ޕެސިފިކް ކަނޑުގެ ހުޅަނގުގައި އޮންނަ ސަރަޙައްދަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ބިންހެލުން އައިސްފައި ވަނީ މިރޭ 12:00 ހާއިރު ޕެސިފިކް ކަނޑުން އިންޑޮނީޝިއާ ސަރަޙައްދުގައި އޮންނަ ބައެއް ކަމަށްވާ މޮލުކާ ކަނޑަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ބުނާގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 5.9 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައީ މޮލުކާ ކަނޑުގެ 50 ކިލޯމީޓަރު އަޑިން ކަމަށް ވެސް އެ އިދާރާތަކުން ބުނެފައި ވެއެވެ.

މިރޭ މޮލުކާ ކަނޑަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރެއް އަދި އިދާރާއަކުން ނެރެފައެއް ނުވެއެވެ. މި ބިންހެލުމުގެ އަސަރު، އެ ސަރަޙައްދާއި ކައިރީގައި އޮންނަ އިންޑޮނީޝިއާގެ އެއްވެސް ރަށަކަށްވެސް ކުރި ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މިރޭ މި ބިންހެލުން އައިސްފައިވަނީ ބާރުގަދަ ބިންހެލުންތައް ކުރިންވެސް އަންނަ، އަދި ދުނިޔެއަށް އަންނާނެ އެންމެ ބާރުގަދަ ބިންހެލުންތައް އައުމުގެ ފުރުސަތު އެންމެ ބޮޑުކަމަށް ސައިންސްވެރިން އިއްތިފާޤުވާ "ޕެސިފިކް ރިންގް އޮފް ފަޔަރ" ހިމެނޭ ސަރަޙައްދަކަށެވެ. އެ ސަރަޙައްދަކީ ކަނޑުއަޑީގެ ފަރުބަދަތަކާއި ފޯލްޓް ލައިންތައް ގިނަ ސަރަޙައްދެއް ކަން ހޯދުންތަކުން އެނގިފައި ވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި "ޕެސިފިކް ރިންގް އޮފް ފަޔަރ" ހިމެނޭހެން އިންޑޮނީޝިއާ އާއި އެޤައުމާއި ކައިރީގައިވާ އެހެން ސަރަޙައްދުތަކަށް އަންނަ ލޮޅުންތަކާއި ބިންހެލުންތައް އިތުރުވަމުން ދާއިރު، މިފަދަ ކުދި ލޮޅުންތަކާއި ބިންހެލުންތައް ގިނަ ވުމަކީ އެ ސަރަޙައްދުގެ ބިމުގެ އަޑީގައިވާ ފޯލްޓްލައިނަކަށް ޕްރެޝަރ އިތުރުވެ، ބާރުގަދަ ބިންހެލުމެއް އަންނާން އުޅޭކަމުގެ ނިޝާނަކަށް ވެދާނެ ކަމަށް ސައިންސްވެރިން ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜައްޔިތު މީހާ

    މި ކުޑަ ކުޑަ ގައުމު މިފަދަ ކޮކޮން މެ ބިރުވެރި ކަމަ ކުން މާތްﷲ އިރާދަ ފުޅާހެޔޮ
    ޜަހުމަތުން މިގައުމާ މީސްތަ ކުން ރައް ކާތެ
    ކޮދެއް ވައެވެ. ޢިންޟާ ﷲ ! ބިންހެލުމާ ބަލިތަ ކާ ގިނަގުނަ މުސީބާތް ތަ ކުން މާތްﷲ ރައް ކާ ތެރި ކަން ދެއްވައެވެ! ޢިންޟާﷲ ! މި ކަމަ ކީ އިތުރު ފަރާ ތަ ކަށް ކޮއް ދެވޭނެ ކަމެއް ނޫން ! މި ކަމަށް ޟު ކުރު ކޮށް ހަމްދު ކުރާ ބައެއް ކަމަށް އަޅަމެން އެންމެން ލައްވާ ފާންދޭވެ ! ޢާމީން ! ޢާމީން !

    14