ކޮވިޑް-19 ޖެހިފައި ހުރި ކަމަށް ބެލެވޭ އިންޑިއާގެ އަންހެނެއްގެ ސާމްޕަލް ނަގަން އުޅުނު ދެ އަންހެން ޑޮކްޓަރުންނަށް އިންޑިއާ ބަޔަކު ހަމަލާދީފިއެވެ.

ދެ ޑޮކްޓަރުން ރައްކާތެރި ކަމުގެ ހެދުން އަޅައިގެން މީހެއްގެ ސާމްޕަލް ނަގަން ދިއުމުން ޝައްކު ކުރެވުނު މީހާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދުގެ ގިނަ ބަޔަކު ވަނީ ލަކުޑިބުރިތައް ހިފައިގެން ނިކުނެ ދެޑޮކްޓަރުންނާއި ދިމާކޮށްލާފައެވެ. ދެ ޑޮކްޓަރުންގެ ފަހަތުން މީހުން ދުވެ، އެމީހުންނަށް އަނިޔާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސާމްޕަލް ނަގަން އުޅުނު ދެ ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެމީހުންނަށް ހަމަލާ ދޭން އުޅުނު މީހުންގެ ކިބައިން ސަލާމަތްވީ ތަނަކަށް ވަދެ، ފިލަން ފުރުސަތު ލިބުމުން ކަމަށެވެ. ނަމަވެސް އޭނާ އަށް އަނިޔާވި ކަމަށް ޑޮކްޓަރު ބުންޏެވެ.

"އަހަރެމެންނަށް ހަމަލާ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަހަރެމެން ދިޔައީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ޝައްކު ކުރެވުނު މީހެއްގެ ސާމްޕަލް ނަގަން. ޝައްކު ކުރެވުނު މީހަކީ ކޮވިޑް-19 އަށް މިހާރު ފައްސިވެފައިވާ މީހަކާއި ބައްދަލުވި މީހެއް." އޭނާ ބުންޏެވެ.

ދެ ޑޮކްޓަރުންނަށް ހަމަލާ ދިން މައްސަލައިގައި މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ޑޮކްޓަރުންގެ ގެތަކަށް ވެސް އިންޑިއާ މީހުން މިހާރު ގެއްލުން ދެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އަންހެން ނަރުހުންނާއި މަގުމަތިން ދިމާކޮށް، ހުތުރު ބަހުން މުއާމަލާތް ކުރުމުގެ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ.

އިންޑިއާ އިން މިހާތަނަށް 3588 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 99 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޮޓް ސަޕްރައިޒްޑް

    އެ ދެ ޑޮކްޓަރުންނަކީ މުސްލިމުން ކަމަށް ވަނީ.. މީ އިންޑިއާ ގައި މުސްލިމުން އުޅެން ޖެހޭ ހާލު.. މި ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އިންޑިއާގެ ގެރި ސަރުކާރު.

    42
    3
  2. ކޮތަރު

    ގެރިކޮށްޓެއްގައި އޮންނާނީ ކޮން ހަމައެއް ލަމައެއް. ކޮން އިންސާފެއް. ކޮން އަދަބެއް ސަދަބެއް. ޖަންގަލީގެ ޤާނޫނު. ގެރި މޯދީ އަށާއި ބީޖޭޕީ އަށް ވަރަށްވެދުން.

    39
    1
  3. ?