އިންޑިޔާއަކީ ކުރިންވެސް ފެނުގެ ދަތިކަމަށް ޖެހިފައިވާ ގައުމަކަށްވާއިރު ސާފުފެން ނުލިބުމުގެ ސަބަބުން މިހާރު މީހުންނަށްވަނީ ސާފުފެން ހޯދުމަށް މަޖުބޫރުވެފައި އެވެ. އެގޮތުން ސާފުފެން ހޯދުމަށްޓަކައި އިންޑިޔާގެ ބައެއް އާއިލާތަކުން މަސައްކަތް ފަށައިފިއެވެ.

އިންޑިޔާގައި 163 މިލިއަނަށްވުރެ ގިނަ މީހުންނަށް ސާފުބޯފެން ނުލިބެއެވެ. އަދި 210 މިލިޔަން މީހުންވަނީ ސާފުބޯފެން ނުލިބުމުގެ ސަބަބުން އެކި ބަލިތަކުގައި ފަރުވާކުރަމުނެވެ. އަދި އިންޑިޔާގައި ކޮންމެ ދުވަހެއްގެ މައްޗަށް 500 ކުޑަ ކުދިން ބޭރަންހިނގުމުގެ ސަބަބުން މަރުވާއިރު މިހާތަނަށް މިކަންތައް ހައްލުކޮށްދެވިފައެއް ނުވެއެވެ.

އިންޑިޔާގެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި ގިނަ ސަރަހައްދުތަކުގެ މީހުން ސާފުފެން ހޯދުމުގެ ގޮތުން އެކިތަންތަނަށް ހިޖުރަކުރަމުންދާ ކަމަށެވެ. އެގޮތުން އެންމެ ގިނަ މީހުން ހިޖުރަކޮށްފައިވަނި ރާޖަސްތާނުން ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި 40 ސަހަރެއްގެ މީހުން އެކި ހިސާބުތަކަށް ސާފުބޯފެން ހޯދުމަށްޓަކައި ހިޖުރަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މި

    އިންޝާﷲ އެމީހުނަށް ހެޔޮ ދުޢާ ކޮށްދެމާ