ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު އެމެރިކާ އިން ކޮށްފައިވާ ހަ ހަނގުރާމައެއްގައި އެމެރިކާ ސިފައިން މަރުވި އަދަދަށްވުރެ އިތުރު ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 10941 އަށް އަރައެވެ.

އެމެރިކާގެ ވެޓްރަންސް އެފެއާޒް ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގެ އިންގިލާބީ ހަނގުރާ، 1812 ވަނަ އަހަރުގެ ހަނގުރާ، މެކްސިކޯ ހަނގުރާމަ، އިންޑިއަން ހަނގުރާ، ސްޕެނިޝަން-އެމެރިކަން ހަނގުރާމަ އަދި ގަލްފް ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދަށް ވުރެ ކޮވިޑް-19 ޖެހިގެން މަރުވި އެމެރިކާ މީހުންގެ އަދަދު ގިނައެވެ. އެހަނގުރާމަތަކުން މަރުވީ އެމެރިކާގެ 9961 މީހުންނެވެ.

ދެވަނަ ބޮޑުހަނގުރަމައަށް ފަހު އެމެރިކާ އަކީ އަސްކަރީ ގޮތުން އެންމެ ވަރުގަދަ އެއް ބާރެވެ. ދެވަނަ ބޮޑުހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން އެމެރިކާ އިން ހޯދިފަހުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި ފާއިތުވި ގަރުނެއްހާ ދުވަހު އޮތީ އެމެރިކާ އެވެ. ނަމަވެސް ކޮވިޑް-19 ފެތުރެން ފެށުމާއި އެކު އެމެރިކާގެ ސިއްހީ ނިޒާމާއި، އަދި އެހެނިހެން ގާބިލްކަމާއި މެެދު އެތައް ބަޔަކު މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެމެރިކާގެ ސިއްހީ ނިޒާމް ބަރޯސާ ވެފައި އޮތީ މާލީ މަންފާ ހޯދުމަށެވެ. ނަތީޖާއަކަށް ވެފައި ވަނީ އިންޝްއަރެންސް ނުކޮށް ތިބި މީހުން މަރާއި ހަނގުރާމަ ކުރަމުން ދާއިރު ވެސް ޑޮކްޓަރެއްގެ އެހީ ލިބެން ނެތުމެވެ.

އަނެއްކޮޅުން އެމެރިކާގެ ގިނަ ރައްޔިތުން ބަރޯސާ ވެފައި ވަނީ ބޭންކްތަކުން ނަގާފައިވާ ލޯނުތަކަށާއި ކްރެޑިޓް ކާޑުތަކަށެވެ. މުޅި އުމުރުގައި ކުރި މަސައްކަތް ހުރީ ބޭންކްތަކުގައި މޯގޭޖް ކޮށްފައެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ބަލި ނަމަވެސް ލޯނުތަކަށް ފައިސާ ދައްކަން ކޮންމެހެން ވެސް ވަޒީފާ އަށް ނިކުންނަން ޖެހެއެވެ. ބޭންކްތަކަށް ފައިސާ ނުދެއްކިއްޖެނަމަ މުޅި މިލްކިއްޔާތު ބޭންކްތަކަށް ނަގާނެއެވެ. ނަތީޖާއަކަށް ވެފައި ވަނީ ފަސޭހައިން ކޮވިޑް-19 ފެތުރިގެން ދިއުމުގެ ފުރުސަތު އެމެރިކާގައި އެހެން ގައުމުތަކަށްވުރެ މާބޮޑުވެފައި ވުމެވެ.

ޖުމްލަކޮށް އެމެރިކާގެ މުޅި ނިޒާމް އޮތީ ރައްޔިތުންނަށް ފައިދާ ލިބޭ ގޮތައް ނޫންކަމާއި، މިއީ އެމެރިކާގެ ކުރިމަގުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އާވިސްނުމަކުން ވިސްނަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށް ތަޖުރިބާކާރުން ގެންދަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޖުހާ

  އެމެރިކާއިން ހަގުރާމަކޮށްގެން މެރި މުސްލިމުންގެ ޢަދަދު މާގިނަ
  އެމެރިކާ އަޑީގަ އޮވެގެން އިޒްރޭލުން މެރި މުސްލިމުންގެ އަދަދު މާގިނަ
  މިފެންނެނަނީ މީގެ ހިތި ކަމަށްވެސް ވެދާނެ

