މުމްބާއީގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސިވުމާއި ގުޅިގެން އެ ހޮސްޕިޓަލް ބަންދުކޮށްފިއެވެ.
ހޮސްޕިޓަލްގައި މަސައްކަތްކުރާ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ބަންދުކޮށްފައި ވަނީ މުމްބާއީގައި ހުންނަ ވޮކްހާޓް ހޮސްޕިޓަލް އެވެ. މި ހޮސްޕިޓަލަކީ އިންޑިއާގެ ފަސްވަނައަށް އެންމެ ބޮޑު ސިއްޙީ ޚިދުމަތްދޭ ކުންފުނިން ހިންގަމުންދާ ހޮސްޕިޓަލެކެވެ.
2500 އެއްހައި މުވައްޒަފުން މަސައްކަތްކުރާ މި ހޮސްޕިޓަލް ބަންދުކޮށްފައި ވަނީ، އެ ހޮސްޕިޓަލުގެ 30 މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެފައިވުމުން، އެ ހޮސްޕިޓަލަކީ "ކޮންޓެމިނޭޓެޑް ޒޯން" އެއް ކަމަށް އިންޑިއާގެ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ނިންމުމާއި ގުޅިގެންނެވެ.
ނޫސްތައް ބުނާގޮތުގައި ފާއިތުވެދިޔަ ދުވަސްތަކުގައި އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ 26 ނަރުހަކާއި ތިން ޑޮކްޓަރަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.
މި ހޮސްޕިޓަލަށް ވަދެނިކުތުން މިހާރު މަނާކޮށްފައި ވާއިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުން ވަނީ ދެފަހަރެއްގެ މަތީން ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ގައިގައި ބަލީގެ އަސަރު ނެތްކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އެފަރާތްތަކުން ބުނެފައިވަނީ ހޮސްޕިޓަލުން ކޮވިޑް-19 އަށް ފައްސިވީ ހަމައެކަނި ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުން ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން ނެރެފައިވާ "ކޮންޓެމިނޭޓެޑް ޕްލޭން" ގައިވާގޮތުން، އެޤައުމުގައި މިގޮތަށް ބަންދުކުރެވޭ ތަންތަން އަލުން ހުޅުވޭނީ އެ ހޮސްޕިޓަލުގައި ވައިރަސް އަށް ފައްސިވި އެންމެ ފަހު މީހާގެ ޓެސްޓުތަކުގެ ނަތީޖާ ލިބޭތާ ހަތަރު ހަފްތާ ފަހުންނެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ އިންޑިއާއަށް ބޮޑުވަމުން އަންނައިރު، އެޤައުމުގައި މި ވައިރަސް ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު މިހާތަނަށްވެސް 25 މީހަކު އެޤައުމުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ވައިރަސް އަށް ފަރުވާދެމުން ދިޔަ 32 މީހަކު ވަނީ މަރުވެފައެވެ. މިއީ އެއް ދުވަހެއްގައި އެޤައުމުން މިހައި ގިނަ އަދަދެއްގެ ބަޔަކު މި ބަލީގައި މަރުވި ފަހަރެވެ.
އިންޑިއާއިން މިހާތަނަށް ޖުމްލަ 4314 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 118 އަށް އަރައެވެ.
ސަރުކާރުން އިންޑިޔާ ސަރުކާރާ މަޝްވަރާ ކޮށްގެން ގައުމަށް ދެވޭނެ ގޮތެއް ލަސްނުކޮށް ހަމަޖައްސަވައި ދެއްވާ!
މިރޯގާއެއް ފެތުރެނިކޮށް އިންޑިއާއަށްދިޔަ ދިވެހިން މަދެއްނޫން. ބޭހަކަށްނޫން. ޗުއްޓީގައި މަޖާކުރަން
އަދިވެސް ގޮވާ ކޮރޯނާ ވައިރަސް ފަތުރަނީ މުސްލިމުންނޭ~!
މިބައިމަިހުން ވރުގދ ހިއްޕެވުމަކުން ހިއްޕަވާ ފާްދޭވެ.