ހުސްވި ޑިސެމްބަރުމަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނިފައިވާ ކޮވިޑް-19 އަށްވުރެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނުރައްކާ މާބޮޑު ކަމަށް އީރާނުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ރިއާ އެޑްމިރަލް އަލީ ޝަމްޚާނީ ވިދާޅުވެފައިވަނީ ޓްރަމްޕް ވަނީ އީރާނުން ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ސަލާމަތީ ތަކެތި ފޯރުކޮށްދިނުމަށް ހުރަސް އަޅާފައި ކަމަށާއި އެއީ ޓްރަމްޕް ކޮށްފައިވާ އިންސާނިއްޔަތާއި ހިލާފު އަމަލެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ އިންޓަނޭޝަނަލް މަނެޓަރީ ފަންޑު (އައިއެމްއެފް) އިން އިރާނަށް މިދަނޑިވަޅުގައި އެހީވުމަށް ކުރަމުން އަންނަ މަސައްކަތައްވެސް ޓްރަމްޕް ހުރަސް އަޅާކަމަށް ތުހުމަތު ކޮށްފައެވެ.

"ސަލާމަތީ ތަކެތި ފޯރުކޮށްދިނުމަށް ހުރަސް އުޅުމުން އެނގިގެންދަނީ ޓްރަމްޕްގެ އިންސާނިއްޔަތުކަން ކުޑަކަން. މިކަމަކީ ޤާނޫނުތަކާއި އިންސާނިއްޔަތާއި ހިލާފުކަމެއް. މިކަުން ފެނިގެން މިދިޔައީ އޭނާގެ ހިތުގައި މިގައުމަށް އޮތް ނަފްރަތުކަން. އެހެންވެ ބުނަނީ ޓްރަމްޕަކީ ކޮވިޑް-19 އަށް ވުރެ ނުރައްކާ މީހެކޭ" އަލީ ޝަމްޚާނީ ކުރެއްވި ޓްވިޓުގައި ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން އީރާނުން މިހާތަނަށް 60،500 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 3،739 މީހަކެވެ. އެހެންނަމަވެސް އެމެރިކާއިން މިޙާތަނަށް 333،906 މީހަކު ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން 9،621 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު އަހުމަދު މުހައްމަދު

    ނާހަމަ ތެދެއް ތިޔާބުނީ ހަމަ ހެޔޮކޮން. ޓުރަ.ންޕު ބުއްޅަ ބްރެޒީލް ބުއްޅަ ކެރަފާ ބުއްޅަ މީ ހައްތަހާވެސް އެއްވައްތަރެއްގެ ބުއްޅަ ތަކެއް އީރާނުންވެސް މިފަހަރު ތިބުނީ ތެދު

    26
    1
  2. ރަނގަޅު

    ރަނގަޅު ވާހަކައެއް ޝަމްހާނީ ތިބުނީ..ޓްރަމްޕު ހުންނަނީ އީރާން ދެކެފުފިފަ އޭނާވަރަށް ބޭނުން އެ ގައުމު ނައްތާލަން އެކަމަކު ފަކީރަކަށް ނުކެރުނު އެންމެ ހަމަލާ އެއްވެސް އެފަސްގަނޑަކަށް އަރުވާކަށް

    30
  3. Anonymous

    ސައިޒް ކެރާންވޫ