ދެކުނު ސޫދާން އިން ކޮވިޑް-19 ފެނިއްޖެކަން އެ ގައުމުން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އެ ގައުމުގެ ނައިބް ރައިސް ރެއިކް މިޝާރް އެވެ. މިއާއެކު އެފްރިކާގެ 54 ގައުމުތަކުގެ ތެރެއިން ކޮވިޑް-19 ފެނުނު ގައުމުތަކުގެ އަަދަދު މިހާރު ވަނީ 51 އަރާފައެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި އެ މީހާއަކީ ފެބްރުއަރީ 28 ވަނަ ދުވަހު އިތިއޮޕިއާއިން އައި އުމުރުން 29 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާއަށް އެކަހެރިކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރެއިކް މިޝާރު ވިދާޅުވެފައިވާގޮތުގައި، އެ މިހާ މިހާރު ކަރަންޓީންކޮށްފައިވައިރު، އެ މިހާއާ ކޮންޓެކްޓްވިކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭނާގެ ގައިން މި ބަލީގެ އަލާމާތްތައް ފެނިފައި ވަނީ އޭޕްރިލް ދެ ވަނަ ދުވަހުއެވެ. އަދި އޭނާ ރަނގަޅުވަމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާ ވިދާޅުވީ، މި ބަަލީގެ ވެކްސިން އަކީ ސޯޝަލް ޑިސްޓެންސް ކަމަށެވެ.

އެ ގައުމުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެ ގައުމުގެ ރައީސް ސަލްވާ ކީރް ވަނީ އެ ގައުމުގެ އެއާޕޯޓްތަކާއި އެ ގައުމުގެ ބޯޑަރުތަކާއި، ސްކޫލްތަކާއި ފައްޅިއާއި މިސްކިތްތައް ބަންދުކޮށްފައެވެ. އަދި ރައީސް ވަނީ އެ ގައުމުގައި ކޮންމެ ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް އެ ގައުމުގައި ކާފިއު ހިންގަން ވަނީ ނިންމާފައެވެ.

މިހާރު ދުނިޔެއިން ކޮވިޑް-19 ނުފެނި ވަނީ އެންމެ 17 ގައުމަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު