މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

އެ ގައުމުން 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ޖެހިގެން 403 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2035 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 1380 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 22194 އަށް އަރާފައެވެ.

އަދި މި ބަލި ޖެހިގެން އެ ގައުމުގައި ފަރުވާދެމުންދާ 1261 މީހެއްގެ ހާލު ސީރިއަސްއެވެ. އަދި ބަލި ޖެހުނު 4157 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކޮވިޑް-19 ޖެހިގެން ބައެއް ގައުމުތަކުން މަރުވާ މީހުންގެ ރޭޓްތައް ދަށްވި ނަމަވެސް ބައެއް ގައުމުތަކުން މަރުވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ނަމަވެސް މީގެ ކުރިން ކޮންޓްރޯލް ވުމެއް ނެތި އެންމެ ބޮޑަށް ފެތުރެމުންދިޔަ ޗައިނާއިން މިހާރު އެ ބަލި ޖެހިގެން މީހަކު މަރުނުވާތާ ވަނީ އެއް ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު