ހަލުވިކަމާއެކު އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް އެ ގައުމުގެ ރެއިލް ސްޓޭޝަންތަކާއި ރެއިލްތަށް ބޭނުން ކުރަން ފަށައިފިއެވެ.

އޭޝިއާގެ އެންމެ ދުވަސްވީ ރެއިލްވޭ ނެޓްވޯކުގެ ހިދުމަތް ކޮންމެ ދުވަހަކު 20،000 އަށް ވުރެ ގިނަ މީހުން ބޭނުން ކުރެއެވެ. އިންޑިއާގެ އެކި ސަރަހައްދުތަކުގައި 7,349 ރެއިލްވޭ ސްޓޭޝަންސްތައް ހުރިއިރު، އެ ގައުމުގައި މި ހިދުމަތްދޭތާ މިހާރު 167 އަހަރުވެއްޖެއެވެ.

ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަނީ ސަރުކާރުގެ މަޝްވަރާގެ މަތިން ނިމިދިޔަ މާޗު މަހުގެ 25 އިން ފެށިގެން މި މަހު އޭޕްރީލް މަހުގެ 14 އާ ހަމައަށް ގައުމު ލޮކްޑައުންކޮށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ފެނިފައި ވަނީ 4,778 މީހެއްގެ ގައިންނެވެ. އެ ގައުމުން މި ބަލީގައި މަރުވެފައި ވަނީ 136 މީހުންނެވެ.

އެ ގައުމުގެ ހޮސްޕިޓާތަކާއި ސިއްޙީ ޙިދުމަތް ދޭ ތަންތަން ފުރި ބާރުވުމުގެ ސަބަބުން ސަރުކާރުން ވަނީ މި ބަލި ޖެހޭ މީހުން، އަދި އައިސޮލޭޝަން އަށް ފޮނުވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ރެއިލް ސްޓޭޝަންތަކާއި ރެއިލްތައް ތައްޔާރުކޮށްފައެވެ. އެގޮތުން ޖުމްލަ 20،000 އަށް ވުރެ ގިނަ މީހުންނަށް ތިބެވޭ ވަރުގެ ޖާގައެއް އެ ތަންތަނުގައި ވަނީ ހަދައިފައެވެ.

އިންޑިއާގެ ރެއިލެއްގެ އެތެރެ މީހުން ބައިތިއްބަން ތައްޔާރުކޮށްފައި

އިންޑިއާ އަކީ ދުނިޔޭގެ ފެންވަރުގައި ހަތަރު ވަނައަށް އެންމެ ބޮޑު ރެއިލް ސްޓެޝަންތަކާއި އަދި ވިޔަފާރި ކުރަމުން އަންނަ ގައުމަށް ވާއިރު މިއީ ދުނިޔޭގެ ފެންވަރުން އަދި މިހާތަނަކަށް ކޮވިޑް-19 އަށް މިފަދަ ގޮތަކަށް ފަރުވާ ދިނުމަށް ނުވަތަ އައިސޮލޭޝަން އަށް ގެންދާ މީހުންނަށް ރެއިލް އިންތިޒާމްކުރާ ފުރަތަމަ ފަހަރެވެ.

އިންޑިއާއަކީ 1.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމަކަށްވާ އިރު އެ ގައުމުން ދުވަހެއް ދުވަހަކަށް ބަލި ފެތުރެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. އަދި އެ ގައުމުގެ ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި އިންޑިއާއަކީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ މިންވަރު ވަރަށް މައްޗަށް ދާނެކަމަށް ލަފާކުރެވޭ ގައުމެކެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޕިޔުޝްގޮޔަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިސޮލޭޝަންއަށް ގެންދާ މީހުންނަށް ރެއިލް ވޭ ވަނީ ވަރަށް ސާފުތާހިރުކޮށް ސެނެޓައިޒާ، އާއި ހައިޖިން އަދި ބަލި މީހުން ބެހެއްޓުމަށް އެކަށޭނަ މިންވަރަކަށް ތައްޔާރުވެފައި ކަމަށެވެ.

އިންޑިއާއިން އެ ގައުމުން ކޮވިޑް-19 ނައްތާލުމަށް ކުރާ މަސަތްކަތަށް ބަލާއިރު އެ ގައުމުން އައިސޮލޭޝަންއަށް މީހުން ގެންދިއުމަށް ފުރަތަމަ 5،000 މީހުންނަށް އައިސަލޭޝަން ވޯޑް ވަނީ ހަތަރު ދުވަހުން ތައްޔާރުކޮށްފައެވެ. އެގޮތުން އިތުރު 48 ގަޑިއުރުގެ ތެރޭގައި ވަނީ ގިނަ ބައެއް އައިސަލޭޝަން އަށް ތައްޔާރުކުރެވިފައެވެ.

އިންޑިއާގެ ރެއިލެއް މީހުން ބައިތިއްބަން ތައްޔާރުކޮށްފައި.

އެގޮތުން ކޮންމެ ރެއިލެއްގައި އައިސޮލޭޓް ކުރެވޭ 16 މީހުންނަށް ހާއްސަ ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން ބޭހާއި އަދި އިތުރު ފަރުވަ ދިނުމަށް ވެންޓިލޭޓަރު ފަދަ މެޝިންތަށް ބެހެއްޓިފައިވެއެވެ.

އިންޑިއާ އިން އެ ގައުމުން ކޮވިޑް-19 އަށް ޓެސްޓު ކުރުމާއި އަދި ބަލި މީހުންނަށް ހާއްސަ އައިސޮލޭޝަން ރޫމަތަކެއް ތައްޔާރުކުރަމުންދާ އިރު ދުނިޔޭގެ އެކި ގައުމުތަކުގައިވެސް ދަނީ އެ ގައުމުތަކުގެ ފެންވަރުން ވައިރަސް ޖެހޭ ނިސްބަތް ކުޑަކޮށް ބައްޔަށް ފަރުވާ ދިނުމަށް މީހުނާއި އެކަހެރިކޮށް ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު