ދެދުވަސް ތެރޭގައި ކޮވިޑް-19 އިން ރަނގަޅު ވާނެ ބޭހެއް މިހާރު ވެސް އުފެއްދިފައި އެބަހުރި ކަމަށް އޮސްޓްރޭލިއާގެ ސައިންސްވެރިން ބުނެފިއެވެ.

"އިވާމެކްޓިން" ނަމަކަށް ކިޔާ މިބޭހަކީ ތަފާތު އެހެން ބަލިތަކަށް ބޭނުން ކުރަން ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ސަރުކާރުތަކަކުން ވެސް މީގެ ކުރިންެ ހުއްދަ ދީފައިވާ ބޭހެކެވެ. މިބޭސް މީގެ ކުރިން ވަނީ އެޗްއައިވީ، ޑެންގޫ، އިންފްލްއެންޒާ އަދި ޒިކާ ވައިރަސް އަށް ވެސް ބޭނުން ކޮށްފައެވެ.

އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީ އިން ކުރި ދިރާސާ އަކަށް ފަހު "އެންޓިވައިރަސް ރިސާޖް" ގައި ޝާޢިއު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ މިބޭސް ދިނުމުން ކޮރޯނާވައިރަސްގެ ސެލްތައް ދެދުވަސް ތެރޭގައި މަރާލާނެ ކަމަށެވެ.

ދިރާސާ ރިޕޯޓް ލިޔުއްވުމުގައި އިސްކޮށް އުޅުއްވި ޑރ.ކައިލީ ވަގްސްޓަފް ވިދާޅުވީ މިބޭސް ބޭނުން ކުރުމުން ކޮވިޑް-19 އިން ސަލާމަތްވާކަމަށް އަދި ދައްކާފައި ވަނީ ލެބޯޓްރީގައި ކުރި ޓެސްޓްތަކުން ކަމަށާއި ދެން އޮތީ އިންސާނުން ބޭނުން ކޮށްގެން މިކަމުގެ ދިރާސާތައް ކުރުން ކަމަށެވެ.

"މިއީ މީގެ ކުރިން ވެސް ވަރަށް ގިނައިން ބޭނުން ކޮށްފައިވާ ބޭހެއް. މިއީ ރައްކާތެރި ބޭހެއް. މިހާރު ކަށަވަރު ކުރަން ޖެހިފައި ވަނީ އިންސާނުންނަށް ބޭހުގެ ކިތައް ޑޯސް ދީގެންތޯ އަސަރެއް ކުރާނީ. ކުރިއަށް އޮތް ފިޔަވަޅަކީ އެއީ." ޑރ.ކައިލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް މިބޭސް ބޭނުން ކުރުމުން ހުއްދަ އަދި ލިބިފައި ނެތް ނަމަވެސް ވަރަށް ކައިރި މުސްތަގުބަލެއްގައި މިބޭސް ބޭނުން ކުރަން ފެށިދާނެ ކަމަށެވެ.

"އިވާމެކްޓިން" ނަމަކަށް ކިޔާ ބޭހުގެ ސަބަބުން އެކި ވައިރަސްތަކަށް ކުރާ އަސަރުތައް ސައިންސްވެރިން ދިރާސާ ކުރަމުން އަންނަތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ކޮވިޑް-19 ފެތުރެން ފެށުމާއި އެކު މިއީ ކޮވިޑް-19 އަށް އެކަށީގެންވާ ބޭހެއްތޯ ބެލުމުގެ ދިރާސާތައް ފެށީ މީގެ ކުރިން ފެނިފައި ހުރި ނަތީޖާތައް ރަނގަޅު ވުމުންނެވެ.

"އިވާމެކްޓިން" އިން ދެދުވަސް ތެރޭގައި ކޮވިޑް-19 އިން ރަނގަޅު ވާނެ ކަމަށް ދިރާސާއެއްގައި ބުނި ނަމަވެސް މިބޭސް އަދި އިންސާނުންނަށް ދޭން ފަށާނެ ސީދާ ތާރީޚެއް ނޭނގެއެވެ. ނަމަވެސް މިއީ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ބޭހެއް ކަމުގައި ވާނަމަ މިއީ އެހެން ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދޭ ހިސާބަށް ދަންދެން ބޭނުން ކުރަން ރަނގަޅު ބޭހަކަށް ވާނެ ކަމަށާއި، ވަރަށް އަވަހަށް ބޭސް ބޭނުން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. محمد إمام حسين

    الله اكبر الله اكبر لله الحمد. ﷲ سبحانه وتعلى އިންސާނުން މާތްކުރެއްވީ އެ އިންސާނުންނަށް ދެއްވި ބުއްދީގެ نعمة ގެ ސަބަބުން އޭ ގެ ބޭނުން حق ގޮތުގައި ހިފައި އެކަލާނގެ އެންގެވި މަގަށް رجوع ވާން ޖެހޭ. އެކަލާންގެ އިރާދަފުޅު ފަހަނަ އަޅައި އެއްވެސް خلق އަކަށް ނުދެވޭނެ. ހުރިހާ ކަމެއްގައި އެކަލާންގެ އަށް توكل ކުރާ ބައެއްކަމުގައި އަޅަމެއްން مسلم ތަކުން ލައްވާނދޭވެ. އަދި މިފެތުރޭ ނުރައްކާތެރި ރޯގާއިން އަޅަމެން سلامة ކުރައްވައި މިބައްޔަށް އަވަސް شفاء އެއް ލައްވާފާނދޭވެ. آمين.

    19
    1
    • Dee

      މުރުތައްދު ގުރޫޕު ވ އަނގަ ކަހާނެ ތިޔަ ކޮމެންޓު ފެނުނީމަ. ބުނާނެ ކާފަރުން ރާބޮއެގެން ބޭސް ހޯދަންދެން ބްލާ ބްލާ.. މަވެސް އެކަމު ބޭނުން މުސްލިމަކަށް މޮޅު ނަމެއް ލިބެން..

  2. Anonymous

    އަލްޙަމްދުލިﷲ

    15
  3. ޑޮކްޓަރ

    ތިތަބޭހެއް އަދި ކޮރޯނަވައިރަހެއް އިންސާނެއްގެ ހަށިގަނޑުން ނައަތާލާފަކާއެއް ނެތް. ނައްތާލެވިގެން އުޅެނީ ލެބޯޓަރީގައި ކޮރޯނާވައިރަސް ހުރި ސެލްތަކަކުން. އަދި އިންސާނުންގައިން އެކަމެއް ނުކުރެވޭ.. އެކަމަކު އެކަން ވެދާނެ ކަމުގެ އުންމީދުގައި ކޮރޯނާ ޕޭޝަންޓުންނައް އެބޭހުން ޓުރީޓްކުރެވޭތޯ އުޅެނީ. ބޭރުގެ އިނގިރޭސި ޚަބަރުތައް ރަނގަޅައް ނުކިޔާ ކަމުގެ ދެކޮޅުނޭނގި މިކަމާއި ގުޅޭޚަބަރު ނުގެނެސް ދިނުމައް ނަސޭހަތްދެން.

    6
    2
    • ...

      ތިއީ ޑޮކްޓަރެއްނަމަވިޔަސް މިފަހަރު ލަދު ގަންނަން ޖެހޭ