  11
 2. ރަސާތާނާ

  ހުޅަގު އޮތީ ފެއިލްވެފައޭ ހުޅަގުގެ ޗޭނު ތެރޭގައޭ އވަށްޓެރި ގެރި އިންޑިއާވެސް އޮތީ. ދުނިޔޭގައި ހުރިހ ާގޮތަކުން ކުރިއަރމަުން އަންނަނީ އޭޝިއާ ގައުމުތަކޭ. އިގްތިސާދާ ޓެކްނޮލޮޖީއާ އިންސާނީ ވަސީލަތާ އީސްޓަން ސަގާފަތާ ވެލިއުސިްޓަމާ އިްނސާނީ ހައްގުތައް ހަގީގީ މާނައިގަ ކަޝަވަރުކޮށްދެނީ އޭޝިއާ ގައުމުތަކުން ލީޑަރަކީ ޗައިނާ. މިތަން ފެނިގެން އެމެރިކާއާ ހުޅަގު ބިރުން ރޫރު އަޅާ ތިބީ. ނިއުކްލިއަރ ހަތިޔާރު ޖަމަކޮށްގެން ބިރުދައްކައިގެން ގަރުނެއް ވަންދެން އުޅެފި. މިހާރު ތި ނިއުކްލިއަރ އޭޝިއާގަވެސް އެބަހުރި. އެންމެފަހުން މި ބެލީ ބައޮލޮޖިކަލް ހަތިޔާރުން ހަމަލަދީގެން އޭޝިއާ ބަލިކޮށްލަން. މިފަހަރު އަތަށް މި ގޮވޯ. ތިމާމެންގެ ގައުމުގެ ނިކަމެތި ރައްޔިތުން އެންމެފަހުން އަގު އެ އަދާކުރަނީ. ޑިމޮކްރަސީ އޭ ކިއައިގެން އުޅުނު މީހުންގެ ނިޒާމެއްނެތް ހުރިހާކަމެއް ބޮއްސުންލާފަ. އެފްރިކާގެ ގައުމަކަށްވުރެ ހާލުދެރަ ސިއްހީ ނިޒާމު.
  އަދިވެސް ވިސްނާނުލާ ހުޅަގާ ގެރި އިންޑިއާ ފަހަތުން އުޅުނީމަ ލިބޭނީ ކެހިވެރިކަން. ގެއްލޭނީ ދިވެހ ގައުމިއްޔަތު. ދީން. އަމިއްލަވަންތަކަން. ދިވެހިރާއްޖެއަށް "ކިހާސްކެދީބު" ނަމުން ނަން ދޭން ގެރި މޯދީ އޮތީ ތައްޔާރުކޮށްފައި!

 3. ހެއްރަބޭ

  މިހާތަނަށް ހައްގަކާނުލާ މެރި މުސްލިމުންގެ ލޭގެ އަގު އެމެރިކާއިން ދައްކަން ﷲ ތައާލަގެ މިންވަރުފުޅު އައީ. ޞަލަންތިބެމާ. ދުނިޔޭގެ ބޮޑުބާރު ކުޑަކަކޒު މައްޗަށް ތިރިވެގެންދާގޮތް.

  20
  • ހޯރަބެ

   އެމީހުން މަރުވެ ހުސްވިއްޔާ މުސްލިމުންނަށް އޮތީ ކޮންމޮޅެއް؟ ދުނިޔޭގެ އެއްވެސް ތަހުޒީބު ގައުމަކުން ޓެރަރިސްޓުން ބަލައެއް ނުގަންނާނެ.

   1
   10
 4. އަފޭ

  ގުދުރަތީ ގާނޫން މާ ބޮޑު ﷲ އަކްބަރް ކޮބާ ތަ އެމީހުންގެ ޕަވަރ ؟ ނުބައި މީހުންތައް ނެތިކުރައް ވާނީ ވެސް ﷲ

  10
 5. ބޭބެ

  1-ޙައްޤަކާ ނުލައި އެކިފަހަރުމަތިން އެމެރިކާނުން މެރި މުސްލިމުންގެ އަދަދު މާގިނަ
  2-އެމެރިކާއިން އިޒްރޭލު ލައްވާމެރި ފަލަސްތީނުގެ މުސްލިމުންގެ އަދަދު މާގިނަ
  3-ޓެރަރިޒަމްގެ ނަމުގައި އިސްލާމީ ޤައުމުތަކުގައި އެމެރިކާން ހިންގި ހަގުރާމަތަކުގައި މަރުވި މުސްލިމިންގެ އަދަދު މާގިނަ

  11