އިނގިރޭސިވިލާތުގެ ބޯޑުވަޒީރު ބޯރިސް ޖޯންސަން ލޯބިވެރިޔާ ކެރީ ސިމޮންޑްސް ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިއްޖެއެވެ.

ކެރީ ވިދާޅުވީ ނިމިދިޔަ ދެ ހަފްތާވަންދެން އޭނާގެ ގައިން އެ ބަލީގެ ނިޝާންތައް ފެނިފައިވާ ކަމަށާއި އޭނާ އޮތީ އެ ދެ ހަފްތާ ވެސް ބަލި އެނދުގައި ކަމަށެވެ.

ބޯރިސް އަދިވެސް ހުންނެވީ ކޮވިޑް 19 ޖެހުމުގެ ސަބަބުން ސެލްފް އައިސޮލޭޝަންގައެވެ.

ކެރީ ވިދާޅުވީ އޭނާ ޓެސްޓް ކުރަން ޖެހިފައި ނުވާ ކަމަށެވެ. ހަތް ދުވަސް ވަންދެން އަރާމު ކުރުމުން ކުރިއަށް ވުރެ ދުޅަހެޔޮ ކަން އިހުސާސް ކުރެވޭ ކަމަށް ވިދާޅުވިއެވެ.

ބޯރިސްގެ ލޯބިވެރިޔާ، އުމުރުން 32 އަހަރުގެ ކެރީ ބަލިވެ އިންއިރު އޭނާގެ ބަނޑަށް މިހާރު ހަމަހެވެ.

މިހާތަނަށް ހެދި ދިރާސާތަކުގެ ނަތީޖާ ދައްކާ ގޮތުން ކޮވިޑް-19 ގެ ސަބަބުން ދަރިފުޅަށް އަސަރު ކުރާކަން އެނގޭކަށް ނެތެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ކޮވިޑް-19 އަށް ފައްސިވިކަން ހާމަކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ބޯރިސް ޖޯންސަން ކޮވިޑް-19 އަށް ފައްސި ވެފައިވާކަން ކަށަވަރު ކުރެވިފައި ވީ ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ބޯރިސް ކުރި ޓްވީޓެއްގައި ވިދާޅުވީ ސެލްފް އައިސޮލޭޝަންގައި ހުންނެވި ނަމަވެސް ބޮޑުވަޒީރުގެ ހައިސިއްޔަތުން ގައުމު ހިންގުމުގެ ކަންކަން ވީޑިއޯ ކޯލްގެ ޒަރިއްޔާ އިން ކުރިއަށް ގެންދާނެ ކަމަށާއި އެ ގައުމުން ވައިރަހާއި ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ދާނެ ކަމަށެވެ.

ވަައިރަހުގެ އަލާމާތްތައް ބޯރިސްގެ ހަށިގަނޑުން ފެނުމުން އެބޭފުޅާގެ ޗީފް މެޑިކަލް އޮފިސަރު ވަނީ ބޯރިސް ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ބޯރިސްގެ ހަށިގަނޑުން ފެނުނު އަލާމާތްތަކަކީ ހުން އައުމާއި އެކު ގަދައަށް ކެއްސުމެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވައިރަހަށް ފައްސިވެފައި ވާއިރު އެބޭފުޅާ މިވަގުތު ހުންނެވީ ޝާހީ ގަނޑުވަރު ތެރޭ އެކަހެރި ކޮށްފައެވެ. އޭނާގެ ހާލު ވެސް ގޯހެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  ތިއޮތީ ވަގުގައި ވަގުހިފާފައި! އިގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ލޯބިވެރިޔާގެ ޒުވާން ލޯބިވެރިޔާގެ ފަރާތުން ތި ވައިރަސް އެ އެރީ!

 2. އަހްމަދު

  ބޮޑު ވަޒީރު ވެސް ކައިވެނި ނު ކޮށް ބިޓެއްތަ ގެންގުޅެނީ، ދެތިން ދަރިން ހޯދާފަ ކައިވެނި ކޮށްލާ، ނޫން، ކުރާނެ ވެސް ކަމެއް ނެތް. އައްޗީޑި ހަޑި ބަޔެއް ހުވާ

 3. Anonymous

  ލޯބިވެރިޔާ ބަނޑަށް ހަމަހޯ. އަޅެ އިސްލާމްވެ ބަލަ. އޭރަށް ކާވަނިކޮށް ޙަލާލުގޮތުގައި ދަރިން ވެސް ލިބޭނެ ނޫންތޭ. ދުނިޔެއާއި އާޚިރަތުގެ ހެޔޮކަންވެސް ލިބޭނެ ނޫންތޭ.

 4. ކޮންފަދަ

  ތި ބޮރިސް ޖޮހޮންސަން މަރުވިއްޖިއްޔާ ކޮންފަދަ ކޮވިޑް19 ޖެހިގެން...މުސްލިމުން ނަށް އިހާނެތިކޮށް ހިތާ ނުލަފާ މީހެއް..