އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ކޮވިޑް-19 ގެ އާލާސްކަންފުޅާއި ގުޅިގެން ހަސްފަތާލުގައި އެނދުމަތިކޮށްފިއެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން އެނދުމަތިކޮށްފައިވަނީ ކޮވިޑް-19 އަށް ފައްސިވިތާ 10 ދުވަސް ވީއިރުވެސް ހުމުގެ އަސަރު ހުރުމާއެކު ބަލީގެ ހާލަތު އިތުރަށް ރަނގަޅު ނުވާތީއެވެ.

ބޮރިސް މިއަދު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވީނަމަވެސް، މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، ނަމަވެސް ހުމުގެ އަސަރު އަދިވެސް ހުރި ކަމަށެވެ.

ބޮރިސް އެޑްމިޓް ކުރުމާއި ގުޅިގެން ނޫސްތަކަށް މަޢުލޫމާތުދެމުން އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ބުނެފައިވަނީ، ކޮވިޑް-19 އަށް ބޮޑުވަޒީރު ފައްސިވި ފަހުން ވައިރަސްގެ ގިނަ އަލާމާތްތައް ފެންނަމުންދާ ކަމަށާއި، އަދިވެސް އަލާމާތްތައް މަދުނުވާ ކަމަށެވެ. އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުން ބޯރިސްގެ ހަށިގަނޑުން ފެނުނު އަލާމާތްތަކަކީ ހުން އައުމާއި އެކު ގަދައަށް ކެއްސުމެވެ.

މި ބައްޔަށް ފައްސިވުމުންވެސް މަޤާމުގައި ހުންނަވައިގެން އުފުއްލަވަންޖެހޭ ޒިންމާތައް އޭނާ ދަނީ ނަންގަވަމުންނެވެ. މީގެ ދިހަ ދުވަސްކުރިން ބޮރިސް ކޮވިޑް-19 އަށް ފައްސިވިކަން ހާމަކުރެއްވީ އޭނާގެ ޓްވީޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ ވައިރަސް އަށް ފައްސިވީ، ބަލީގެ އަލާމާތްތައް ފެންނަތާ 24 ގަޑިއިރު ވުމުން ހެދި ޓެސްޓުތަކުން ކަމަށެވެ.

މި ވައިރަސް އަށް ފައްސިވުމާއި ގުޅިގެން ބޮރިސް ހުންނެވީ އޭނާގެ ގޭގައި އައިސޮލޭޝަންގައެވެ. އަދި ބޮޑުވަޒީރުގެ ހައިސިއްޔަތުން ގައުމު ހިންގުމުގެ ކަންކަން ގޭގައި ހުންނަވައިގެން ކުރެއްވިއެވެ.

އުމުރުފުޅުން 55 އަހަރުގެ ބޮރިސް އަކީ އިނގިރޭސިވިލާތުން މިހާތަނަށް މި ވައިރަސްއަށް ފައްސިވި އެޤައުމުގެ ސަރުކާރުގެ ފުރަތަމަ އިސް ފަރާތެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވައިރަހަށް ފައްސިވެފައި ވާއިރު އެބޭފުޅާ މިވަގުތު ހުންނެވީ ޝާހީ ގަނޑުވަރު ތެރޭ އެކަހެރި ކޮށްފައެވެ. އަދި ޕްރިންސް ޗާލްސްގެ ހާލުވެސް ސީރިއަސް ނޫން އިރު އެބޭފުޅާ އަށް އަންނަނީ ގަނޑުވަރު ތެރެއިން ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޔާ ﷲ

  މުސްލިމުންގެ އަދުއްވު ބޮރިސް ޖޮހޮންސަން އަވަސް މަގަކުން މަރުހިއްޕަވާންދޭވެ...

  12
  • އަމީން

   އާމީން

 2. Anonymous

  ބޮޑު ވަޒީރު ގެ ލޯބިވެރިޔާ ކިހިނެއްބާ މިހާރު

  4
  1
 3. ގައުމު

  މީނަ މިބަލީގައި މަރުވެ ދިއުމަށް އެދި ދުއާކުރަން. ނުލަފާ އީމާން ނުވާ ޖައްބާރުންނަށް ހުރި ވޭންދެނިވި އަޒާބު.

  11
  • ދާއިން

   އާމީން

 4. ސސ

  ނަތަންޔާހޫއާއި، ޓްރަމްޕާއި އަދި މިނޫންވެސް ޖާހިލުން މި ބަލީގެ ޝިކާރައަކަށް ވާނެ ދުވަހަކަށް އިންތިޒާރު ކުރަން

  15
  • ޒިޔާދު

   އާމީން

 5. ޒަމީރު

  ޚަބަރު ލިބޭ ގޮތުގަ މިއީ މުސްލިމުންގެ މައްޗަށް ވަރަށް އަދާވާތްތެރި ކަން ބޮޑު ނުބައި މީހެއް. އޭނާ އަށް ވޭނާ އަޛާބުަގއި މަރުގަންނަވާނދޭވެ