ކޮވިޑް-19ގެ އާލާސްކަންފުޅުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަންގެ ހާލު ސީރިޔަސްވެ އައިސީޔޫއަށް ބަދަލުކޮށްފިއެވެ.

ބޮރިސް ޖޯންސަން އައިސީޔޫއަށް ބަދަލުކޮށްފައިވަނީ މިއަދު މެންދުރު ފަހު އިތުރަށް ހާލު ސީރިޔަސްވުމާއި ގުޅިގެންނެވެ. ބޮޑުވަޒީރު ބޮރިސް ވަނީ ސަރުކާރު ވަގުތީ ގޮތުން ހިންގުން ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް އާއި ހަވާލުކޮށްފައެވެ.

މި ވައިރަސް އަށް ފައްސިވުމާއި ގުޅިގެން ބޮރިސް ހުންނެވީ އޭނާގެ ގޭގައި އައިސޮލޭޝަންގައެވެ. ބޮޑުވަޒީރުގެ ހައިސިއްޔަތުން ގައުމު ހިންގުމުގެ ކަންކަން ގޭގައި ހުންނަވައިގެން ކުރެއްވިއެވެ.

ބޮރިސް ހަސްފަތާލުގައި އެނދުމަތިކޮށްފައިވަނީ އިއްޔެއެވެ. ބޮޑުވަޒީރު ބޮރިސް ޖޯންސަން އެނދުމަތިކޮށްފައިވަނީ ކޮވިޑް-19 އަށް ފައްސިވިތާ 10 ދުވަސް ވީއިރުވެސް ހުމުގެ އަސަރު ހުރުމާއެކު ބަލީގެ ހާލަތު އިތުރަށް ރަނގަޅު ނުވާތީއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ބޮރިސް އައިސީޔޫއަށް ބަދަލު ކުރީ ނޭވާ ލާން ދަތިތަކެއް ކުރިމަތިވުމުންނެވެ.

މީގެ 11 ދުވަސްކުރިން ބޮރިސް ކޮވިޑް-19 އަށް ފައްސިވިކަން ހާމަކުރެއްވީ އޭނާގެ ޓްވީޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ ވައިރަސް އަށް ފައްސިވީ، ބަލީގެ އަލާމާތްތައް ފެންނަތާ 24 ގަޑިއިރު ވުމުން ހެދި ޓެސްޓުތަކުން ކަމަށެވެ.

އުމުރުފުޅުން 55 އަހަރުގެ ބޮރިސް އަކީ އިނގިރޭސިވިލާތުން މިހާތަނަށް މި ވައިރަސްއަށް ފައްސިވި އެޤައުމުގެ ސަރުކާރުގެ ފުރަތަމަ އިސް ފަރާތެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވައިރަހަށް ފައްސިވެފައެވެ. ނަމަވެސް މިހާރު ޕްރިންސް ޗާލްސްގެ ހާލު ރަނގަޅެވެ.

ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އެގައުމުން ބައި ލައްކައަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އުފާ

    އުފާވެރި ޙަބަރެއް

    14
    5
    • ޖުލައި

      ރަނގަޅު ވާހަކައެއް ތިބުނީ ބޮރިސް އަކީ މުސްލިމުންގެ އަދުއްވެއް ތީނަ މަރުއްޖިއްޔާ އެއީ މުޅިއުންމަތަށް ފަޚުރެއް

  2. Anonymous

    މިޤައުމުގައި ލާދީނީ ފަތުރަން ޢުޅޭ މީހުނާނަށާ އެއްޗެއް ވިސްނޭބާ. ޕީސްޓީވީވެސް ނުފެންނަ ގޮތްހަދާ. ރ. ޔާމީނަށް ކަށުނަމާދުގައި ބައިވެރިވެ ވަޑައިގެންނަވަން ފުރުޞަތު ނުދީ. މޫނުބެލުންތަ ސޯލިޙަށް މުހިންމީ. ކަށުނަމާދުގައި ބައިވެރިވުމަށްވުރެ. އުޑެއްބުޑެއް ނޭނގޭ ސަރުކާރު އިސްތިއުފާ

  3. އަލީރަސީދު

    އެއް އިންސާނަކު އަނެއް އިންސާނަކައް އަނިޔާވެރި ވުމުގެ ގޮތުން ކޮއްފި ކަމެއްގެ ފުރިހަމަ ރަހަ އަނިޔާވެރިވި ފަރާތުގެ މައްޗަށްވެސް ފެންނަމުން ދާ ކަމީ އެނގި ފައުޅުވަމުން ދާ
    ޙަޤީޤަތެއް