ކޮވިޑް-19 އާއި ގުޅިގެން އިސްރާއިލް ފުރަބަންދު (ލޮކްޑައުން) ކޮށްފިއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގައުމާއި މުހާތަބުކޮށް ބުނީ އެގައުމު ފުރަބަންދު ކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް އިރުއޮއްސި 06:00 އިން ހެނދުނު 07:00 އާއި ދެމެދު މީހުން ގެއިން ބޭރަށް ނިކުމެ އުޅުމަކީ މަނާކަމެއް ކަމަށް ނަތަންޔާހޫ ބުންޏެވެ.

މިހަފްތާގައި އިސްރާއީލް ފުރަބަންދު ކުރަން ނިންމީ މިއީ އިސްރާއީލްގެ ޗުއްޓީ ދުވަސްވަރަކަށް ވުމުންނެވެ. ޗުއްޓީ ދުވަސްތަކެއް އައުމުން ގިނަ ބަޔަކު އެކަކު އަނެކަކާއި ބައްދަލުކުރުުން ބަލި އިތުރަށް ފެތުރިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އިސްރާއީލްގެ އޮފިޝަލުން ބުނެއެވެ.

ނަތަންޔާހޫ ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށާއި ނަމަވެސް އަދި ނުރައްކާ ކުޑަނޫން ކަމަށެވެ.

އިސްރާއީލުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކޮވިޑް-19 އަށް ޓެސްޓް ކުރުން އިތުރު ކުރަމުން އަންނަ ކަމަށާއި މިހަފްތާ އިން ފެށިގެން ދުވާލަކު 10000 މީހުން ޓެސްޓް ކުރާނެ ކަމަށް ނަތަންޔާހޫ ބުންޏެވެ.

ސަރުކާރެއް އެކުލަވާނުލެވި، ވަގުތީ ގޮތުން ނަތަންޔާހޫ އަދިވެސް ވެރިކަމުގައި ހުރިއިރު ނަތަންޔާހޫ ބުނީ ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ބްލޫ އެންޑް ވައިޓް ޕާޓީ އާއި އެކު އިތުރަށް މަޝްވަރާކޮށް ގުޅިފައިއޮތް ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލަން މަސައްކަތް ކުރާނެ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން އިތުރު 474 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 8904 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބިލީސް

    މި ނުލަފާ ބައިގަނޑު މި ބަލިމަޑުކަމުގައި މުޅިން ނެތި ކުުރަށްވާންދޭވެ.. އާމީން

  2. ނޫނީ

    އިސްރާއިލުގެ މައްޗަށް މިކަންތަށް ފާކުރައްވާންދޭ.

  3. އޯހޯތް

    ފުރަތަމަ ކަމަކަށް އިސްރާއީލަ ކީ ގައުމެއް ނޫން