތެރިންނަށް ފޯރުކޮށްދިނީ ލެވެލް 4ގެ ސަލާމަތީ ފިޔަވަޅުތައް ކަމަށާ އެއީ ވަރަށް ކުޑަކޮށް ނޫނީ އިންފެކްޝަންތަކުން ރައްކާތެރި ނުކޮށްދެވޭނެ ފަދަ ފިޔަވަޅުތައް ކަމަށް އޭނާ ބުނެއެވެ.

އެ ފަދަ ކަމަކީ އެންމެންގެ ސަލާމަތަށް ނުރައްކާކަމަކަށް ވީނަމަވެސް ޗައިނާގައި އެބުނާ ފަދަ ލެބް އެކްސިޑެންޓެއް ހިނގިކަން ސާބިތުކޮށްދެވޭކަށް ނެތެވެ.

އަދި ކޮވިޑް 19 ޖެހުނު ފުރަތަމަ މީހާ އަކީ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލްގައި މަސައްކަތްކުރި މީހެއް ކަމަށްވެސް އެމެރިކާގެ ނޫހެއްގައި ބުނެފައި ވެއެވެ. އެހެންނަމަވެސް ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ އެ މައުލޫމާތު ދޮގުކޮށްފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން ވޫހާންގެ ލެބްގެ އިސްކޮށް އުޅުއްވާ ޝީ ޗެންގްލީ ވަނީ ކޮވިޑް 19 އާއި އޭނާގެ ލެބާއި ގުޅުމެއް ނެތްކަން، އޭނާގެ ފުރާނަ ހެކިކޮށް ވައުދުވާކަމަށް ބުނެފައެވެ.

2004 ގައި ޗައިނާގެ ލެބޯޓްރީ އަކުންވީ ލީކެއްގެ ސަބަބުން ސިވިއާ އެކިއުޓް ރެސްޕިރޭޓޮރީ ސިންޑްރޯމް ( ސާސް) ފެތުރުނެވެ. އެފަހަރު އެ ބަލީގައި އެކަކު މަރުވެ ނުވަ މީހުން އިންފެކްޓްވިއެވެ. ޗައިނާގެ ސަރުކާރުން ބުނީ އެ ލީކްވީ ޗައިނާގެ ލެބެއްގެ އިސް ފަސް މީހެއްގެ އިހުމާލުން ކަމަށާ އެކަމާއި ފިޔަވަޅުވެސް އެޅިކަމަށެވެ.

ޑައުނިން ސްޓްރީޓުންވެސް ބުނެފައި ވަނީ ކޮވިޑް 19 އުފެދުނީ ޗައިނާގެ ލެބޯޓްރީއަކުން އެނގެން ނެތްކަމަށެވެ.

ޗައިނާ އިން މި ވާހަކަތަކަށް ރަސްމީކޮށް ރައްދު ނުދިން ނަމަވެސް، އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީންވަނީ ޗައިނާ އާއި މެދު އުފައްދާ އެފަދަ ތުހުމަތުތަކުގެ ސަބަބުން، ޗައިނާގެ މީހުންގެ މަސައްކަތާއި ޗައިނާ މީހުންގެ ގުރުބާނީ ގެއްލިގެންދާ ކަމަށް ބުނެގފައި ވެއެވެ.

އެގޮތުން ޗައިނާއިން މި ވައިރަސް ދެނެގަނެ، ވައިރަސްގެ ޖެނެޓިކް ސީކުއެންސް، ވޯލްޑް ހެލްތް އޯގަނައިޒޭޝަން ޑަބްލިއުއެޗްއޯ އާއި ހިއްސާ ކުރިކަމާއި، މި ބަލިން އަރައިގަންނަން 120 ގައުމަކަށް އެހީ ފޯރުކޮށްދޭކަން އެމްބަސީން ފާހަގަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޔާގޫތު

    ތީ ގުދުރަތީ ކަމެކޭ...

