ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާގައި ހުންނަ މިސްކިތުގެ އިމާމް ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އެ ރިސޯޓްގެ މުވައްޒަފެއްގެ ޚަބަރެއް ނުވެގެން ރިސޯޓުން ސިފައިންނަށް އަންގާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ.
ގެއްލިފައި ވަނީ އިންޑިއާ ރައްޔިތެކެވެ.
"ރިސޯޓްގެ ސީސީޓީވީ" އިން ފެންނަ ގޮތުގައި އޭނާ ފޯނެއްގައި ހުރެފައި ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުއްމާލާފައި ވަނީ. މިމީހާ ހޯދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑްގެ ސްކޮޑްރަމްގެ ޑައިވަރުން މިހާރު ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން." އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވިއެވެ.
މިމައްސަލަ ތަޙްޤީޤު ކުރުމުގައި ފުލުހުން ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
އޭނާ މޫދަށް ފުއްމާލީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.