ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފިލިޕީންސްގައި އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވި މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައި މަރާލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމީހާގެ ގަޔަށް ފުލުހުން ބަޑި ޖަހާފައިވަނީ ފިލިޕީންސްގައި އަޅާފައިވާ ފިޔަވަޅުތަކާއި އިރުޝާދުތަކަށް ބޯނުލަނބައި ތޫނު ހަތިޔާރެއް ހިފައިގެން ކަމާބެހޭ އިދާރާތަކުގެ މީހުންނށް ބިރު ދައްކަމުން ދިޔަ މީހެއްގެ ގަޔަށެވެ.

އުމުރުން 63 އަހަރުގެ އެ ފިރިހެން މީހާ ބިރު ދެއްކީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

"ފިލިޕީންސްގެ ރަށް ފުށު ހިސާބެއްގައި ހުރި ފުލުހުންގެ ޗެކް ޕޮއިންޓެއްގައި ތިބި ބަޔަކަށް އިންޒާރުދީ ބިރު ދައްކާފައިވަނީ. އަދި ސިއްހީ ތަޖުރިބާކާރުން ދީފައިވާ ނަސޭހަތް ވެސް އަޑު އަހާފައެއް ނުވޭ. އޭނާ ފުރަތަމަ ހުއްޓުވާފައިވަނީ މާސްކު ނާޅާ މަގުމަތީގައި އުޅޭތީ ސިއްހީ ތަޖުރިބާ ކާރެއް" މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އޭނާ ހުއްޓުވައި މާސްކު އަޅަން ނަސޭހާތްތެރިވުމުން ރުޅި ގަދަވެ ޒުވާބު ކުރަން ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެގައުމުގެ މި ހާދިސާ ހިނގާފައިވަނީ ލޮކްޑައުން ނުވަތަ ކާފިއު އިއުލާނު ކޮށްފައިވަނިކޮށް އެޔާއި ހިލާފުވާ މީހުންގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ބާރު ސަލާމަތީ ބާރުތަކަށް ދޭނެ އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ދެއްވާފައިވަނިކޮށެވެ.

އެގޮތުން އެގައުމުގެ ރައީސް ބުނެފައިވަނީ އެފަދަ ދަނޑިވަޅެއްގައި ސިއްހީ ހިދުމަތްތެރިންނާއި ޑޮކްޓަރުންނަށް ހަމަލާދިނުމަކީ ވަރަށް ސީރިއަސް ކުށެއްގެ ގޮތުގައި ނަގާނެ ކަމަށެވެ. އަދި އެމީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހަމަނުޖެހުން އުފައްދާނަމަ އެމީހެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށް ސަލާމަތީ ބާރުތަކަށް ވަނީ އަމުރު ކުރައްވައިފައެވެ.

ކޮވިޑް-19 ޖެހިގެން ފިލިޕިންސް އިން މިހާތަނަށް 3،660 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެ ގައުމުން މި ބަލި ޖެހިގެން 163 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން 11 މީހުން މަރުވެފައިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮމެންޓު

    ދެން ގައިމުވެސް ކޮވިޑެއް ނުޖެހޭނު 100% އެފެކްޓިވެ ވެކްސިނެއް ތިދިނީ

  2. އަމްރިޝްޕޫރީ

    މިކޮޅުގަ ހަމަ ބުރުޖެހުމާއިގެން! 8ޖަހާއިރު މަގުމަތި ހީވަނީ އިންޑިޔާގެ ޗާލާބާޒާރުހެން

  3. ބްރޯ

    ތިޔައީ ހަމަހަދަންޖެހޭގޮތް ސަރުކާރުގެ އަމުރުތަކަށްގޮންޖަހާމީހުނަށް ގާއިމްކުރަންޖެހޭހުކުމަކީތިޔައީ