    13
    1
  2. ބޯކިބާ

    ވައިރަސް ފަތުރާފަވަނީ ވޫހާނުގަ އޮތް މުބާރާތަކަށްދިޔަ އެމެރިކާ ސިފައިން.

    25
    1
  3. ހުސޭނުބޭ

    އަހަރެމެން ކުރި ތަޙްޤީޤުން އެގުނީ ކޮވިޑް 19 ވައިރަސް އުޅެނީ އިޒްރޭލުގައި ކަމަށް! އެމެރިކާގެ ބޮންއަޅާ މަތިންދާބޯޓުތަކުން އިޒްރޭލުގެ އެތަން މިތަނަށް ބޮންއަޅާ ސުންނާފަތިކޮށްލުމުން އެ ވައިރަސް މަރުވާނެކަމަށް@!

    23
    1
  4. ބްރޯ

    2019 އޮކްޓޯބަރ ގާ ވޮހާން ސިޓިގަ އޮތް ދުނިޔޭގެ 100 ގައުމުގެ ބައްދަލުވުމުގަ އެމެރިކަ ވެސް ހިމެނޭ ޗައިނާގެ އިގްތިސާދު ހަލާކުކުރުމަށް ދޫކޮށްލި ތީރެއް ޗައިނާފަހަނަޅާގޮސް އަމިއްލަ ލޮލަށްވެސް މިއޮތީހެރިފަ. ގަބޫލުކުރުން ނޫންގޮތެއްނެތް.

    25
    2
    • ކަށިކެޔޮ

      އެމީހުން ތިބީ ވުހާން މަސްމާރުކޭޓާ ޖެހިގެންހުރި ހޮޓަލެއްގަ، އެވެސް އިއްތިފާގެކޯ.

  5. ޢަބްދުއްލަޠީފު

    އިރާގު ގައި ހުރި ގޮތް ނޭގޭ ހަތިޔާރުތަކުގެ ސަބަބުން ވެގެން އުޅޭކަމަކަށް ތިވާނީ. ހުޅަނގު ކުޑަކަކޫޖެއްސެވި މަތިވެރި އިލާހަށް ތިޔަކަންތަކުން ސަލާމަތްކޮށްދެވޭނީ. ދެންވެސް މީސްމީހުންގެ ބޮލަށް ނުކަނޑާ މައިތިރިވޭ.

    32
    • ޙަމަހަމަ

      ޢިރާގުގައި އެފަދަ އެއްވެސް ހަތިޔާރެއް ނެތް ކަމާއި ކުރިންދެއް ކި އެފަދަ ވާހަ ކަތަ ކަ ކީ އެމެރި ކާއިން ހެދި ބުހުތާން ދޮގެއް ކަން އެމީހުންނާ އެމީހުންގެ އައުވާނުން އަމިއްލައަށް އިއުތިރާފުވެފަ ވަނީ.

  6. އެމަންޖެ

    ތިޔައީ މި އުޅޫ މޯދީއާ އަނނިޔާ ދެމީހުން ރާވައިގެން ކޮއްގެން އުޅޭކަމެއް، މިސާލަކައް އެޖެންޑާ 19 ފުދޭ.

  7. ބަންޓީ

    ސީޑީސީ އަކީ ޗައިނާގެ ތަނެއް ނޫން. އެބްރައިޓް އެއްފަހަރު އެމެރިކާ މީހަކަށްވެފައި އަނެއްފަހަރު ޔޫކޭ މީހަކަށް ވީމާ ކިޔާ މީހުންނަށް ދެމީހަކު އުޅޭހެން ހީވާނެ. ޑުއަލް ސިޓިޒަންޝިޕް އޮތް މީހެއްތޯ އޭނާއަކީ. ދެން ވޫހާން ގައި ބޭއްވި މިލިޓަރީ ގޭމަށް ދިޔަ އެމެރިކާގެ ސިފައިންގެ ދެ މީހަކަށް ގޮތްނޭގޭ ނިއުމޯނިއާގެ ބާވަތަކަށް ފަރުވާ ކުރީ ލެބާ ގުޅުމެއް ހުރެގެންތޯ؟