ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާގެ ހާލަތު ހީވެސްނުކުރާ މިންވަރަށް ގޯސްވެދާނެ ކަމަށް އެޤައުމުގެ މެޑިކަލް އެސޯސިއޭޝަނުން ބުނެފިއެވެ.

އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ރައީސާ، ޑރ. ޕެޓްރީސް ހެރިސް މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، ކުރިޔަށް އޮތް ހަފްތާއަކީ އެމެރިކާއަށް ކޮވިޑް-19 ގެ ނުރައްކާ އިތުރުވެގެންދާނެ ހަފްތާއެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ ހާލަތަށް ދިއުމުގެ ކުރީން ތައްޔާރުވެ ތިބެން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ހާލަތު ބަދަލުވެގެންދާނެ ގޮތެއް ނޭނގޭ. އެކަމު މި ދާ ރޭޓުން ދާނަމަ ކުރިޔަށް އޮތީ ބަނަ ދުވަސްތަކެއް. އެތައް ބައެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައި. އެ ދުވަސްތައް 9/11 ހައި ހިތްދަތި ދުވަސްތަކަކަށް ވެދާނެ. އެހެންވީމައި އެކަމަށް އަޅުގަނޑުމެން ތިބެންވާނީ ތައްޔާރުވެގެން،" ޑރ. ޕެޓްރީން ބުނެފައި ވެއެވެ.

ޕެޓްރީސް ބުނެފައިވާ ގޮތުގައި، އެމެރިކާއަށް މިހާރު ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ މިންވަރު ހިފެހެއްޓެން އޮތީ އެކަމުގައި އާންމު ފަރުދުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ ކަންކަމުގައި ފިޔަވައި ގެއިން ބޭރަށް ނުދިއުމަށް އެދޭކަމަށް އޭނާ ބުނެފައި ވެއެވެ. މި ވައިރަސް ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ މުޙިންމު ފިޔަވަޅަކީ އެއީ ކަމަށް އޭނާ ބުންޏެވެ.

"މި ބަލިމަޑުކަމަށް ފަރުވާކޮށް ބަލި ކޮންޓްރޯލް ކުރެވޭކަށް ނެތް. ކުރެވެން އޮތް ހަމައެކަނި ކަމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން. މި ބަލީގެ ނުރައްކާތެރިކަން ޤަބޫލުކޮށް ބަލި ފެތުރިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން. އޭގެތެރެއިން އެންމެ މުޙިންމު ކަމަކީ އާންމުން އެއްތަންވެ ނޫޅުން،" ޑރ. ޕެޓްރީސް ބުންޏެވެ.

މިހާތަނަށް ދުނިޔޭގެ 208 ޤައުމަކުން ކޮވިޑް-19 ފެނިފައިވާއިރު، ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 333173 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 12518 މީހަކު މިހާތަނަށް މަރުވެފައި ވެއެވެ. އެމެރިކާއަކީ ދުނިޔެއިން މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމުވެސް މެއެވެ.

ފަހުގެ މަޢުލޫމަތުތަކަށް ބަލާއިރު، އެމެރިކާއިން މި ބަލި ޖެހުމަށްފަހު ބަލިން ރަނގަޅުވެފައި ވަނީ 17177 މީހުންނެވެ. އެޤައުމުގައި 8623 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    9/11 އަކީ އޭރު އެމެރިކާގައި އޮތް ބުޝްގެ ސަރުކާރުން އިޒްރޭލާ ގުޅިގެން އަމިއްލައަށް ހިންގި ޖަރީމާއެއް! އިރާދަކުރެއްވިއްޔާ ކަލޭމެންގެ އަރުތެރޭގައި މިފަހަރު ތި ބަލީގެ ހިތިރަހަ ލައްވާނެ!

  2. ހަފީޒާ

    ދުނިޔޭގެ ކިތައް މުސްލިމު ގައުމު ސުންނާފަތި ކުރިބަޔެއް ތީ.. އިރާގް.. ލީބިޔާ.. ސީރިޔާ.. އަފްގާނިސްތާން.. އަހަރެމެންނައް ހެޔޮ މުޅި އެމެރިކާ މަރުވިޔަސް.. ދުނިޔެމަތީ ފިތުނަ އުފައްދާ ތި އެނެރިކާ ހަލާކުކޮއް ނެތި ކުރައްވާށި..